ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ދިފާއުގައި ހޯމް މިނިސްޓަރ، އިމްރާން އަބްދުﷲ ތެދުވެވަޑައިގެންފިއެވެ.

މިނިސްޓަރ އިމްރާން، އަލީ ވަހީދު ދިފާޢުކުރައްވާ ވާހަކަ ދައްކަވާފައި މިވަނީ، ރިސޯޓުތަކުގެ މުވައްޒަފުންނަށް ލިބެމުން އަންނަ ސާވިސް ޗާޖް ރަނގަޅު ކަމަށް އަލީ ވަހީދު ދާދި ފަހުން ވިދާޅުވުމުން، ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެ ވާހަކަތަކާއި ގުޅިގެން، ގިނަ ބަޔަކު މިނިސްޓަރ އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލަމުންދާ މި ދަނޑިވަޅުގައި މިނިސްޓަރ އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢާތުގެ ފުރިހަމަ މަންފާ ރާއްޖެއަށް ލިބުމަށްޓަކައި އެންމެ މުޙިންމު ކަމަކީ، ސިނާޢަތުގެ އާމްދަނީ ގިނަ ރައްޔިތުންނަށް ބެހިގެން ދިއުން ކަމަށެވެ.

އަދި އެކަމަށްޓަކައި އެންމެ ފުރަތަމަ ބަދަލުވާން ޖެހޭ ކަމަކީ، ރިސޯޓް މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖް، ޖުމްލަކޮށް މިހާރަށްވުރެ ހަރުދަނާވުން ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

"މިނިސްޓަރ އަލީ ވަހީދު އެކަމަށްޓަކައި ކުރައްވާ މަސައްކަތް ވަރަށް ގާތުން ދެކެން. އަދި ސިޔާސީ މައިދާނުގައި އެމަނިކުފާނާއި އެކު ކރެވުނު ތަޖުރިބާގެ އަލީގައި އާންމު ރައްޔިތުންގެ ޖުމްލަ މަސްލަހަތު އެމަނިކުފާނު ނަގަހައްޓަވާނެކަން ވެސް އެނގޭ" މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ސާވިސް ޗާޖާއި ބެހޭ ގޮތުން މިނިސްޓަރ އަލީ ވަހީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށުމުން، އެމަނިކުފާނު ވަނީ އެކަމަށް މަޢާފަށްވެސް އެދިވަޑައިގެންފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީ އިން ވަނީ އަލީ ވަހީދު ދެއްކި ވާހަކަތަކުގެ ތަރުޖަމާ ބަޔާންކޮށް، ނޫސްބަޔާނެއް ވެސް ނެރެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މުނާފިޤް

    އެއްކަލަފޭކު މުނާފިޤް އޮޅުވާލަން އުޅުނަސް ތީދެންބޮޑުވަރު ލޯކަލް ކައުންސިލް އިންތިޚާބުގަ ރިޒޯޓްމުއައްޒަފުން މިމމީހުން މިދައްކާ ދަޅައައް ވިސްނާނެކަމައް ހީކުރަން

    46
  2. މުހުއްމާ:

    ހެވާ ނުބައިއެނގޭނީ ފުރިހަމަ މުސްލިމުންނައް
    ކަރަލަކައް ހެވެއް ނުބަޔެއް ނޭގޭނެ. ޢޭތި ހެދިގޮތަކައް' އަދިބޭއްވިގޮތަކައް އޮންނާނެ؟ ދެން ތިބީ ދެފުއްކެހެރިން ދޮގުހަދާ މީހުންގެ ފަޅީގަ ބޯކޮއް ކެހެރި ފަޅާނެ.

    33
  3. ސްޓޯނަރ

    ޝެއިޚް އިމްރާނެއް ނޫން ދިވެހި ރާއްޖޭގެ އިޤްތިސޯދު ނަގާ ކޮޅަށް ޖަހަނީ.. އަހަރުމެން ރިޒޯޓްބޯއިސް، އަހަރުމެނާ ކުޅެން ނަހަދާތި.

    35
    • ....

