އުމުރުން ގާތްގަނޑަކަށް ހައެއްކަ މަހުގެ ކުއްޖަކު މާލޭގެ އުސް އިމާރާތެއްގެ ބެލްކަނީގެ ފާރުމަތީގައި ބައިންދައިގެން، އެކުއްޖާގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް "ވަގުތު" އަށް ލިބިއްޖެއެވެ.

ވީޑިއޯ ހިއްސާކުރި ފަރާތުން ބުނެފައި ވަނީ އެވީޑިއޯ އަކީ އިއްޔެ ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ.

ވީޑިއޯ އިން ފެންނަނީ ދިހަ ވަރަކަށް އަހަރުގެ ކުއްޖަކު ތުއްތު ކުއްޖާ ނަގައި ބެލްކަނީގެ ފާރުމަތީ ބައިންދައިގެން ބޭރު ބަލާ މަންޒަރެވެ. ދެތިން ފަހަރެއްގެ މަތިން ކުއްޖާ ފާރުމަތިން ތިރިއަށް ބޭލުމަށް ފަހު އަނެއްކާވެސް އެކުއްޖާ ނަގައި ފާރުމަތީގައި ބައިންދައިގެން ބޭރު ބަލަމުންދާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ތުއްތު ކުއްޖާ އުރައިގެން ހުންނަ ކުއްޖާ އުޅޭ ގޮތުން ދެންމެދެންމެ ތުއްތު ކުއްޖާ އަތުން ދޫވެގެން ވެއްޓިދާނެ ހެން ވެސް ހީވެއެވެ.

ފަހަކަށް އައިސް މާލޭގެ އިމާރާތްތަކުން މީހުންނާއި އެއްޗެހި ވެއްޓުން ވަނީ އާއްމު ކަމަކަށް ވެފައެވެ. މިދިޔަ މަހު ވެސް އިމާރާތްތަކުން ދެ މީހަކު ވެއްޓިފައި ވެއެވެ. އަދި ގެއެއްގެ ވައި ގޮޅި ތެރޭގައި މީހަކު މަރުވެފައި އޮއްވާ ވެސް ފެނިފައި ވެއެވެ. އެއީ ވެސް ވައިގޮޅިން ވެއްޓުނު މީހެއް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ޠތފ

    ވީޑިއޯ ކުރުމުގެ ބަދަލުގައި ގޮވާ.ހުއްޓވިނަމަމާތާހިރުވީސް

    170
    12
    • ާ@¥¥@

      އެހެން ގޮވަނިކޮށް ސިއްސައިގެންގޮސް އެހިފަހައްޓައިގެން ހުރި ކުއްޖާއަތުން އެކުޑަކުއްޖާ ދޫވުން އެކަށީގެންވޭ.ކުއްޖާ ތިރިކުރާ ގަޑީގަ ގޮވާފަ ބުނިނަމަ ?

      90
      1
  2. އިލްތިމާސް

    ފުލުހުން ލަސްނުކޮށް އަވަހަށް ގޮސް އެގޭ ބޮޑެތި މީހުންނަށް އެވާހަކަ ކިޔައިދީ އެފަދަ ކަންކަމުން ކުދިން ސަލާމަތްކުރުމަށް ފިޔަވަޅު އަޅުއްވައިދެއްވާ! އަދި އެގޭގެ ބެލްކަނިތައް ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުމަށް އަމުރުކޮށް އެކަން ކޮށްދެއްވާ.

    109
    3
  3. ޜިިިޔާ

    ތިވެދާނެ އޯޓިސްޓް ކުއްޖަކަށް ބޮނޑާހާކާތީވެ ކުރާކަމަކަށް ވީޑިއޯ އަށް ބެލުމުން ވެސް އިނގޭ އޭމީހާ އެކަން އެކުރަނީ ކުރާހިތުންނޫންކަން

    6
    77
    • މަކޯނީހަބަރު

      ހަބަރު ކިޔާލައިފަ ކޮމެންޓް ކޮށްލާނަމަ ދޯ ވާނުވާނޭގުނަސް ކޮމެންޓު ކުރާތި

      54
    • ޥާނޫ

      ޙަބަރު ކިޔާފަ ކޮމެންޓު ކޮށްބަލަ

      33
    • ގަޅިބޯ

      ާހީވާގޮތުން ޜިޔާގެ ނަމުގަ ކޮމެންޓް ކުރި މީހާއަކީ އޯޓިސްޓް ކުއްޖެއް..

