މުޒާހަރާ ނުކުރެވޭ ގޮތަށް ޝަރުތުކުރުމަށްފަހު އެމްޑީޕީގެ ދެ އެކްޓިވިސްޓަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލަން އަމުރުކުރީ ހުސެއިން އިލްހާމް އާއި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ މެމްބަރު ހަދީޖާ އާދަމްއެވެ. މި ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގެ ތެރެއިންނެވެ.

މުޒާހަރާ ނުކުރެވޭ ގޮތަށް ޝަރުތުކުރުމަށްފަހު މި ދެ މީހުން ދޫކޮށްލިއިރު މިދިޔަ އާދީއްތަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ އެއްގެ ތެރެއިން ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ.

އެ މުޒާހަރާގެ ތެރޭން ހައްޔަރު ކުރީ ގދ. ގައްދޫ ކައުންސިލްގެ ރައީސް ރައްޔާނު ޖަމާލް އާއި އއ. ރަސްދޫ ކައުންސިލް މެންބަރު އަބްދުﷲ އަނިލް އަދި އެމްޑީޕީ ޔޫތު ވިންގުގެ ރައީސް މީކާއިލް ނަސީމް އާއި އެމްޑީޕީގެ އިކޮނޮމިކް ކޮމެޓީގެ މެންބަރު ސަފާއަތު އަހްމަދު އާއި އެ ޕާޓީގެ މެންބަރު އަދި ގާނޫނީ ވަކީލާ ޝީނާ މުހައްމަދު އެވެ.

ރައްޔާނާއި އަނިލް ފަސް ދުވަހު ޖަލު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރިއިރު ދެން ތިބި މީހުން ވަނީ ފަސް ދުވަހަށް ގޭ ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން ކޮންމެ ދުވަހަކު މާލޭގައި މުޒާހަރާތައް ކުރަމުންދާއިރު މި މުޒާހަރާތުގައި އެ ފަރާތްތަކުން ދަނީ މި މަހުގެ އެއްވަނަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ގޮވާލަމުންނެވެ.

މި މަހުގެ އެއްވަނަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ކުރި އަމުރުގައި ވަނީ ސިޔާސީ ބައެއް ފަރާތްތައް ދޫކޮށްލަން އަމުރުކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ވަނީ އެ އަމުރު ބާތިލުކޮށްފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާއަލީ

    ދޫކުރާނިކަމެއްނެތް ބޮޑުއުދަގުލެއް މޑޕ ބައިގަނޑާ ހެދި

  2. ކެރެޓް

    މި ފިރިހެންސޮރު މީ ވަރަށް ބޮޑަށް ސައިޒް އޮޅިފަ ހުންނަ ގޮތެއްނެތިގެން މާލެ ތެރޭއެބުރޭ ސޮރެއް

  3. ޙުސެން

    އެއީ ޣައިރު ޤާނޫނީ ހުކުމެއްކަމުގައި ދަންނަވަމެވެ. މިފަދަޣައިރުޤާނުނީހިކުމް ކުރައްވާފަނޑިޔާރުން ނަށް އިތުބާރުކުރެވޭނެގޮތެއް ނުވިސްނެއެވެ. މި ބޭފުޅުން ކުރައްވާޝަރީޢތުގެ މައްޗަށް އެއްވެސް ޔަޤީންކަމެއްވެސް ނެތެވެ. މިއީ ކުފޫ ހަމަނުވާ ފަނޑިޔާރުންނެވެ