ކުއްލި ނުރައްކަލުގެ ހާލަތަކީ ޤާނޫނާ ހިލާފަށް ނެރެފައިވާ އަމުރެއްކަމަށް ބުނެ އެކަމާ މެދު ޤާނޫނީ ބަހުސަކަށް އެރުމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ދައުލަތުގެ ވަކީލުންނަށް ދައުވަތު އަރުވައިފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރުނު ޤަރާރާއި އަދި އެއަށް ފަހު ސަރުކާރުން ޤާނޫނާއި ޚިލާފަށް އަމަލުކުރަމުންދާ ކަންތަކުގެ ވާހަކަ މައުމޫން ހަމީދު ވާހަކަ ދައްކަވަމުން ގެންދަވާތީ ޕީޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ މައުމޫން ހަމީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އަދި މިފަދަ ދަނޑިވަޅުގައި މައުމޫން ހަމީދު މި ދައުވަތު ދެއްވާފައި މިވަނީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި މައުމޫން ހަމީދު ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ޤާނޫނީ ބަހުސްއަކަށް އޭނާ ދައުވަތު އަރުވާ ކަމަށާއި ދައުލަތުން ބޭނުން ވަރަކަށް މި ބަހުސްގައި ވަކީލުން ގެނެވިދާނެ ކަމަށެވެ. އަދި މި ބަހުސް އިތުރަށް ފޯރި ގަދަކުރުމަށްޓަކައި ދައުލަތުގެ ވަކީލުންނާއި ދެކޮޅަށް ބަހުސްކުރާނީ އޭނާ އެކަނި ކަމަށް ވިދާޅުވެފައިވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނާ ހިލާފް އަމުރެއް ކަމަށް މައުމޫން ހަމީދު ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް މި ވާހަކަތައް ރައްދު ދެއްވަމުން ޕީޕީއެމް އިން ވަނީ ޤާނޫނު އެނގިލައްވަނީ ހަމަ އެކަނި މައުމޫން ހަމީދަށް ނޫންކަމަށް ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޝްރަފް

    ނުކެރޭނެ ތީ މީޑިޔާގެ ސަމާލުކަން ހޯދަން ޖެއްސި ސްޓަންޓެއް

  2. މުފީދު

    ވަކީލުންނަކަށް ނުކެރޭނެ މި ބަހުސްގަ ބައިވެރިވާކައް. ޢިނގޭ ބަލިވާނެކަން. ޢަމިއްލަޔައް އަރާ ތިބެގެން މޮޅުވާހަކަ ދައްކަން އެންގޭ މީހުން މިވަގުތު ސަރުކާރުގަ ތިބީ