      36
  4. ކަލޯ

    ދެން ވީޑިއޯ ކުރިމީހާވެސް ގޮވާފަ ބުނަން ރަނގަޅުދޯ ތިހެންނަހަދަން. ގޮވާލިޔަސް އަޑުއިވޭ ހިސާބުގަވިއްޔާ އެކުދިން އެއުޅެނީ.

    79
    1
    • މަންޖެ

      ތިހެން ތިބުނިމީހާއައް އެނގޭތަ އެއީ ރާއްޖެތެރޭ މީހެއްކަން؟؟

      8
      11
  5. ދިދަ ދަނޑި

    ގޯސް ވާނީ އިމާރާތް ކުރި ފަރާތާ އިމާރާތް.. ތަންތަން ކުއްޔައް ހިފައިގެން މާލެ އައިސް އުޅޭ މީހުންގެ ފަރުވާކުޑަ ކަމާ، އަޅާނުލުމުގެ ސަބަބުން މިހެން މިވަނީ.. ކުއްޖާ ހަވާލުކޮށްފަ މަންމަ އޮވެދާނެ ރަޖާ އަޅައިގެން ނިދަން..މިދެން ބޮޑުވަރު

    84
    13
  6. ާފާތުން

    ޢާން މިރާއްޖެތެރޭ މީހުން މާލެ އާދެވިއްޖިއްޔާ ދަރިންނަކާ އަޅައެއްނުލާނެ. ރަށުގަ ދަރިންނަށް ކިޔަވާދޭން ތިބީމަވީނު. މިހާރު މި މާލެ ފުރިއްޖޭ މި ރާއްޖެރެރެ މީހުނަކާހެދި.???

    105
    133
    • ނައުބެ

      ރާއްޖެތެރޭ މީހުން މާލެ އައިމަ ތިކަހަލަ ތަންދޮރު ނުދަންނަ މާލޭ ގަމާރުން ކައިގެން ބޮއިގެން ލައިގެން ތިބެ، ޔޫރަޕާ އޭޝިއާ ބައްރުތަކުން ތިދުވެވެނީ....ދެންވެސް އަނގަމަޑުން ލައިގެން އޮވެބަލަ ކުލިކޮބާހޭ ކިޔާލަ ކިޔާލަ....

      90
      14
    • އަތޮޅޭ

      އާ ކަލޭމެން މުޅި ދިވެހިރައްޔިތުންގެ ލާރި ހަމައެކަނި ކަލޭމެންގެ ރަށަށް އޮއްސީމަ ވާނެ ހައެތި މިއީ.. ކަލޭމެންގެ މާލެއާ އެއްވަރަށް ހަމަހަމަ ކަމާއެކު އެހެން ރަށްރށްވެސް ތަރައްޤީކުރިނަމަ މާލެ އޮތްކޮޅަށް ބޯވެސް ނުލާނެ.. މިތާނ ގޮނަ މީހުން އުޅެނީ މަޖުބޫރުވެގެން މާ އުޅޭ ހިތްވެގެން ނެތް ނޫން.. ދެން އަނެއް ކަމަކީ އަހަރެމެން މިތަން ދޫކޮށް ގޮއްސިއްޔާ ތިޔަ ކަންނެއް އަތުންފައިން މަސައްކަތެއް ނުކޮށް ގޭ ކުލިން ކައިބޮއި އުޅޭ ބައިގަނޑު ބަނޑަށް މަރުވާ ހިސާބަށް ގޮސް އަނބި ދަރިން ވިއްކަން ނުކުނަ ހިސާބަށް ދާނެ ދެއްތޯ؟؟

      71
      11
    • ހުސް ރާއްޖެ ތެރެމީހުން

      ބަލަގަ ކުދިންނޭ މާލެ އަކީވެސް ރާއްޖެ ތެރެ ތަނެކޭ. ކަލޭމެން ކުދިންނައް ހީވާ ކަހަލަ މާލެއަކީ ބޭރު ގައުމެކޭ ދޯ. ކީއްވެތޯ މޫސުން ކިޔާއިރުގަ ރާއްޖޭ ގެ މޫސުމައް ބަލާލާ ގޮތުގާ ކިޔަނީ. މާލޭގެ މޫސުން ލަފާކުރާ ގޮތެއް ނޫން ކިޔަނީ. މިމާލެތެރޭ މީހުން ވަރައް ފޮނިވާނެ.އަދި ކޮންރަށެއް ތޯ އަހާލިޔަސް ވަރައް ތުއިވެފަ ބުނާނެ މީ މާލެއޭ. ހަމަ އެކަނި މާލެ އަކީ ވަކި ޤައުމަކައް ވަންޏާ މަވެސް މާލެ.???