      ތީ ދޮގެއް...އިމްރާނެއްވެސް ނޫން އަދި ސްޓޯނާއެއްވެސް ނޫން އެކަންކުރަނީކީ..އެއީ ﷲ ލައްވަވާ ރަހުމަތެއް...އިޤްތިސާދު ހަރުދަނާ އިޤްތިޞާދަކަށްވާނީ ދަރަނިން މުޅިން މިންޖުވެގެން...އަދި އެހެން، ބަރޯސާ ވުމުންވެސް ބަރީއަވެގެން....ގައުމެއް އާރާސްތު ކުރަން ފަށާ ދުވަސްވަރެއްގައި ލިބޭ މިންވަރަކުންް ކަމަކަށްފަހު ކަމެއްް ކޮށްގެން ކުރިއަށްދިއުމުގެ ވިސްނުމުގަ ބުއްދިވެރިކަމެއް އެބަހުރި..ދަރަނި ވެރިވެގެން އާންމުންގެ ޖީބުން ނަގައިގެން ކުރިޔަށް ދާން އުޅުމުގެ ވިސްނުމަކީ ނާ ތަހުޒީބު ވިސްނުމެއް...ފުރަތަމަ ބިމުގެ އުމްރާނީގެ ކުރިން އާންމު ހުރިހާ ފަރުދުން ގެ ޖީބުތައް ފުދި އިތުރުވުން ފެށިގެން އައިސްފިނަމަ އޭގެ އަމިއްލަ ޒާތުގަ ގިނަ ގޮތްތަކަކުން އުމްރާނީ ގޮތުން ކުރިއަރަން ފަށާނެ...ދެން ޖީބުތަކުގަ ފުދި އިތުރުވާ ގައުމެއްގަ އެ އިތުރުވާ ބައިގެ މަދުމިންވަރެްް ވަރަށް ރުހުމާއެކު ޖުމްލަ މުޅި ގައުމަށް ވަކި ފަރުދުން ކޮށްދޭކަށް ފަސްނިޖެހޭނެ...
      މިއަދުގެ ދުނިޔޭގެ ކޮންމެ ދިމާލަކަށް ބެލިޔަސް ފެންނާނީ ކޮންމެ ގައުމެއްގައިވެސް މަދު ބަޔަކު ވަރަށް މުއްސަނދި ކޮށް އުޅެ ގައުމުގެ ބޮޑުބައި ފަގީރުކަމުން އަސާސީ ކަންކަންވެސް ނުފުދިގެން އުޅޭތަން...އެއީ އަދުގެ ސިސްޓަމް އެކަށައަޅައިފަ އޮންނަ ވަރަށް މަކަރުވެރި ދުރުވިސްނުމެއްގެ ނަތީޖާ....

      8
      1
  4. ކަނަމަނަ

    ތިޔަ އިލްމްވެރިޔާއައްވެސް ރިސޯޓެއްހަދަން ރަށެއްލިބޭތޯ ބަލަން އެބަޖެހޭ

    29
  5. ސުޢޫދު

    އިމްރާންއައް މީހެއްގެދިފާއުގެނުކުމެ ކުރެވޭނެކަމެއްނެއް ސިޔާސީގޮތުން ރައްރަޝުގެތިބި 18 އަހަރުގެ ކުދިން ވެސް މާރައަގަޅު ތިއައްވުރެ ރައްޔިތުންގެ ވޯޓްއިން އިންތިހާބުތައް ކާމިޔާބުކުރޭ އިމްރާން ކާމިޔާބުކުރި އިންތިހާބެއް މިދިވެހިރާއްޖޭގެ މީހުންއުޅޭރަޝެއްގަ އެއްނެއް އަދިރިޒޯޓެއްގަވެސް މާފުޝީޖަލުން ލިބުނުގޮނޑިއެއް ލިބުނީ އަނދަގޮޑިއެއް

    21
    1
  6. ދޮގެއް؟

    އޭ ބަލަ ކަރާ! އާދޭސް ކޮށްގެން ތިއެންމެން ލައްވާ ޓްވީޓް ކުރުވިޔަސް ރިސޯޓުބޯއޫސް ތިބީ ތިކަހަލަ "ފޭކް ޓުވީޓަށް" ދޫދޭ ގޮތަކަށް ނޫން. ތިހިރީ ފުއްޕޭނެ ވަރަށް ފުއްޕި އަވަދިވެފަ. އަދި ބުނެފިއެއްނު ފޭކު އެކައުންޓުން ކުރާ ޕޯސްޓޭ. ކަލޭވެސް ތިކުރުވަނީ ފޭކު ޓްވީޓް. ބަޔަކު ނޫޅޭ ތިއެއް ބަލާކަށް.

