އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން ދިއުމަކީ ދިވެހިންގެ މިނިވަންކަމަށް އެކަމުން އަސަރުކުރާނެ ކަމެއ ކަމަށާއި، އެހެންކަމުން އެ މިނިވަންކަން ދިފާޢު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ، އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިގޮތަށް ވިދާޅުވެފައި ވަނީ، ސީއެންއެމްގެ "އިތުރު ކާފު" ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން މިރޭ ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ދިއުމާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވަމުން އުމަރު މިރޭ ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި އުފެދުނު ދިވެހި ޤައުމީ ބަތަލުން ވެސް ރާއްޖޭގައި ތިބި ބޭރުގެ ބާރުތައް ޤައުމުން ބޭލީ ގައިގައި އަތްލައިގެން ކަމަށެވެ. އެހެންކަމުން ޤައުމުގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ބޭރުގެ ސިފައިންނަށް މިހާރު ވަކި ރާއްޖޭގައި ކުރެވިގެން ނުވާނެ ކަމަށެވެ.

އުމަރު ވިދާޅުވީ، އިންޑިއާ އާއި ރާއްޖެ އާއި ދެމެދުގ ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި މުއްދަތު ހަމަވުމުންވެސް އެމީހުން ރާއްޖެއިން ފައިބައިގެން ނުދިޔަ ކަމަށެވެ. އެހެންކަމުން އޭނާގެ ވެރިކަމެއް ރާއްޖެއަށް އަތުވެއްޖެ ނަމަ އިންޑިއާ ސިފައިންނަށް ރާއްޖެއިން ނުފާބައި "ގަދަކޮށްލައިގެން" ނުތިބެވޭނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

"ޔާމީނަށް ކެރިވަޑައިނުގަތީތާ އެމީހުންގެ ގައިގައި އަތްލައިގެން ބާލަން. އަޅުގަނޑު ނަމަ ގައިގައި އަތްލައިގެން ނަމަވެސް ބާލާނަން އިނގޭތޯ ދިވެހިރާއްޖެ އިން،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ކުރިޔަށް އޮތް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރައްވަން ނިންމަވާ އެންމެ ބޮޑު މަޤުސަދަކީވެސް އިންޑިއާ ސިފައިން ރާއްޖެއިން ބާލައި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުން ކަމަށެވެ. އެހެންކަމުން ވެރިކަމަށް ވަޑައިގަނެވިއްޖެ ނަމަ ގައިގައި އަތްލައިގެން ނަމަވެސް އެކަން ކުރައްވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލި ކަމުގައި ވީނަމަވެސް އެޤައުމާއެކު ރާއްޖެއިން ރަނގަޅު ގުޅުމެއް ބާއްވަން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް "އަޅުގަނޑުމެންގެ އެނދަކު" އިންޑިއާ ސިފައިންނަށް ނުއެއް ނިދޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މާކުންބެ

    އުމަރާ ފޮނިނުވޭ...އިންޑިޔާ ސިފައިން އަމިއްލަޔަށް ނުފޭބީމަ ގައި ގަ އަތްލެވު ގެކުރިން އުމަރު ގެ އަމިއްލަ ގައި ގަ އަތްނުލެވޭނެ..ގަދަ ބަސްބުނެވިދާނެ..މިއަދު ވެރިކަމު ގަތިބި މީހުން ތިޔަށްވުރެ ގަދަބަސްބުނި..މިއަދު މިތިބީ ވެރިކަމު ގަ ކީއްކުރެވުނީ...އުމަރަށް ކުރެވޭ ކަމެބަލަން ޓެސްޓްކުރަން ރައްޔިތުން އަނެއް 5އަހަރު ނަ ގާނުލެވޭނެ....އުމަރު ވެރިކަން ކުރަން ބޭނުންނަ ސިޔާސަތުހި ގާގ ގޮތް ދަސްކުރަން މަޑުކުރޭ...ސަބްމެރިން ދުއްވުނަސް ގައުމެ ނުހިން ގޭ ނެ ދުނިޔޭ ގެ ސިޔާސަތު ދަސްނުވެ...ޕޕމ ގެ ލީޑަރަކަށް އުމަރު ބެހެއްޓިޔަސް އުމަރު ރޔާމީނަށް ލަޑުދޭނެ މޑޕ އަށްވުރެ ހަސަދަވާނެ...

    11
    7
    • އޭ.އެމް.އެފް.3

      ޢުމަރުގެ ވިސްނުން ރަނގަޅު އެކަމަކު އުމުރުގައިވެސް ދިވެހިރާއްޖޭގެ ވެރިކަން ކުރަން ވެރިޔަކަށް 'ވޯޓަކުން' ހޮވޭނެކަމަކަށް ހ އެއްނުވޭ. ރައީސްއޮފީހުގެ ސްޕެޝަލް އެޑްވައިޒަރަކަށް ކަމުދާނެ.

  2. ސަންފާދިޔެގެ ޝިނާޒް/ ސ.ހިތަދޫ

    ހަބޭސް... ތިއީ އަހަރެން %100 ތާއީދު ކުރާ ވާހަކައެއް.