      41
      4
    • XD

      ތިހެންވީ އިރު މާލޭ ރައްޔިތުން ހުރިހާ ރަށްރަށެގައި ރަނގަޅު ފެންވަރު ޓީޗަރުންނާއި ޑޮކްޓަރުން ހަމަ ޖައްސައި ދޭންވީނު. އޭރަކުން ތި ހިނި ދުރަކަށް މަމެން ނާރާނަމޭ މި ހިތްފަސޭހަކަން ދޫކޮށްފަ އަހަރެމެން ތިތާ އުޅެން މަޖުބޫރުވަނީ އަހަރެމެންނަށް ލިބެންޖެހޭ އަސާސީ އެތަށް ހައްގުތަކަކުން މަހުރޫމުވާތި. އެހެންނޫންނަމަ ތި މާލެއެއް ލޮލުންވެސް ނުދެކޭނަން.

      24
      5
  7. ފައިލީ

    ބްލަރް ކޮއްފަތަ ދެން ކޯއްޗެއް އެނގެނީ ތީގެން

    7
    6
  8. ޙަބަރުގެ

    މައިން ބަފައިންނާ ބެލެނިވެރިންގެ ފަރުވާ ކުޑަކަން ތިފެންނަނީ

    57
    1
  9. މަގޭ ހިޔާލު

    ވީޑިޔޯ ކުރުމުގެ ބަދަލުގައި އެކަން ނުކުރުމަށް ބުނިނަމަ މާރަގަނޅު ވީސް.....

    47
    3
  10. މަރިޔަމް

    ކޮންމެސް ކު އްޖަކު ތި ލޮކޭޝަން ސާފުކޮށް ލަ ދީބަލަ ޕުލީސް

    9
    2
  11. ާައަސްލަމް

    އަވަހަށްގޮސް އެގޭ ބެލްކަނި ތަޅާލާ ނިމުނީ

    6
    1
  12. ޙަސަން

    މިފަދަ ކަންކަން ފެނުނީމަ އެންމެފުރަތަމަ ތިމަާގެ އަމިއްލަ ފަރުދީ ޒިންމާ އަދާކުރަމާ ވަކި ބަޔަކު ގޯސްކުރުމުގެ ބަދަލުގައި

    28
    2
  13. Anonymous

    މުޅި ގައިން ގޫޒްބަމްޕްސް އެބަ ނަގާ ތި ވީޑިއޯ ބެލީމަ. ބެލްކަނީތަށް ހުންނަން ވީ އުސްކޮށް ދަގަނޑު ޖަހާފަ. ހަޑި ވިޔަސް ރައްކާތެރި ގޮތަކީ އެއީ.

    27
  14. ޢަފީ

    ވީޑި އޯ ކުރަމުން ކު އްޖާ އަށް ގޮވާލިނަމަ ވަރަށް ސަޅިވިސް.. އޭރުން މީހުން ހޭލުންތެރިވެސް ކުރެވުނީ އަދި މީހުންގެ ހިތް ހެޔޮކަން ވެސް ލިބުނީ

    8
    2
  15. މަހަށްދޭބަލަ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ރައީސް އޮފީހުގެ ބަޖެޓް ދަވާލައިގެން ޖަނގިޔާ ގަންނައޭ ތަމެން ނަށް ފެނޭތޭ ޗައިނާގެ ރީތި ކަން ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

