ހަރުކަށީ ފިކުރުތަކާއި، އަދި އެ ނޫންވެސް މައްސަލަތަކާއި ގުޅޭގޮތުން އާއްމު ރައްޔިތުންނަށް ހާމަނުވެ ހުރި މައުލޫމާތުތަކެއް އެބަ ހުރި ކަމަށާއި، ކުރިއަށް އޮތްތަނުގައި އެ މައުލޫމާތު ހާމަކުރަމުން ދާނެ ކަމަށް، ސަރުކާރުން އުވާލާފައިވާ ޖަމިއްޔާ، މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ބުނެފިއެވެ.

އެމްޑީއެން އިން މިގޮތަށް ބުނެފައި ވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ވަނީ ޔޫތް މިނިސްޓްރީން އެ ޖަމިއްޔާ އުވާލިކަމަށް ބުނެ ނެރުނު ބަޔާނުގައި ހުރި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އެމްޑީއެން އިން ބުނީ، މިހާރު ސަރުކާރުން ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގަވަމުން ގެންދަވާ ހަރަކާތްތަކިުގައި ހާމަވަމުން އެދަނީ އެ ޖަމިއްޔާގެ ރިޕޯޓުގައި ބަޔާންކޮށްފައި ހުރި ކަންކަން ކަމަށެވެ.

އަދި އަދި އެޖަމިއްޔާ އުވާލަން ގޮވާލައި، ދައުލަތުގެ އިދާރާތަކުގެ ތެރެއިން ހަރަކާތްތެރިވި އިސް ބައެއް ފަރާތްތަަކަކީވެސް ހަރުކަށު ފިކުރުގައިޝާމިލުވާ ފަރާތްތަކަށް އެ ޖަމިއްޔާއިން ކުރި ދިރާސާ އިން އިނގޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެ ޖަމިއްޔާއިން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ދިވެހި ރާއްްޖޭގެ ސުުލްހަ މަސަލަސްކަމާއި ޑިމޮކްރެސީގެ އުސޫލުތަކާއި ގާނޫނުގެ ވެރިކަމާއި އިންސާނީ ހައްގުތަކާއި ކަރާމާތް ނެގެހެއްޓުން ކަމަށެވެ. އަދި ކުރިއަށް އޮތް ތާގައިވެސް މި ޖަމިއްޔާގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް ބުނެފައި ވެއެވެ.

"މީގެ އިތުރުން މި މައްްސަލަތަކާއި ބެހޭގޮތުން އާއްމު ރައްޔިތުންނަށް ހާމަނުވެ ހުރި މުހިއްމު މައުލޫމާތުތަކެއް ހުރުމާއެކު، އަދި އެކަންތައްތަކަކީ ރައްޔިތުންނަށް އެނގެން ޖެހޭ ކަންތައްތައް ކަމުގައި މި ޖަމިއްޔާއަށް ގަބޫލުކުރެވޭތީ، ކުރިއަށް އޮތްތަނުގައި އެކަންތައްތައް ހާމަކުރަމުންދަނެ ވާހަކަ ދަންނަވަމެވެ"، އެ ބަޔާނުގައި ވެއެވެ.

އެ ޖަމިއްޔާއިން ޔޫތް މިނިސްޓްރީގެ ވާހަކަތަކަށް ރައްދުދެމުން އެ ބަޔާނުގައި ބުނެފައި ވަނީ، އެ ޖަމިއްޔާ އުވާލައިފައިވާ ސަބަބެއްކަމަށް ޔޫތް މިނިސްޓްރީން ބުނަނީ އެ ޖަމިއްޔާގެ ރަޖިސްޓްރީ ބާތިލް ކުރަން ޔޫތް މިނިސްޓްރީން ނިންމާފައިވާކަން އަންގައި ނޮވެންބަރު 05 ވަނަ ދުވަހު ފޮނުވި ސިޓީއަށް އެ ޖަމިއްޔާއިން އެއްވެސް ޖަވާބެއްދީފައި ނުވާކަން ކަމަށް ބުނެފައިވީ ނަމަވެސް، އެއީ ދޮގެއް ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ، ޔޫތް މިނިސްޓްރީން އެޖަމިއްޔާއަށް ފޮނުވި ސިޓީއަށް ޖެހިގެން އައި ދުވަހު ޖަވާބު ދީފައިވާނެކަމަށެވެ. އެމިނިސްޓްރީން އެޖަމިއްޔާ އުވާލަން ނިންމި ނިންމުމަކީ އައިރު ގާނޫނީ ނިންމުމެއްކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އަދި އެ ޖަމިއްޔާއިން ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު ޔޫތް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާނެކަމަށާއި، އަދި މިއަދާއި ހަމައަށްވެސް އެ ޖަމިއްޔާގެ ސިޓީއަށް ޖަވާބުލިބިފައި ނުވާކަމަށް އެޖަމިއްޔާއިން ބުނެއެވެ.