    12
  7. އައިސް

    ޒުވާނުން ނިކުމެ މިސަރުކާރު ހަމަޔަކަށް އަޅުވާކަށް ނުވޭތަ ވަގުން ހިމާޔަތް ކުރަ ންވަގު ނިކުންނަ ތަނެއް ނުފެނޭތަ މިއަދަކު މިޤައު ހިމާޔަތް ކުރަން ތިޒުވާނު ނޫނީ މިޤައު މު ހިމާޔަތް ކުރާކަށް އެހެން ބަޔަކު ނާން ނާނެ ކޮންމެ ޒުވާނެއް ގެ މަންމަ ނޫނީ ބައްޕަ ބޭބެ ކޮއްކޮ ދައްތަ މަރާލީ ނުވަތަ ފޭރުނީ އެއާއި ލާއެއް ގެ މީހުންއެކަނިތަ ނިކުންނަން ޖެހޭނީ މާދަމާ ކޮން އާއިލާއެ ގެ ކާކުކަމެއް އެގޭތަ ކަތިލާފަ ކޮށާލާނީ ތިޒުވާނުން ފާޅުގަ ކެރިގެން ނިކުމެގެން ނޫނީ އެކަމެއް ނުހުޓޭނެ ޔާﷲ ހިތް ވަރުގަދަ ކެރޭ ދަރީން ތަކެއް މިބިމުން ނެރުއްވާށި މިޤައުމުގެ ދަރީން ނަށްޓކައި މިޤަމަށްގިނަވަމުން ދާހާ ލާރިޔެއް އެކިތަން ތަނަށްލައި ފޮރުވައި މިސަރުކާރުން ރައީސް ޔާމީން އެތަކެއް ލާރި އެއްހަރަދުކޮށް ގެން ތަރަށްގީކޮށް ރާއްޖެއަށް ލާރިވަންނާނެ ދޮރުތައް ހުޅުވީމަ އެދޮރުތަކުން ވައްނަލާރިތައް ފެނި ހޭކުޑަވެގެން ރައީސް ޔާމީން ވަގަކަށް ހަދާފަ ޖަލަށްލާފަ ލާދީނީ ބައިގަނޑުގެއަނބި ދަރީން ގޮވައިގެން ޖަވަށް ފާޒާޔަށް އުދުހި ކޮންމެމީހެއްގެ އާއިލާ ޔަށް ބޭރުން ގެގަނެ ރާއްޖަޔަށް އެތެރެވާހާ ލާރިތައްބޑުއަޅައިގެން ލާދީނީ މުސްކުޅި ވަގުން ތައް ހުސްކުރާ އިރުތިޒުވާނުންހަމައަޅާވެސްނުލާތިބޭނީތައެންމެ މަތިވެރި ﷲ ގެ ބާރުން ބާރުލިބިގެން ވާ ދިވެހިދަރީން ތަކެއް މިބިމުންނެރުއް ވާއެބައިގަނޑުތާއަބއަދަށްއެފަރާތްކޮށްނިކަމެތިކުރަށްވާށި އާމީން

  8. Anonymous

    ރަޢިއްޔަތުންހަނާކޮވަނީ ގައުމު ފަސާދަވަނީ ބޮޑުން އެއްމެން އެެއްމެނަށް މަލްވަޅުވައަޅުވާތިބޭ

  9. ނަސީދު

    ހުސް ބޭކާރުވާހަކަ އަމަލުގިނަކުރޭ

    10
  10. ބަހުލޫލު

    މިދެމީހުން އެހާ ކަށި ހަރުވެފަ ވަރރުގަދައީ ރެއްސާއި މުށިމަސް ކާތީދޯ

  11. ހިތާމަ

    ހާދަ ގޮތެއްނެތޭ އިމުރާނޫ. ކަލެއަކަށް ނުޖެހޭނެ ތެދުވާކަށް. ދިވެހިރާއްޖޭގައި ހިނގާ ގާނޫނާ ގަވާއިދާ ޚިލާފު ކަންކަމަށް ހިތްވަަރުދޭ މީހަކަށް ކަލޭ ވެގެންނުވާނެ. އަލީވަހީދުވެސް ދޮގުހަދައިގެން ކޮންމެހެން ރިސޯޓުތަކުގެ މުވައްޒަފުންނަށް އިހާނެތިކޮށް ކަންކަންކުރާ މީހުންގެ ދިފާއުގައި ވާހަކަ ދެއްކުމަކީ ރައްޔިތުންގެ ފައިސާއިން މުސާރަނަގައިގެން ކުރާ ހުވަޔާ ޚީލާފު ކަމެއް. އިމުރާނުވެސް ވާނީ އެކަހަލަ މީހަކަށް. ކިހިނެއްވެގެންތޯ އިމުރާނު ތިއުޅެނީ. ޓީވީތަކުން މިހާރުވެސް އެބަދައްކާ އިމުރާނުގެ ދައްކާފަހުރި ހަރުކަށި ކަރުން ނާރުނަގައިފަހުރި ވާހަކަތައް. ލަދުގަންނާކަށްވެސް ނޭނގޭ

  12. ހަސަނާބެ

    މީނާއަށް ޝައިޚް ކިޔުން ހުއްޓުވަން ކެމްޕޭނެއް ފަށަން ވެއްޖެ... މީނާގެ މަސައްކަތަކީ މިހާރު ލާދީނީ މީޙުން ކުރާ ކަންތައްތައް މަތި އޮމާން ކުރުން.... ކުރިން ދެއްކި ހުރިހާ ވާހަކައެއް މިހާރު ބިލާހަށް ވެ ނިމިއްޖެ.

  13. ޅަބޭ

    އަލީ ގުނބޯ ވަހީދު އާއި ސޭކު އިމުރާނަކީ މަގާމައް ކުފޫހަމަނުވާ ދެ ބޯގަޅިން. ދެން ދެމީހުން ދެމީހުނައް ވައިޖަހަޖަހަ ތިބޭ..