ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް ޔާމީން އަށް ކޮށްފައިވާ ޙުކުމާ ދެކޮޅަށް މިރޭ އިދިކޮޅު ފަރާތްތަކުން ކާނިވަލް ސަރަޙައްދުގައި ބޭއްވި ޖަލްސާއަށްފަހު ޕީޕީއެމް އޮފީސް ދޮށުގައި ސުލްހަވެރިކަމާއެކު ޝުޢޫރު ފާޅުކުރަން ތިއްބާ ފުލުހުން ބަޔަކު ހައްޔަރުކޮށްފިއެވެ.

ރައީސް ޔާމީން އަށް އިއްވާފައިވާ "އަނިޔާވެރި ޙުކުމާ ދެކޮޅަށް" ގެ ނަމުގައި ރޭ ކާނިވަލް ސަރަޙައްދުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ފަރާތްތަކުން ބޭއްވި ޖަލްސާގައި، ރައީސް ޔާމީން އަށް ތާޢީދުކުރައްވާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އެ ޖަލްސާ އަށް ފަހު، ޕީޕީއެމް އޮފީސް ކައިރިއަށް ބައެއް ބޭފުޅުން ގޮސްފައިވަނީ އާދައިގެ މަތިން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ޝުޢޫރު ފާޅުކުރުމަށެވެ.

ރައީސް ޔާމީން އަށް ތާޢީދުކުރައްވާ ބައެއް ފަރާތްތަކުން، އެމީހުންގެ ޝުޢޫރުތައް ފާޅުކުރަމުން ދަނިކޮށް އެތަނުން މަދުވެގެން 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރުކޮށްގެން ގެންގޮސްފައިވެއެވެ. ޕީޕީއެމްގެ ބައެއް އިސް ފަރާތްތަކުން އެކަމާ ގުޅިގެން ވިދާޅުވީ ސުލްހަވެރިކަމާއެކު މަގުން ދަތުރުކޮށްފައިދާ މީހުންނަށްވެސް ހުރަސް ނޭޅޭ ގޮތަށް، މަޑުމަޑުން، ޕޭވްމެންޓު މަތީގައި ޝުޢޫރު ފާޅުކުރަން ތިބި ބަޔަކު ހައްޔަރު ކޮށްގެން ގެންދަން ޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ޝުޢޫރު ފާޅުކުރި މީހުން ރޭވެސް ވަނީ ރައީސް ޔާމީން ދޫކޮށްލަން ގޮވާލާފައެވެ. މީގެ އިތުރުން ބައެއް ފަރާތްތަކުން، އާދައިގެ މަތިން ރައީސް ޞާލިހު އާއި ފުލުސް ކޮމިޝަނަރު، ހަމީދުގެ އިސްތިޢުފާ އަށް ގޮވާލި އަޑުވެސް ވަނީ އިވިގެން ގޮސްފައެވެ.

ޕީޕީއެމް އޮފީސް ދޮށަށް އެއްވެ ޝުއޫރު ފާޅު ކުރުމުގެ ތެރެއިން

ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް ވަނީ ރައީސް ޔާމީން ކުރިއަށް އޮތް 1 މަސް ތެރޭގައި ގެޔަށް ބަަދަލު ކުރާނެ ކަމުގެ "ޔަޤީންކަން" ރައްޔިތުންނަށް ދީފައެވެ. މަނީ ލޯންޑަރިންގެ މައްސަލައެއްގައި ރައީސް ޔާމީން ޖަލަށް ލާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައެވެ. އެ މަނިކުފާނުގެ މައްޗަށް ދަޢުލަތުން ކުރި ދަޢުވާ ސާބިތުވެ، ވަނީ 5 އަހަރަށް ޖަލަށް ލުމުގެ އިތުރަށް 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ފައިސާ ދައްކަން ޙުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ވަގު

  ތި މުޒާހަރާގައި ތިބި މީހުންނަށްވުރެ ތިތަނުގަ ޕޮލިހުންވެސް ގިނަ. ހީވަނީހަމަ ޔާމީން ދުކޮށްލަންހެން ޖެހޭނީ ތިވަރަށް މީހުން އެއްވެފަ އޮތީމަ ގައުމެއްގެ ދިފާއީ ބާރުތަކަށްވެސް މައިތިރިނުކުރެވޭނެ. ޔާމީން އަވަހަށް ދޫކޮށްލާ އެހެން ނޫނީ ޔާމީންގެ އައުވާނުން ޔާމީންގެ ގަނޑުވަރަށް ގެންގޮސްދީ...

  15
  69
  • Anonymous

   ޔާމީނުކަހެރުވަކޭ ކިޔާނެކަމެއްނެތް، މިއީ ކަލޭމެންގެ އެކަނި ގައުމެއްތަ، އަހަރުމެންގެވެސް ގައުމު

   40
   16
  • ައަޅޭ

   ޢެހެންވީމަ ތާ ފުލުހުން ހޭކުޑާ ވެގެން މީހުން ޙައްޔަރު ކުރަނީ .... ހަމަ ހީވަނީދޯ .....

   56
   7
 2. ސަޓޯ

  ފިނޑި އެމްޑީޕީ ސަރުކާރު... ފުލުހުން ބޭނުންކޮއްގެން ވެރިކަން ހިފަހައްޓަނީ ވެސް

  58
  6
 3. ނާނު

  ތިހިންކޮންމެރެޔަކު މުޒާހަރާ ޖައްސާލީމަަ އަންނިގޮތަށް އިބޫވެސް ވެރިކަންދޫކޮށްލާފަ ފިލާނެ އެހެންވެގެން ކޮމަންވެލްތުގަ އަވަހަށް ބައިވެރިނުކޮށްގެން އެއުޅެނީ އެއިރުން އޭނަވެސް ބުނާނެ ބަޑިޖެއްސީއޭ މިއީ މިވެރިންގެހާލު.

  52
  8
 4. ޙަަރުން

  މިއަށް ކިޔަނީ ކިނބުލުގެ ބުރީގަ ރޯވުން...އެހެން ބަހުރުވަޔަކުން ނަމަ ގަޔަށް ގުއި ރެވުން...ދަންނޭވާދް...

 5. ޜޮނޑާ

  ވައްކަން ކުރަން ހިތްވަރު ދޭ ބަޔެއް. އިސްލާމް ދީނައް ހުތުރު އަރުވަން އުޅޭ ވިއްސަކައް މީހުންނައް ތަންފުކެއް ވެސް ދޫދޭނެ ކަމެއް ނެތް. މައި ވަގުގެ ކިއްލާ ތެރެއިން ނިކުމެގެން އުޅޭ ބައި ގަޑެއް. ތި އެންމެން ހިފާ ހައްޔަރު ކުރޭ.

 6. ގަންޖާބޯ

  މީހުން މަދުކަމެއް ނޭގޭ ރާބޮކި ނަހަލާލު ސަރުކާރަށް ހަޖަމް ނުވާކަން އެގެނީ އެހެން ނޫނަސް އެމް ޑީ ޕީ ބައިގަޑަކީ މޫސާގެ ފާނު ޒަމާނުގައި ވާހަކަ ކިޔާ ދޭން އުލުނު ބައިގަޑު ވިއްޔާ.

  1
  1
 7. އަލްޖިބްރާ

  ކަލޭމެން ވެރިކަން ކުރީ ފުލުހުންނާއި ސިފައިން އެމީހުންގެ ގޭގާއި ބައތިއްބައިގެންތަ ؟ ލަދުކުޑަ !

  1
  1