    10
    9
  3. ވަކަބެ

    ބަލަ މިހިރަ ފެންނަ މޮޔަޔާ ކަލެޔަައް ކަލޭގެ ގޭ މީހުންގެ ވޯޓު ވެސް ނުލިބޭ މީހެއް ތީ

    15
    28
    • ވިސްނާ

      ހަމަޔަޤީން މިހާރުގެ ވެރިކަމަށް ވުރެ ރަގަޅަށް ވެރިކަންކުރާނެ.....މިހިރަ ބުރާންޗާ. ޢަހަރެންގެ ވޯޓު ހަމަ ގައިމުވެސް ދޭނަން

  4. ޢަންސާރު

    މާޝާ ﷲ

    26
    4
  5. ާއދ.

    ތިކަމައް އަޅުގަނޑުވެސް ހިތުން ރުހުމުން ތާއިދު މިއަދުން މިއަދައްތިކަން ފަސަންވީ

    31
    7
  6. ސަމީރު

    ހުސް ފޮނި ކަލޭ ވެސް ތިހިކިޔާނީ ވެރިކަން ހޯދުމަށްޓަކައި... ފޮނި އުމަރު

    15
    17
  7. Anonymous

    ބަލަ ކަލޭޔާ ޔާމިންއާ ކިތަންމެ ހާސްތަނެއް ތަފާތޭ ޔާމިން ނޫޅޭ މީހުންގެގައިގައި ތަޅާކަށެއް. ތިއުޅެނީ ޕީޕީއެމް އަތުލަން މައުމޫނަށް ދެރައެއްދޭން

    14
    10
  8. ބުނަން.....

    ގައިގަ އަތްލައިގެންވެސް ބޭރުކުރާނެކަން އެނގޭތީ އިންންޑިޔާގެ ޑިޕްލޮމޭޓުންނާ ދިވެހި ޣައްދާރުން ބައިވެރިވެގެން އިންތޚާބެއް ވަގަށްނަގައި ޔާމީން ވެރިކަމުން ދުރުކުރީ! ވަރަށްސާފު! އުމަރަށް ނޭނގި އޮތީމާ ބުނެލީ! ވ ސަލާމް!

    9
    3
  9. ހިތާމަ

    އުމަރަށް ވޯޓުލިބުމަކާ އިންޑިއާސިފައިން ތިބުމަކާ ކޮން ގުޅުމެއްއޮތީ. އުމަރުދައްކާ ވާހަކަ ވަރަށް ސީރިއަސްކަމާއެކު ދިވެހިން ވިސްނަންއެބަޖެހޭ. އޭނަ މޮޔައަކަށް ހަދައިގެން ތިބެގެން ވާކަށް ނެތް. އުމަރުދައްކަނީ ރަނގަޅު ވާހަކަ. ވޯޓަކާ ގުޅުމެއްނެތް ގައުމުގެ މިނިވަންކަން ގެއްލިދަނީ. ބައިވަރު އިންޑިއާ ސިފައިން މާލެތެރޭގައިވެސްއުޅޭ. ދެން ސިފައިން މާއަވަހަށް ބުނާނެ ދެނެހުރި ކަމެއްނޫނޭ. ޕޮލިހުން ބުނާނެ އެކަން އެބަބަލަމޭ. އެނިމުނީ

    9
    7
  10. އޭ.އެމް.އެފް.3

    ޢުމަރުގެ ވިސްނުން ރަނގަޅު އެކަމަކު އުމުރުގައިވެސް ދިވެހިރާއްޖޭގެ ވެރިކަން ކުރަން ވެރިޔަކަށް 'ވޯޓަކުން' ހޮވޭނެކަމަކަށް ހ އެއްނުވޭ. ރައީސްއޮފީހުގެ ސްޕެޝަލް އެޑްވައިޒަރަކަށް ކަމުދާނެ.

    7
    1
  11. މަންމާފުޅު އަދުރޭ

    މީ ހަމަރަނގަޅަށްވެސް ބޮލުރޮދި ކެނޑިފަހުރިމީހެއް، 7 އަހަރު ސަރުކާރުގެ ބާރުގަދަ މަޤާމްތަކުގަ އުޅެފަ، އަދި ހޯމްމިނިސްޓަރކަން ކޮށްފަ ރައްޔިތުންބަލައިނުގަތީމަ މިދައްކަނި ތިމާގެ ސައިޒައްވުރެ ބޮޑެތިވާހަކަ، މީނައަށް އަބަދުވެސް ރައީސްކަންދޭންވި އޭރުންމިނައަށްކަމެއްކުރެވޭނީ، ދުނިޔޭގަ އެހެންމީހުންވެސް ރައީސްކަންލިބިގެނެއްނޫނޭ ކަންތައްތައް އިސްލާހުކުރަނީ ނޫނީ އިސްލާހުކުރަން އުޅެނީ، އަމިއްލައެދުމާ ޖާހަތާ ލައްޒަތުހޯދަން އުޅޭމީހެއްމީ، ލަދުހަޔާތް ކޮބައިތޯ

    6
    2
  12. ޓިންޓި

    ސާބަހޭ އުމަރު. ތިހެން ބުނީތީވެސް ހަމަ ޟުކުރިއްޔާ

    5
    3