އުމުރުން 52 އަހަރުގެ ފިރިހެނަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެއެވެ.
އޭނާ ފެނުނީ އައްޑޫ ސިޓީ މީދޫގެ އޭނާގެ ގެއިންނެވެ. ދަން ޖެހިފައި ހުރީ ގޭގެ ގިފިލިތެރޭގައެވެ.
"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ދަންޖެހުނު މީހާ ރޭ ފަތިހު ވެސް ގޭތެރޭގައި އުޅުނު ކަމަށާއި އޭނާ ގިފިއްޔަށް ވަނީ ފަތިހު 05:00 އާއި 05:30 އާއި ދެމެދުގައި ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ ގިލިފިން ނުނިކުމެގެން މިއަދު ހެނދުނު 09:00 ހާއިރު ދޮރު ވައްޓާލައިގެން ވަންއިރު ހުރީ ދަންޖެހިފައެވެ. އޭރު އޭނާ ވަނީ މަރުވެފައެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.
ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.
އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.
ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."
ދަންޖެހިފަ ހުރީ ސިކުނޑީގެ ބަ އްޔަށް ފަރުވާ ހޯދާތާ ޒަމާންތަކެ އް ވެފަ އި ހުރި ބަލި މީހެ އް. ޢެވާހަކަވެސް ލިޔުނު ނަމަ
މޑޕ ސަރުކާރު އައި ފަހުންދަން ޖެހިގެން މަރުވާމީނުންގެ އަދަދު ގިނނަވަމުން ދާކަން ފާހަގަކުރެވޭ ބޮޑަށްޤަ ބޫލްކުރެވެނީ ތިއީ އަމިއްލަޔަށް ކުރާކަމެއް ނޫންކަމަށް ތީގެއަޑިގަ ގޮތްނޭނގޭ ސިއްރުތަކެއް ވާނެކަން ތިފަދަގޮތް ނޭނގޭ މަރުމިފަދަ ސަރުކާރެއްގަ އާއމު ވުމަކީ ރަށްޔަތުންނަށް ހުރިބޮޑުބިރެއް ނާމާން ބިރުވެރި ތަނަކަށް ރާއްޖެވުމުގެ އަލާމަތެކެވެ. މިލާދީނީ ސަރުކާރުގެ ގައިނުބައި ނުލަފާ ޖައްބާރު ޖާހިލު ޖަނަވާރުން ގިނނަވުމު ގެސަބަބުންނެވެ. ކަމެއް ފަޅާއެރުމުގެ ކުރީން އަވަސްއަރު ވާލާވަޅުލުމީ އެކަމުގައި ފޮރުވިފައި ވާސިއްރު ތަކެއްވާތީކީ ނޫންބާއޭ ހިތަށްއަރައެވެ.
އެންމެ ތާޒާ ޚަބަރު މިހާރު ގެނެސްދޭ ނޫހަކީ ވަގުތު. ރައީސް މައުމޫން އެޑްމިޓް ކުރި ޚަބަރުވެސް ފުރާތަމަ ޝާއިޢު ކުރީ ވަގުތުގަ. މިހާރު ނޫހާއި އެހެން ނޫސްތަކުގައި އެ ޚަބަރުވެސް ޖެހީ މާ ފަހުން. ވަގުތު ނިއުސް ބެސްޓް
ހަމަ ސީދާ ޖަހަންނަމަ އަށް. މިކަހަލަ މީހުނަށް ހެޔޮދުއާ ކުރުމެއްވެސް ނޯވޭ. ޑައިރެކްޓް
ކަލެއައްތަ އެނގެނީ؟
ދަނޖެހުނު