އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު އެތަނުން ފިލައިފިއެވެ.

ފުލުހުން މިއަދު މިކަމާ ގުޅިގެން ހާމަކުރެއްވި ގޮތުގައި ފިލާފައިވަނީ ވައްކަމުގެ މައްސަލައެއްގައި ޙުކުމް ތަންފީޒު ކުރަން މާލެ ފޮނުވަންވެގެން، މިމަހުގެ 9 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހެކެވެ.

އޭނާ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ފިލާފައިވަނީ އިއްޔެގެ މެންދުރުގެ ވަގުތެއްގައެވެ.

އެ މައްސަލައިގައި ފިލާފައިވަނީ ކާކުކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ވިދާޅުވީ އެމީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިންސާފު

    ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލައިފި އެއީ ނަންނުކިޔާ މީހެއްތަ ނޫހުގަޖަހާލާ ނެފޮޓޯއެއްވެސް ނެތީތަ އޭނަހޯދަން އާމުންގެ އެހީއަކަށްވެސް ނޭދެންތަ އޭނަ ހަމަ ފިލީތަ ދޫކޮށް ލީއެއްނޫތަ ކީ ވެތަ ނޫހުގަ ފޮޓޯ ޖަހާފަ އާމުންގެ އެހީއަށްނޭދުނީ ފިލީމަތަ ނޫނީ ދޫކޮށްލީމަތަ އިސްލާމް ދީނުގެ ދިފާއުގައި ދެތިންކީހަކު ހަމަހިމޭން ކަމާއިއެކު ބަހެއްބުނެލާ އިރަށްގަދަބާރުން އެބަޔަކުގެންގޮސް ހައްޔަރުކުރުމަކީ ތިފުލުހުންގެ ވާޖިބެއްތޯއެވެ.