    11
    2
    • ތަކުރުފާނު

      ޖަންގިޔާ ގަންނާށޭ؟ މަހަށް ދާށޭ؟ ކޮން ގޮވެލިފައްޗެއް ތިގޮވަނީ؟ ސާބަހޭ ކެކެކެ

      7
      1
  16. ޒައިޝާ

    މި ވީޑިއޯ ކުރި މީހާއަށް ހަމަ ސާބަސްދެން. މިކަހަލަ ނާތަހުޒީބު ކަންތައް ހުއްޓުވާ ހޭލުން ތެރި މުޖތަމައެއް ބިނާ ކުރެވޭނީ އެއްމެންގެ އެއްބާރުލުން މިކަހަލަ ކަންކަމަށް ލިބިގެން. ވީޑީއޯ ކުރި މީހާ ވީޑީއޯ ކުރުމުގެ ސަބަބުން ކިތައް މީހުން މިހާރު މިކަމަށް ހޭލުން ތެރިވެދާނެބާ. ވީޑިއޯގަ ފެންނަ ދެ ކުދހިންނަކީ ވެސް މައުސޫމް ކުޑަ ދެކުދިން. މައިން ބަފައިން މިކަހަލަ ކަންތައްތަކަށް ސަމާލުވާން ޖެހޭނެ. މާތް ﷲ އަސް ޝުކުރުކުރަން. އެ މި އަމަލުގެ ސަބަބުން އެކުއްޖާއަށް ގެއްލުމެއް ނުލިބުނީތީވެ. ރަގަޅު ގޮތަކީ އެފަދަ ހާލަތުގައި ވީޑިއޯ ކުރިޔަސް އަވަހަށް އިންސާނެއްގެ ފުރާނަ ސަލާމަތް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުން.

    24
  17. މަހަށްދޭދެބަލަ

    މިޒާތުގެ ސުންޕާ ކަން ކަން ވެސް ހިނގަނީ ތަމެންގެ ވެރިކަމުގައޭ މަމެން ޕިންކީންގެ ވެރިކަމުގައި ތިޔާ ގޮތަށް ނުއުޅެއޭ އެކަކު ވެސް ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދެން މަހަށްދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ..

    5
    11
  18. ރަށަށްދޭބަލަ

    މި ޒާތުގެ ކަންކަމަކީ ކޮރަޕްޓް ސަރުކާރެއް ސްޕެޝަލީ ރައީސް އޮފީސް ޕޮލިސީ ސެކްރެޓަރީ މެން އޮޅުވާލާ މަކަރާއި ހީލަތުން ކަން ކަން ކުރާނަމަ މިގޮތަށް ކަން ކަން ހިނގާނެއޭ ތަމެން ދެން ވެސް އިސްލާހުވެ 80 ހާސް މީހުންނަށް މަމެން ޕިންކީންގެ ވެރިކަމުގައި ދިން ފްލެޓްސް ތައް ދޭންވީއޭ ދަކޮރަޕްޓް ޖަނގިޔާލައޭ ތަމެން ދެނއ ރަށަށް ދޭބަލަ...

  19. އެއްކަލަ ކުއްޖާ

    އެންމެން ވީޑިއޯ ކުރި މީހާއަށް ބްލޭމް ކުރުން ރަނގަޅެއް ނޫން... ކިހިނެއް އިނގެނީ އެމީހާ ވީޑިއޯ ކުރަން ހުރީ އެހެން މީހަކު އެގެޔަށް އެކަން އަންގަން ފޮނުވައިގެން ނޫން ކަމެއް.. ވީޑިއޯ ކުރި މީހާ އައް އެއްޗިސް ކިޔުމައް ވުރެ މާދެރަ ދޯ އެކުއްޖާގެ ބަލެނިވެރިން އެވަރު ކުއްޖަކު ކޮބައިތޯ ނުބަލަ ހުރީމަ...

  20. މައުލޫމާތު

    މިކަން ހިންގީ ވިލިމާލޭގަ. އެގެ ހުންނަނީ ވިލިމާލޭގައި

  21. ވިސްނަބަލަ

    ކޮބާ ތަމެންނަށް ފެނޭތޭ ވަފާތެރި ކަމާއި ތެދުވެރިކަމަކީ ކޮބައިކަން ތަމެން ގައި ގައި މީގެ ކަން ފުޅެއް ވެސް ނެތީތޭ މަމެން ތަމެން ގާތުން އަހާލަން ބޭނުންވެއޭ އެނޫން ނަމަ ތަމެން ފްލެޓްސް ތައް ލިބުނު އޭގެ ހައްގުވެރިން އަތުން ފްލެޓްސް ތައް ފޭރި ނުގަންނާނެއޭ މަމެން ދުއާ ކުރާނަމޭ ތަމެންގެ ވެރިކަން ދާއިމަށް ނިމިގެން ދިއުމަށް ތަމެންގެ ވެރިކަމުގައި ބަރަކާތެއް ވެސް ނެތް ކަން މިހާރު މަމެންނަށް ފީލް ވާން ފަށައިފިއޭ އިނގޭތޭ ތަމެން ދެން ވެސް އިސްލާހު ވާން މަސައްކަތް ފަށަންވީއޭ ބުރުގާ ވެސް އަޅައިގެން ކަން ކަން ކުރަން އޮންނަ ގޮތަށް ކުރުމުންނޭ ތަމެން ކުރާ މަސައްކަތެއް ގައި ވެސް ބަރަކާތެއް ހުންނާނީ އިނގޭތޭ ތަމެންގެ ގައި ގައި ހުރި ލާދީނީ ސިފަތައް ވެސް އެބަޖެހޭ ކަނޑުވާލަން އިނގޭތޭ...

  22. އިޓްސްބިގަން

    ބޯޓު ކަފާލުމާ ގުޅޭ ގޮތުން އެމްޑީ އިބޫ ދައްކަވާ ވާހަކަތައް ފިނޭންސުން ދޮގުކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ދިސް ގިވްސް އަސް އަ ޗާންސް ޓު ޑިވައިޑް އެން ރޫލް ދެމް ދޯ ދެން ތަމެންގެ ކޯލިޝަން ފަޅަ ފަޅައިގެން ދާ ތަން ވަރަށް ރީއްޗަށް ފެނިގެންދާނެއޭ ހެއި މަމެން ޕިންކީން ނަށް ލީޑް ލިބެނީ އޭ މަމެން ޕިންކީން ނަށް ލީޑް ލިބެނީއޭ ލީޑް ލިބެނީއޭ ނެވަރ އެވަރ އެވަރ ގެޓް ދިސް ޗާންސް އެެގެއިން ކުދިންނޭ އިޓްސް ބިގަން ބިގަން އެން އިޓްސް ސްޓާރޓެޑް ޑާންސް ޑާންސް ޑާންސް...

    1
    1
  23. ހޯލްޑްމައިހޭންޑް

    ތިލަފުށި އެމްޑީ ތިލަފުށި ތަރައްގީ އަށް ޓަކައި ގުރުބާނީ ތަކެއް ވުމުން އެކަން ބަލައިނުގަނެ އެކަން ބޮލާލާ ޖަހާ ފިނޭންސް މިނިސްޓްރީން އެކަމުން ރެކެން އުޅުން އެއިން އަންގައި ދެނީ އެއީ ރައީސް އިބޫގެ ވެރިކަމުގެ ކޮވެލި ތެރޭގައި އެކުވެރި ކަމެއް ނެތި ދަ ރާއްޖެތެރޭގައި އޮންނަ ގޮތަށް ޑިވައިޑް އެން ރޫލްގެ އުސޫލު ތައް ކަން ގެންގުޅެނީ އައި ހޭވް ބީން ދެއަރ ބިފޯރ ވެން އިޓްސް ގެޓް އޯވަރ ފްލޯވްޑް އައި އޭމް ގޮނާ ލާފް އެއިރުން މަމެން ހޭނަމޭ އަޑަށް ބާރުލާފައި ހޯލްޑް މައި ހޭންޑް ބޭބީ ހޯލްޑް މައި ހޭންޑް...

  24. ގޮނާނީޑް

    ހެޔޮ ވެރިކަމެއް ކުރާނަމޭ ބުނެ ވެރިކަމަށް އައި މީހުން ތައް މީސް މީހުންގެ މުދާ ތައް ކަމަށް ބޮޑެތި އާގު ބޯޓް ފަހަރު އޮޓޮޕްސީ ހަދާ އުސޫލުން ކަތިލާ ބުރި ބުރި ކޮށް ކުދި ކޮށްލާ ބޯޓް ކުދި ކުދި ކޮށް ކޮށާލުމަށް ފަހު ބާޒާރު ކުރާ ކޮތަޅަކަށް ބޯޓް ލައިގެން ގޮސް ބޯޓްގެ ވެރިފަރާތަށް އޮޓޮޕްސީ އޭ ހަވާލު ކުރަނީ ބޯޓް ނަމުގައި މިވަރުގެ މީހުންނަށް ކުރެވޭނެ ހެޔޮ ވެރިކަމެއް ނޯންނާނެއޭ ދޭއާރ ނޮޓް ދަ ޗޯސެން ވަންސް އައި އޭމް ގޮނާ ނީޑް ސަމްކައިންޑް އޮފް އަ ގުޑް ސައިން ފޯރ ދިސް އައި އޭމް ގޮނާ ކްރައި އައުޓް ފޯރ ދިސް...

  25. ދަވާލި 19

    ކުޑަކުއްޖަކު އެތަނައްލައިގެން އެކުއްޖާގެ ފުރާނަ ނުރައްކަލައް ހުށަހަޅައިގެން އެއުޅެނީ މޮޔަ މުސްކުޅިގަނޑެއްނޫންތަ