ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު، ގުގުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، (މެޓް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު މެދު ތެރެއާއި ދެކުނުގެ އަތޮޅުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މެޓް އޮފީހުން ވަނީ މިއަދު ހެނދުނު ބައެއް ސަރަހައްދު ތަކަށް ހުދު ސަމާލު ވެސް ނެރެފައެވެ. މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ، މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވި އެވެ.

މެޓް އޮފީހުން ވަނީ އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.