ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާއިގުޅިގެން ހޯދުމަށް ބޭނުންވާ މީހެއްގެ ވީޑިއޯ އާންމުކޮށްފިއެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ހޯދިފައި ނުވާ، އަދި އެއީ ކާކުކަން ދެނެގަނެވިފައި ނުވާ މީހަކު ހޯދުމުގެ މަސައްކަތަށް އާންމުންގެ އެއްބާރުލުން ބޭނުން ވާކަމަށެވެ. އޭނާ ހޯދުމަށް ފުލުހުން ވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއްގެއި އިން މީހެއްގެ ވީޑިއޯ އާންމުކޮށްފައެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި މާލެ އިންޑަސްޓްރިއަލް ޒޯން ފެށޭ ހިސާބުގައި ސައިކަލެއްގައި މަޑުކޮށްގެން އިންނަ މީހެއްގެ ކައިރިއަށް ފުލުހުން ހޯދާ މީހާ ގޮސް ހުއްޓެއެވެ. އެހެން ނަމަވެސް އެތަނުގައި އޭނާ ކުރާކަމެއް އެވީޑިއޯ އަކުން ނުފެނެއެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ސައިކަލްގައި އެތަނުން ދެއެވެ.

https://twitter.com/PoliceMv/status/1209339809728065536?s=20

ފުލުހުން ވިދާޅުވީ ވީޑިއޯ އިން ފެންނަ މީހާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ނަމަ ލަސްނުކޮށް ފުލުހުންގެ ނަންބަރު 3322111 އަށް ގުޅުއްވުމަށް ނުވަތަ ޓްރެފިކް ޑިޕާޓްމެންޓުގެ ނަންބަރު 9660183 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެެ.

މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ފުލުހުންނަށް ދޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޭތްރީފިފްޓީވަންފޯނައިން

    ހޭ ދެޓްސް މީ!

  2. ފިލުހަކި

    ކޮބާވީޑިއޯ. ޕޭޖް ނޮޓް ފައުންޑް އަރަނީ.