މާލޭ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަން އިއުލާން ކޮށްފައިވާ އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް، މާލޭ މޭޔަރު ކަމަށް ވާދަ ނުކުރަން ނިންމަވައިފިއެވެ.
އަފްޝަން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ މާލޭ ސިޓީ މޭޔަރު ކަމަށް ކުރިމަތި ނުލާން ނިންމާފައިވާ ކަމަށެވެ. މާލޭ މޭޔަރު ކަމަށް ކުރިމަތިނުލާން ނިންމީ ކުއްލިއަކަށް ދިމާވި މުހިއްމު އާއިލާ ޒިންމާއެއްގެ ސަބަބުން ކަމަށް އަފްޝަން ވިދާޅުވިއެވެ. ނަމަވެސް އަފްޝަން ވިދާޅުވީ މާލޭ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ލިބުން ކަމަށެވެ.
Happy new year everyone!
Its with much sadness & heavy heart I announce I will not be contesting for Male City Mayor due to sudden & urgent family responsibilities. While I greatly wanted to serve the ppl living in Male City & try make it a more pleasant, livable place for all..— Afshan Latheef 🎈 (@AfshanLatheef) January 1, 2020
މާލޭ މޭޔަރު ކަމަށް ކުރިމަތިލާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ހެންވޭރު ދެކުނު ދާއިރާ މިހާރު ތަމްސީލް ކުރައްވާ އަހުމަދު ނިޔާޒާއި އަހްމަދު ރަޝީދު (ބްރޯ) ގެ އިތުރުން ކުރީގެ މެންބަރު އަލްހާން ފަހުމީއާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހިމެނެއެވެ.
ކުރިމަތިލިޔަސް ހޮވުނިއްޔާތާ ދެނެއްރައްޔިތުންނެއް އެމްޑީޕީއަކައް ވޯޓެއްނުދޭނެ ޖެހޭނީ ކުރިންވެސް އޮޅުވާލިގޮތައް އޮޅުވާލައިގެން ވޯޓުހޯދަން
ޔާ ﷲ، މި ފެށުނު އާ އަހަރަކީ މި ލާދީނީ އަލްމާނީ އެމްޑީޕީއަށް ނާކާމިޔާބު އަހަރެއްކަމުގައި ލައްވާށި!
Dr. Aishath Shiham & Dr. Muiz nukuthumakee faseyhakamaa eku MDP in kaamiyaabu kurun.
Sababakee MDP abadhuves e party candidate ah vote laane. Behigen dhaanee MDP noon vote
ޕީޕީއެމްއިން ކުރައްޕެއް ނެރުނަސް މަގޭ ވޯޓުދޭނީ ޕީޕީއެމްއަށް.. ނާގާބިލް އެޖެންޑާ 19
އަފްޝަން މަންމައަށް އަވަސް ޝިފާއަކަށްއެދެން.
ނުހޮވިއްޖެނަމަ ވަރަށް ލަދުގަންނާނެދޯ އެހެންވިއްޔާ ކުރިމަތިލާނެކަމެއްނެތް މާތްﷲ އިރާދަކުރެއްވިއްޔާ ލާދީނީ ސަރުކާރަށް ތާއީދުކުރާ އެއްވެސް މީހަކަށް މިފަހަރުގެ އިންޚާބު ކާމިޔާބު ނުދެއްވާށި އާމީން