ޢިޔާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީއާ އިޤްތިޞާދީ ދާއިރާއިން ރާއްޖޭގެ ތަރައްޤީއަށް ޖަޕާނުގެ އެހީތެރިކަން ފޯރުކޮށްދެވިދާނެ، ގޮތްތަކާ ބެހޭގޮތުން ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ދެބޭފުޅުން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރެވިގެން ދިޔައީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމަށެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސާލިހު ދެއްކެވި ވާހަކަފުޅުގައި، ޖަޕާނުގެ އައު އެމްޕެރަރ ރަސްމީގޮތުން ތަޚުތަށް އިސްކުރެއްވުމުގެ އިޙްތިފާލުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމަނިކުފާނުގެ ދެކަނބަލުން ދާދިފަހުން ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ޖަޕާނު ސަރުކާރުން ބެހެއްޓެވި ގާތްކަމާއި ދެއްވި އެއްބާރުލެއްވުމަށް ޖަޕާނު ސަރުކާރަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ޖަޕާނުގެ ސަފީރާއި ސާލިހު ވަނީ ކުރިމަގުގައި ދެ ޤައުމުގެ ގުޅުން އިތުރު ދާއިރާތަކުން ފުޅާކުރެއްވުމަށް މަސައްކަތް ކުރައްވާނެކަން ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޒީރާ

    އެހީހޯދަންވީ ރާއްޖޭގެ މަގުތައް އަމާންތަނަކައް ހެދޭތޯ ސޭފްޓީގޮތުން 24 ގަޑިއިރުގެ ހިދުމަތް ލިބޭގޮތައްހެދިއިރު މަގުތަކުގެ ސިކުރިޓީއެއްނެއް 12 ގެފަހުން މާލެމަގުތައްބަލާލީމަ އެގޭނެ މިކަން ނޫސްވެރިންވެސް ސާވޭއެއްކޮއްލަން ރަނގަޅު މިކަންތައް 24ގަޑިއިރު ހިދުމައްދިނުމަކީ މައްސަލައެއްނޫން