މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އުވާލައިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، "އާސްކް ސްޕީކަރ"ގެ ނަމުގައި މިރޭ ރައީސް ނަޝީދާއި ސުވާލު ކުރެއްވުމަށް އާންމުންނަށް ހުޅުވާލި ޕްރޮގްރާމުގައި، މީހަކު އެސްއެމްއެސް މެދުވެރިކޮށް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިކަމާއި ގުޅޭގޮތުން އެސްއެމްއެސް ކުރި ފަރާތުން ސުވާލު ކޮށްފައި ވަނީ، އެމްޑީއެން އުވާލުމާއި މެދު ނަޝީދު ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށްތޯ ކަމަށެވެ.

މިރޭގެ ޕްރޮގްރާމުގައި އިތުރު ފަރާތަކުން ވަނީ، ސަލަފް ޖަމިއްޔާ އާއި މެދު އެމަނިކުފާނު ދެކެވަޑައިގަންނަވަނީ ކިހިނެތްތޯވެސް ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަލަފް ވެސް އުވާލައިގެން ނުވާނެ ކަމަށެވެ.

"ޖަމިއްޔާއެއް ހުރެފަކާއެއް ކުއްވެރިއެއް ނުވާނެ. އެކަމެއް ނޫނީ އެކުށެއް ކުރި ބަޔަކަށް ފިޔަވަޅު އަޅަން ޖެހޭނީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ޖަމިއްޔާއެއް ނޫނީ ޕާޓީއެއް އުވާލުމަކީ އެމަނިކުފާނު ދެކޭ ގޮތުގައި "ވަރަށް ވިޔާނުދާ އަމަލެއް" ކަމަށެވެ.

އެމްޑީއެން އުވާލައިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި މިވަނީ، "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި އެ ޖަމިއްޔާއިން ތައްޔާރުކުރި ރިޕޯޓެއްގައި އިސްލާމް ދީނާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށްފައިވާ މައްސަލައެއް ހޫނުވެފައި ވަނިކޮށެވެ.

އެ މައްސަލަ ހޫނުވުމުން، ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރި މަސައްކަތުން، ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތަކެއް ހުރިކަން ވަނީ ހާމަވެފައެވެ. އެހެންކަމުން ޖަމިއްޔާތަކާއި ބެހޭ ޤާނޫނުގެ ދަށުން އެމްޑީއެންގެ ރަޖިސްޓްރީ ބާތިލް ކުރުމަށް ނިންމައި އެކަން އެ ޖަމިއްޔާއަށް، ޔޫތު މިނިސްޓްރީން ވަނީ އަންގާފައެވެ.

އެމްޑީއެން އުވާލުމަށް ސަރުކާރުން ނިންމީ އެމްޑީއެން އުވާލާ އެޖަމިއްޔާގެ އިސް މެންބަރުންނާއި، ރިޕޯޓް ތައްޔާރު ކުރުމުގައި ބައިވެރިވި މީހުންނަށް އަދަބު ދިނުމަށް އާއްމު ރައްޔިތުންނާއި ދީނީ އިލްމުވެރިން ގޮވާލަމުން ގެންދަވާތާ ދެމަހެއްހާ ދުވަސް ވާން ކައިރިވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އާދު

  ޔާﷲ މިކެނެރިގޭ ކަލޭގެ ކިބައިން މިގައުމާ ރައްޔިތުން ސަލާމަތް ކުރައްވާށި އަދި ގިޔާމަތަ ހަމަޔައް އިސްލާމީ ވެރިކަމާއި މިނިވަންކަންމަތީ ލައްވާށި އާމީން

  191
  3
 2. Anonymous

  ހުރިހާ ރައްޔިތުން އެކައްޗެއް ކިޔައިގެން މިވަބާއިން ސަލާމަތް ވާން އެބަޖެހޭ ދުޢާކުރަން މީނާއަކީ އެންމެ ކުރިން ތިމަންނަ ވެރިކަމެއް ބޭނުމެއްނޫނޭ ބުނި ކަލޭގެ

  145
  4
 3. އިއްބެ

  އާނމީން

  86
  3
 4. ދުންމާރި

  ޖުޑިޝަރީގެ ރައީސް އަންހެންކޮމިޓީގެ ރައީސް މަޖިލީހުގެރައީސް ތިންއަހަރު ރައީސްކަންކުރި
  ރައީސް ސްޕްރިނގްކޯޓުގައި ތަޅުއެޅުވި ރައީސް ބޮވެންވާނެ ބޯންވާނެ ބޮއިގެންނޫނީސަލާމަތެއް
  ނުވާނޭ ބުނިރައީސް ސިވިލްސާރވީސް މުވައްޒަފުންގެ ފައިސާކޮޅުހިއްޕެވި ރައީސް، ރައީސް
  ރައީސްނަޝީދުރައީސް ދޮންނަކުނޑީގެ ގޮތުގައި ބޭނުންކުރަން ކަމުނުދިޔަރައީސް މުޅިދުނިޔޭގެވެސް
  ރައީސް މީނާއަށް ހުރިހާ ބާރެއްދޭން އަޅުގަނޑު ތާއީދު!

  20
  35
 5. ިޮފަލިނަރަ

  އެމްޑީއެން ކަޑަ

  55
  1
 6. ގުނބޯ ލުނބޯ

  މިހާރު ގިނަ އެމްޑީޕީ މީހުން އަންނި ކަންތައް ކުރާ ގޮތުން ވަރަށް ރުޅި އާދޭ އަސްލުވެސް

  63
  3
 7. ޖަމީލު

  ކަލޯ މިހާރު ތި ސައިޒް އޮޅެނީ މައިތިރިވޭ އިނގޭ..

  44
 8. ނަސްރުﷲ

  މޑނ އަކީ މިސަރުކާރުގެ ދިރުނަމް ކަމުގާ މޑޕ އިސްވެރޔަކު އަރެންގާތު ބުނި މިއީ މޑނ ގެނައި ސަރުކާރެކޯ!!!