އަދި އެ ޖަމިއްޔާއިން ގާނޫނާއި ހިލާފަށް ކުރީ ކޮން ކަމެއް ކަން ހާމަކޮށްފައިނުވާ ކަމަށާއި، އެކަމާއި ގުޅޭގޮތުން ފުލުހުންނާއި މިނިސްޓްރީންވެސް އެ ޖަމިއްޔާއާ ސުވާލުކޮށްފައިނުވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ކިޔުންތެރިޔާ

    ޝުކުރިއްޔާ ހިންނަވަރު އިބްރާހީމަށް އަދި ގަންޖާބޯ ނަޝީދުއަށް. ތިވަރު ފުދިއްޖެ. ދޮގާއި މަކަރާއި ޖަނަވާރުކަންވެސް ރައްޔިތުންނަށް ދެއްކޭނީ ވަކިވަރަކަށް. މީ ރައްޔިތުންގެ ގައުމު ރައްޔިތުން އަމިއްލައަށް ނިކުމެ ހިމާޔަތްކުރަންވީ ވަގުތު.

    161
    11
  2. ވާހަކަ

    އަވަސްކުރަންވެއްޖެ އެހެންނޫނީ މިޤައުމުދެން މިބައިގަނޑުގެއަތްދަށުންސަލާމަތެއްނުވާނެ މިކަމުންސަލާމަތްވާން ކުރިޔައްއޮތްލޯކަލް އިންތިޚާބުގައި ރައްޔިތުންވިސްނާތި އިހައްނުވިރައްކަލެއް ފަހަކުންނުވެވޭނެކަން ހަނދާއްބަހައްޓާތި

    111
    6
  3. Alibe

    ޖަމުއްޔާ އުވާލާފަ، އެކަމަކު ޖަމުއްޔާގެ ނަމުގަ ބަޔާން ނެރެވޭ. މީކިހިނެއްވާ ކަމެއް.

    64
    1
    • ދދދދދދ

      ތިއޮތީ އުވާލާފަ. ދެން ގަދަބަދަވިކަމާއި ހަރުކަށިކަން ދައްކައި ތެޅިއަރުވަންޏާ ހަދާގޮތް ދައްކާލަންވީތަ؟

  4. Anonymous

    ތި ބައިގަނޑަކީ ހަރުކަށި ފިކުރަކީ. ދީނާއި ދެކޮޅު ފިކުރަކީ ހަރުކަށި ފިކުރު.

    58
    2
  5. ވިސްނާ

    އުވާލީމަ ދެން ކޮންމެހެން މައުލޫމާތު ހާމާކުރަން އުޅޭނެ ކަމެއްނެއް. މިނިވަން ފިކުރު ޕްރޮމޯޓް ކުރަން އެހެން ނަމެއްގަ އުޅޭ. އަހަރެމެންގެ ތާއީ ދެއް ތިޔަ ޖަމިއްޔާއަކަށް ދެނެއް ނުލިބޭނެ. ކޮންމެ ވާހަކައެއް ދެއްކިޔަސް.

    35
    1
  6. ޢަޅެފަހެ އަޖައިބެއް

    ކަލޭމެން ދޭ މަހަށް

    32
    1
  7. ވަޅޯ

    ކެނޑިޔާ !!! އެމް ޑީ އެން އުވާލައިފިޔޯ ! ބަޔާންތަކާ ދެންހުރިއެއްޗަކާ ތިހަރަގެން ނެރެނީ !! ސަރުކާރުން ކުޅޭ ކުޅިވަރެކެވެ

    38
    2
  8. ޢާޅި

    ޖަމްއިެްޔާ އުވާލިޔަސް އަހަރުމެން މޮތިބީ ނެޓްވޯކްގަ

    7
    19
  9. ސަންގުމަރުމަރު

    އުވާލާފަ އޮތް ޖަމިއްޔާއަކުން ބަޔާން ނެރުމަކީ ޤާނޫނާ ޚިލާފުކަމެއް. އެކަންކުރާ މީހުންނާމެދު ފިޔަވަޅުއަޅުއްވާދެއްވުން އެދެން

    47
    2
  10. ސިސނ

    ތިއޮތީ އުވާލާފައި، ދެން ދައްކާ ވާހަކަޔަކުން ކުރާނެ އަސަރެއް ނެތް.
    ބދވ. ކަލޭމެން މުސްލިމުންގެ ނަމުގައި ތިބެ ނެރެމުން ދިޔައީ ދީނަށް ފުރައްސާރަވާ ކަހަލަ ވާހަކަ.
    ޢެެއެއް ބަލައެއް ނުގަނެވޭނެ ގަނޫނޭ މުންޖޭ ކިޔަކަސް.
    ޝުކުރިއްޔާ މަހޭ.

    27
    1
  11. ޝާކިރު

    ރައްޔިތުންގެ ޕްރެޝަރ ހަންމަތަނުވުމުން ނަމެއްގައި ޖަމްޢިއްޔާ އުވާލީ ޖަމްޢިއްޔާއޭ ނުކިޔައި ލާދީނި ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ކަން ކަށަވަރެވެ. ރައްޔިތުން މި ކުޅިވަރު ބަލަން ތިބޭށެވެ. ދެން ފެންނަ މަންޒަރުތަކާ އަޑުތައް މާ ހުތުރުވެފައި ފޮނުއަރާނެއެވެ.

    23
    1
  12. ދިވެހި މިހާ

    ސުވާލު ކުރަން ފުލުހަށް ހާޒިރުވާން އެންގީމަ ބިރުން ކާފަރުން ކައިރީ ހިމާޔަތް ހޯދާގެން ސަހިންދާ ފިލާއޮވެ . މިހާރު ކޮން ވާހަކައެއް ދައްކާކަށްތަ. މުރުތައްދު ގްރޫޕް ވެސް ހިފާ ހައްޔަރުކުރޭ.

    22
    1
  13. ދޮންބެ

    ރައްޔިތުންގެ ވަރަށް ބޮޑުއެދުމެއް ތިޔަބުނާ "ރައްޔިތުންނަށް ނޭނގިހުރި" މައުލޫމާތު ހާމަކުރާއިރު، ލާދީނީ ރިޕޯޓް ލިޔުމުގަ ބައިވެރިވި އަދި ލާދީނިއްޔަތަށް ހިތްވަރުދޭ ކިތަށް މީހުން ސަރުކާރުގެ ވަޒީފާތަކުގަ ތިބިތޯއާ އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން އެމީހުންނަށް ދެނީ ކިހާ ފައިސާއެއްތޯވެސް ރައްޔިތުން ބޭނުންވޭ ސާފުކޮށްލަން.

    24
    1
  14. އައްޑޫ މީހާ

    އުވާލާފަވާ ޖަމިއްޔާއެއް! ބޭނުންހާ ވައްތަރަކަށް ބަޔާންތައް ނެރެވޭތަ؟ ނަމެއްގައި އުވާލިޔަކަަސް ނުވާނެ އެމީހުންގެ ހަރަކާތްތައް ހުއްޓުވަން ޖެހޭ

    20
    3
  15. ބެނުން

    މީހަކު ދައްކާހާ ވާހަކައަކަށް އެމީހާގެ އީމާންތެރިކަން ގުޑާނީ ހާދަހާވާ އީމާންތެރިކަން ބަލިކަށިމީހުނޭ! އަހަރެންވާ ހަމަ ހައިރާންވެ އަންތަރީސްވެއްޖެ! ބުނާނެ އެއްޗެއްނެތް!

    2
    15
    • ދޮން އަންނާރު

      އީމާންތެރިކަމެއް ހުރިމީހެއްގެތާ ގުޑާނެ އެއްޗެއްވެސް ހުންނާނީ. ނެއް އެއްޗެއް ނުގުޑުމަކީ އަދި ވަރުގަދަވުމެއް ނޫން.

  16. އެންދެރި

    އިންސާނުންގެ ތެރޭގައިވެސް ޝައިތާނުން އުޅެ އެވެ. އޮތީ ދެޕާޓީ އެކެވެ. ﷲ އަށް އީމާން ވާ ބަޔކާއި ޝައިތާ ނާ އަށް ތަބާ ވާ ބައެކެވެ.

    25
  17. Anonymous

    ކަލޭމެން އަހަރުމެންނަށް ދޭންޖެހޭ އެއްވެސް މަޢުލޫމާތެއް އޮވެގެން ނުވާނެ، ކަލޭމެންނަކީ އިސްލާމީ އުއްމަތުން ބަރީއަވެފަ ކުފުރުގެ ހާލުގަ ތިބި ބައެއް، އަހަރުމެން އުޅެންވީގޮތް ކީރިތިޤުރުއާނާއި، މާތްނަބިއްޔާގެ ސުއްނަތުން އެއޮތީ އަންގަވާފަ، ދެން އިތުރަށް މީހުންމަގުފުރައް ދަން ނޫޅޭ.

    24
  18. ޗަަކަހިންދާ

    ހާދަ މަ އުފާ ވެޔޭ މިއުޅޭ މޫނު ނުދޮންނަ މީހުންގެ ޕާޓީ އުވާލީމަ މާތް ކަލާނގެ އަށް ޝުކުރުގެ ސަޖިދަ ކުރަން.

    22
  19. ޣާލް

    މުސީބާތެއް ޖެހުމުން ގިނަ ގިނައިން ﷲ ހަޞްރަތުގައި ދެންނެވުން އޮތީ. އެމްޑއެން ކިޔާ މުސީބާތެއް މި ޖެހުނީ މި ޤައުމަށް، މިއޮތީ ޖެހިފަ. މިކަމަށް ހިއްވަރު ދީ ކުރިއަށް ގެން ދަން ބާރު އަޅަން މިތިބީ މި ޤައުމުގެ އަ ދުއްވުން ކަމާމެ ދު ޝައްކެއް ނެތް

    21
  20. Anonymous

    އަޅެފަހެ މީކިހިނެއް އުވާލި ޖަމްޢިއްޔާއެއް ބާ؟
    ޚައިރާން.....
    އުވާލީމަދޯ އެނގުނީ އެއްޗެހި ހާމަކުރަން.
    ސޯލިހް މަނިކުފާނު އިސްތިއުފާދެއްވުން އެންމެ ރަނގަޅުވާނީ

    21
  21. ކިޔުތެރިޔާ 126

    "އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެ ޖަމިއްޔާއިން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ދިވެހި ރާއްްޖޭގެ ސުުލްހަ މަސަލަސްކަމާއި ޑިމޮކްރެސީގެ އުސޫލުތަކާއި ގާނޫނުގެ ވެރިކަމާއި އިންސާނީ ހައްގުތަކާއި ކަރާމާތް ނެގެހެއްޓުން ކަމަށެވެ." މީގައި ދީން ދަމަހައްޓަން މަސައްކަތެއް ކުރާކަމަށް ބުނެފައެއް ނެތް. އެހެންވީމަ މަގުޞަދު ވަރަށް ސާފު! ދީން އިނގޭތަ ދީން! ކޮންމެ ފިކުރެއްގަ ވެސް ހަރުކަށި ފިކުރެއް އުޅޭނެ. އެހެން ނޫޅޭ ބަޔަކަށް ރައްދުވާ ގޮތަށް ރައްދު ދިނުން މީ ވެސް އެހެން ވިސްނި ފިކުރެއްގެ ހަރުކަށި ބަޔެއް. މޯދީވެސް ހިއުމަންރައިޓްސް އަށް ބަލަޔޯ، ޑިމޮކްރަސީއަށް ބަލަޔޯ، ގައުމަށް ވެސް ބަލަޔޯ. އެކަމު ކުރާ ކަންތަކުން ހަރުކަށީ ކާކު ކަން އިނގޭ. މޯދީ ވާން ނޫޅެބަލަ މޯދީ!

    14
  22. ހީރޯ

    "އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެ ޖަމިއްޔާއިން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ދިވެހި ރާއްްޖޭގެ ސުުލްހަ މަސަލަސްކަމާއި ޑިމޮކްރެސީގެ އުސޫލުތަކާއި ގާނޫނުގެ ވެރިކަމާއި އިންސާނީ ހައްގުތަކާއި ކަރާމާތް ނެގެހެއްޓުން ކަމަށެވެ." މީގައި ދީން ދަމަހައްޓާކަށް މަސައްކަތެއް ނުކުރަންވަން ދެއްތޯ؟ ދީނަކަށް ހަމަ ބަލާ ނުލަން ދޯ އެއްވެސް ވަރަކަށް ؟ ދީން އިނގޭތަ؟ ދީން؟

  23. ދަންސޫރަ

    ކިތަންމެ ރަގަޅު ވާހަކައެއް ދެއްކިޔަސް ނުބައި ވާހަކައެއް ދެއްކިޔަސް ތިޔަ ބުރުގާނާޅާ ކާފަރުޕާޓީ ދައްކާ ވާހަކައެއް ގަބޫލެއް ނުކުރާނަމެ ކޮންމުހިންމު މައުލޫމާތެއް ސައުގެއްނެތް

  24. Anonymous

    ތިބަޔާން ބާތިލް. 4ކ ކިޔންވީނު. ކޮން ހައިސިއްޔަތަކުން ނެރުނުބަޔާނެއްބާ. މަހޭ އަށް ބަލާ ބޮޑު ކުރަން ނޫޅޭ ޔޫތު މިނިސްޓްރީ އޭކިޔައިގެން

  25. އިންސާނާ

    ތިޔަކަހަލަ ދެސުނިޔެއިންގެއްލިފައިވާ ދެދުނިޔޭގެ އަބާއްޖަވެރިންނަކައް ހާމަކުރެވޭނެ މުހިންމު މައުލޫމާތެއް ނުހުންނާނެ

  26. ނަގޫރޯޅި

    މީ ކިހިނެއް އޮވާލި ޖަމާއަތެއް. އެންމެނައް ރައްޔިތުންގެ ޓެކްސްފައިސާ އިން މުސާރަދެ، ރައީސް އޮފީހުގަޔާ، އަމަން ބަލަހައްޓާށާ މިހުރިހާ ތަނެއްގެ ބޮޑެތިންނައް މިތިބީ މިމީހުން ބަރާބަރައް މުސާރަލިބެ. މިކަހަލަ ހެޔޮލަފާ ސަރުކާރަކައް މިށެއް ހިތްހެވެއް ނުކުރާނަން.

  27. ހަމަހަމަ

    ޙަރުކަށި ޖަމާއަތްތަކާ ، މޑނ ފަ ދަ މަޑުކަށި ޖަމާއަތްތަކުގެ އަމަލުތަކަކީ ޑރ.މަޖީ ދް، ޑރ.އަފްރާށީމް އަ ދި ރާއްޖޭގެ އެހެން ފުންނާބުއުސް އިލްމުވެރިން ހާމަކޮށްފައިވާފަ ދަ ނުބައި މަކަރުވެރިކަންކަން. ޜައްޔިތުންނެއް ތި ދެ ބައިގަނޑަކަށްވެސް ދުލެއް ނު ދޭނެ !

  28. ފާއިޒް

    ރަސޫލާ އަށް ފުރަސްސާރަ ކޮށް ދީނީ ހަރުކަށި ފިކުރުގެ މީހުން ހަޖޫޖަހާ ނަހަދާ އަދި އިސްލާމް ދީނުގެ ކަންކަމުގައި ހަރުކަށި ކަން ދެއްކިޔަސް ކަލޭ މެން ތީ ހަމަ ލާދީނީ ބައިގަޑެއް ....ދެންވެސް އަނގަނުތަޅާ ހިމޭނުން ތިބޭ ތީ ހަަމަ ހަރުކަށި ފިކުރުގެ މީހުންނައްވުރެ އަދި މާ ނުބައި ބައެއް... އެމީހުންވެސް ގޯސް އެކަމަކު ތީ މާނުބައި ބައެއް...

  29. އފދ

    އިސްލާމްދީން ކިތަންމެ ވަރަކަށް ފޮހެލަން މަސައްކަތްކުރިޔަސް އެހުރިހާ މަސައްކަތެއްދާނީ ފެނަށް ވެގެން. ސަބަބަކީ މިދީން ޙިމާޔަތް ކުރައްވާ ފަރާތެއްވޭ، އެފަރާތުން ކިތަންމެ ވަރަކަށް ޖިންނީންނާއި އިންސީންވެގެން ކިތަންމެ ކަމެއް ކުރިޔަސް އެކަމެއް ކާމިޔާބެއް ނުވާނެ.

  30. ބެލްވެޓް

    ހުންނާނެ ޝަހިންދާ އަތުގައި ޕޮލިސް ކޮމިޝަނު ހަމީދު ދީފަހުރި މައުލޫމާތު. ޝަހިންދާ ބުނި އަދަދުވެސް އެކަލޭގެ އެވަނީ ހާމަކޮށްދީ އާއްމުކޮށްދީފައެއްނު މިހާރު ޖިހާދީ އަދަދު. ސިފައިންނާ ފުލުހުންގެ ތެރޭވެސް އައިއެސް ސެލްތައް ހުރި ވާހަކަ ވެސް އެވަނީ ބުނެފައެއްނު