ޏ. ފުވައްމުލަކުގައި ފަރުވާދެމުން ދިޔަ މީހަކު، ސިއްހީ އަވަސް ފަރުވާއަށް ހެލިކަޕްޓަރުގައި މާލެ ގެންނަން ނިންމައިފިއެވެ.

އުމުރުން 56 އަހަރުގެ އެ މީހާ މާލެ ގެންނަނީ ސްޓްރޯކެއް ޖެހިގެން އިތުރު ފަރުވާ އަށެވެ.

އޭނާ މާލެ ގެނައުމަށް ހަމަޖެހިފައި ވަނީ، 18:45 ހާއިރު އެވެ.

މިއީ މިއަދު އެމްއެންޑީއެފް ހެލިކަޕްޓަރުގައި މާލެ ގެންނަ ދެވަނަ މީހާއެވެ. ފުރަތަމަ ގެނެސްފައި ވަނީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ތުއްތު ކުއްޖެކެވެ. އެ ކުއްޖާ މާލެ ގެނެސްފައި ވަނީ، މިއަދު މެންދުރު ފަހު 15:00 ގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ބަލި މީހާ ގެންނަނީ ކައްދޫގައި އޮންނަ ހެލިކަޕްޓަރުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު