ށ. ކޮމަންޑޫގެ ކަރަންޓު އަގުހެޔޮކުރުމާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި އެރަށުގެ ކައުންސިލުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ކުރިއަަށް ގެންގޮސްފައި ވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

މިބައްދަލުކުރެއްވުމުގައި، ކައުންސިލަރުންވަނީ ކޮމަންޑޫގެ ތަރައްޤީއަށް ކުރިޔަށް ރޭވިފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސް އާ ހިއްސާކުރައްވާފައެވެ.

އެގޮތުން އެރަށު ފެނާ ނަރުދަމާގެ މަޝްރޫޢުގެ އިތުރުން ރަށުގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލުކުރުމުގެ މަސައްކަތާއި ކޮމަންޑޫގެ ބިމުގެ ދަތިކަމަށް ޙައްލެއް ހޯދުމާބެހޭގޮތުން ކައުންސިލަރުން ވަނީ ރައީސް ސާލިހާއި މަޝްވަރާކުރައްވާފައެވެ.

‎ރަށަށް ދިމާވެފައިވާ މުހިއްމު ބައެއް އިތުރު ކަންކަމުގެ ގޮތުގައި ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ އަގުހެޔޮކުރުމާއި ރަށުގައި އުފެދޭ ކުނި ނައްތާލުމުގައި ހުރި ކަންބޮޑުވުންތައް، ކައުންސިލަރުން ވަނީ ރައީސް އާއި ހިއްސާ ކުރައްވާފައެވެ.

‎މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮމަންޑޫގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކުގެ ތެރެއިން ކައުންސިލަރުން އެމަނިކުފާނާ ޙިއްޞާކުރެއްވި ކަންކަމުގައި ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އެހީތެރިކަމާއެކު ޙައްލުކުރެވެންހުރި މައްސަލަތަކުގައި އެރަށު ކައުންސިލަށް އެހީތެރިވެދެއްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންކަމަކީ މިހާރުވެސް އެކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރެވެމުންދާ ކަންތައްތައްކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސެން

    ކޮއްކޯ އިންތިހާބެއް އެބައޮތް ބޯމަތީގައި .ތަރިވެސް ބާލަދޭނެ

    7
    1
  2. މާހިރު

    ހުރިހާ ރަށަކަށް ލިބޭ ލުޔެއް ލިބެންވާނީ އެރަށު މީހުންވެސް އަމިއްލަޔަށް ކަރަންޓް ހިދުމަތް ދޭކަމަށް ވާނަމަ ހަމަ ހެޔޮކުރަންވީ ބޭނުންވަރަކަށް

  3. ޓަކޭ ސީތޭރަ

    ކޮމަންޑޫގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކުގެ ތެރެއިން ކައުންސިލަރުން އެމަނިކުފާނާ ޙިއްޞާކުރެއްވި ކަންކަމުގެ ތެރޭގައި ދަތުރުފަތުރުގެ ވާހަކަ ހިއްސާ ކުރެއްވިނަމަ އެއަޑުއަހާލަން ވެސް ބޭނުން. މީރިޔާސީ ވައުދެއް!

    9
    1
  4. އަލީ

    3 ކައުންސިލަރުން އަމާބުނީތީ ފަރަށްދާ އުސޫލުން ރައީސާ ބައްދަލުކޮށްފަ މަތިއޮށްބަން ތިބޭނެ ކަމެއްނެތް. މުޅިރަށުގެ ރައްޔިތުންގެ ބުރަމަސައްކަތުން ހޯދާފަހުރި މިލިޔަން ރުފިޔާ ފެނާނުލާ ދިރުވާލައިގެން ރަށަށް ކޮށްދެއްވި އެއްވެސް ކަމެއްނެތް. މިހާރު ދެއް އިންތިހާބަށް ފަލިޖަހާނެ ކަމެއްނެތް. މިފަހަރު ހުރެބަލަ ރީތިކޮށް ހޮވާލަދޭނަން. ރަށްޔިތުން ގުބޯހައްދާނެ ކަމެއްނެތް އިންތިހާބާ ދިމާކޮށް!

  5. އޮމި

    މަ ނުދޭނަން ވޯޓެއް ތި އެކައްވެސް.