އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު، ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ ރިޟްވާން މަރާލި މައްސަލަ ސިޔާސީ ފަރާތްތަކުން ބޭނުން ކުރީ ސިޔާސީ ޓޫލް އެއްގެ ގޮތުގައި ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެެއެވެ.

ރާއްޖޭގެ ޓީވީ ޗެނަލެއްގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ފަދަ ކަންކަން ދިމާވުމުން އެ ވާހަކަ ދައްކަނީ ސިޔާސީ މަންފާހޯދަން ކަމަށެެވެ. އަދި އެފަދަ މައްސަލަތަކުގެ ތުހުމަތު އެއްބަޔަކު އަނެއް ބަޔަކަށް ކުރުމުގެ ސަބަބުން އެ މައްސަލަތައް ބަލަން ދަތިތަކާއި ދިމާވާކަމަށް ނިޒާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑރ.އަފްރާޝީމްގެ މަރު ފަދަ މައްސަލަތައް ނުބެލުމުން އެކަމުގެ ޒިންމާ ދައުލަތުން ނަގަން ޖެހޭކަމަށެވެ. އަދި އެ ފަދަ މައްސަލަތައް ވަގުތުން ނުބެލޭނަމަ ގިނަ ދަތިތައް ދިމާވާ ކަމަށާއި، މަރު ކޮމިޝަނުން ބަލާ މައްސަލަތަކަށް ކުރިއެރުން ހޯދަން އެންމެ ދަތިވާ ސަބަބަކީވެސް އެއީ ކަމަށް ނިޒާރު ވިދާޅުވިއެވެ.

" މައްސަލަތައް އެބަ ޖެހޭ ހޫނުކަންމަތީ ބެލެން. މިހާރު އެފަހުން ކިތައް އަހަރުތޯ. ހެކި ފޮރުވަން ބޭނުންވާ ބަޔަކަށް އެކަން ކުރަން ފުރުސަތު ލިބޭހާ ދުވަސް ވެއްޖެ. ދައުލަތުން މިކަމުގެ ޒިންމާ ނަގަން ޖެހޭ. މައްސަލަތައް ވަގުތުން ނުބެލުމަކީ އެންމެ ބޮޑުއެއް މައްސަލަ. އަދި ސިޔާސީ ޓޫލް އަކަށް މިފަދަ މައްސަލަތައް ބޭނުން ކުރޭ. މިއަދު ކޮންމެ މީހަކީ ނޫސްވެރިއެއް. މީޑިއާގައާ މިވާހަކަ މިހެން ދެކެވެން ފެށީމަ ސިޔާސީ ނުފޫޒުވެސް އެބަ ވަދޭ. އަދި ނުފޫޒު އޮވެގެން ނުވަންޏާ ނުވާ ވާހަކަ އެބަ ބުނަން ޖެހޭ. އެ ވާހަކަ ނުދައްކާ ތިބެފަ، ނުފޫޒުގެ ސަބަބުން ނުވިއްޔޭ ބުނީމަ އެއީ ޒިންމާ އަދާކުރުމެއް ނޫން." ނިޒާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ މަސައްކަތް ރަނގަޅެވެ. އަދި ޖަވާބު ނުލިބި ހުރި މަރުގެ މައްސަލަތަކަށް ހައްލު ހޯދަން އެ ކޮމިޝަނުން މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދިވެހި ދަރިއެއް

    ތީނާ އަކީ ސިޔާސީ ބޭނުންތަކަށް އެކަންކަން ބޭނުން ކުރި އެކެއް، މިހާރުވެސް އެކުރަނީ އެކަން،

    23
  2. ކާފަބޭ2019

    ނިޒާރުވެސް އެނަންތައްތިޔަބޭނުންކުރެއްވީއެގޮތަށް މަރުކޮމިޝަންގެމަސައްކަތްރަނގަޅުވީކޮންގޮތަކަށްތޯ އެހުރިހާމީހުންގެދިފާއީވަކީލަކަށް މަސައްކަތްކުރި އަދިވަކީލުންފޮނުވައިގެންމަސައްކަތްކުރިމީހަކު ކޮމިޝަންގެރައީސަކަށްހުރެގެން 1 އަހަރުހޭދަވީ ވަކިދިމާލަކަށް އެކަންއަމާޒުކުރުމަށްކަމަށްބެލެވެނީ ނޫންނަމަ ކާޅުގޮވާހެން އެވާހަކަތައްގޮވިމީހުނާ ސުވާލުނުކޮށް މައްސަލަނިންމަންއުޅުމުގައި ސުވާލުނުއުފެދޭތޯ؟

    15
    1
  3. އަލް ނޫރު

    މި އެކަމުގެ ބޮޑެއް...

    11
  4. ދަންސޫރަ

    ކީވެ ތިހެންތިބުނި ރިލުވާން އެއިނީ އެމްޑީޕީ ވެ ރިކަމަށް އަ ރާފަ އޭނާގެ.މޮމް ކައި ރިއަށް ގެނެސްދީފަ ޑ ރ. އަފް ރާސީމް އަލީ މެ ރި މީހުން ހޯދައިފި ސޫދު އެއީ މޮޅުމީހެއް

    1
    1
  5. ބޭކާރު

    ތިޔަ ކަން ސިޔާސީ ހަތިޔާރުގެ އިތުރުން ހަގީގީ ގާތިލު ބަރީއަ ކުރުމުގެ ބޭނުންވެސް ހިފާފަ ވޭ 2 މަރު ނިންމާލި ގޮތާމެދު ވިސްނާލުމުން މިކަން ރަނގަޅަށް އެގިގެންދާނެ ދެން އަންނަ ޕީޕީއެމް ގެވެރިކަމެއްގާ ހަގީގީ ގާތިލު 2ގަތުލު ހިންގަން އަމުރު ނެރުނު މީހާ ހޯދޭނެ .