ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އައްޑު އަތޮޅާއި ހުވަދު އަތޮޅާ ދެމެދު ޝެޑިއުލްޑް ފްލައިޓުތަކެއް ބާއްވަން ނިންމައިފިއެވެ.

އެ އެއާލައިނުން ވިދާޅުވީ ދެ އަތޮޅުގެ މެދުގައި ފްލައިޓުތައް ބާއްވަން ފަށާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލުމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

&nbsp

މޯލްޑިވިއަން އިން މިގޮތަށް ނިންމި އިރު ހުވަދު އަތޮޅުގެ ގިނަ ބަޔަކު ދަނީ އެ ޚިދުމަތް ބޭނުން ވާ ކަމަށް ބުނަމުންނެވެ. ހުވަދު އަތޮޅާއި އައްޑޫ ވައިގެ މަގުން ގުޅާލުމަށް ނިންމާފައިވީ ނަމަވެސް މި ޝެޑިއުލް ފްލައިޓުތައް ބާއްވާނީ ހުވަދު އަތޮޅުގެ ކޮން އެއާޕޯޓެއްގައި ކަމެއް އަދި ހާމަކޮށްފައި ނުވެއެވެ.

ހުވަދު އަތޮޅުގައި ދެ އެއާޕޯޓު އޮންނަ އިރު އިތުރު ދެ އެއާޕޯޓެއްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ހުވަދު އަތޮޅުގައި އޮންނަނީ ކާޑެއްދޫ އެއާޕޮޓާއި ކޫއްޑޫ އެއާޕޯޓެވެ. މަސައްކަތް ކުރަމުން ދަނީ ފަރެސްމާތޮޑާ އެއާޕޯޓާއި މާވާރުލު އެއާޕޯޓުގައެވެ. އޭގެ ތެރެއިން މާވާރުލު އެއާޕޯޓު ވަނީ މަސައްކަތް ނިމި ހުޅުވަން ކައިރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު