މިދިޔަ ހަފްތާގައި ހއ. ދިއްދޫ ކައުންސިލްގެ އިދާރާއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ފާސްކޮށްފައިވަނީ ސިޔާސީ ބޭނުމެއްގައި ކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފިއެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފުލުހުން އެތަން ފާސްކޮށްފައިވަނީ ދިއްދޫ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންނަށް ފުރައްސާރަކޮޮށް، ކައުންސިލްގެ ބާރުތައް ކަނޑުވައި ކަނޑައެޅިގެން ޤާނޫނުތަކާ ޚިލާފަށް ސިޔާސީ ބޭނުމެއްގައި ކަމަށްވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

ބަލަމުން އަންނަ މައްސަލައެއް ކަމަށް ބުނެ ކައުންސިލްގެ އިދާރާ ފާސްކޮށްފައި ވީނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއްވެސް ފުލުހުން ހާމަކޮށްފައިނުވާތީ މިއީ އެއްވެސް އުސޫލެއް ނެތި ސިޔާސީ ބޭނުމެއްގައި ހިންގާ ދެކޮޅު ނުޖެހޭ ކަމެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް އެމްޑީޕީ އިން ބުނެއެވެ.

"ފާއިތުވީ ފަސްއަހަރުތެރޭ ސަރުކާރުގެ ޢަމަލުތަކުން ތަކުރާރުކޮށް ފެންނަމުން އަންނަނީ ލާމަރުކަޒީ ނިޒާމް ނައްތާލައި ކައުންސިލަރުންގެ ބާރުތައް ހަނިކޮށް ދައުލަތުގެ ހިންގުން މަރުކަޒީ ކުރަމުން އަންނަ މަންޒަރެވެ. ޤާނޫނު އަސާސީއާ ޚިލާފަށް ޤާނޫނުތައް ބަދަލުކޮށް މުޅި ނިޒާމު މިވަނީ ގަޑުބަޑުކޮށްފައެވެ. އެއަށްފަހުވެސް ކައުންސިލްތައް ސަރުކާރުގެ ބާރުގެ ދަށަށް ނުގެނެވުމުގެ ސަބަބުން ޤާނޫނާ ޚިލާފަށް ކައުންސިލަރުން ސަސްޕެންޑްކޮށް އެ ކައުންސިލްތަކުގެ އިދާރާއާށްވެސް މިހާރު ވަންނަމުން އަންނަކަމީ ނުހަނު ކަންބޮޑުވާ ކަމެކެވެ" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ދިއްދޫ ރައްޔިތުންނާއި ކައުންސިލަރުންނަކީ އިސްލާޙީ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ސާބިތުކަމާއެކު ފެށުނީއްސުރެ ތިބޭ ބައެއް ކަމަށާއި އަދި ދައުލަތުގެ މިފަދަ ބިރުދެއްކުމަށް ފަހަތަށް ނުޖެހޭނެ ބައެއްކަންވެސް އަންނަނީ ދައްކުވައިދެމުން ކަމަށް އެމްޑީޕީ އިން ބުނެެވެ.

ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުން ސަސްޕެންޑްކޮށް ޖިނާޢީ ކުށުގެ ތުހުމަތުކޮށް މިފަދަ ކަންކަން ކުރުމުން ރައްޔިތުންގެ އެތައް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހުރަސްއެޅިފައިވާ ކަމަށާއި އެހެންކަމުން ސިޔާސީ ގޮތުން ހިންގާ މިފަދަ ނާތަހުޒީބު ކަންކަމުގައި ފުލުހުންވެސް ބައިވެރިނުވުމަށް އެމްޑީޕީ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ސަރުކާރުގެ މިފަދަ ޢަމަލުތަކުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއަށް ހުރަސްއެޅި، މުޅި ރާއްޖެއަށް އިއާދަ ނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުން ލިބިގެންދާނެ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޫސާ

    އެމް.ޑީ.ޕީން މި ބަޔާން މިގޮތަށް ނެރެފައިވަނީ ސިޔާސީ ބޭނުމެއްގަ...

  2. އާބިދާ

    އެމް.ޑީ.ޕީ
    މޯލްޑިވްސް ޑްރަގް ޕާޓީ

    ސިޔާސީބޭނުމަށް ކޮންމެ ފަދަކަމެއްވެސް އެމް.ޑީ.ޕީ އިން ކޮއްފާނެ،

  3. ނަލަނަލަ

    ބަލަ ތިޔަރީދޫ ބައިގަޑަކީ ރަށުގެ ތަރައްގީ ފުޑާލަން މަސައްކަތްކުރާ ޒިންމާދާރުކަންކުޑަ އެއްވެސް ހުރެއްޕެންނެތް ބައެއް ބަލަ ކުރީގެ ސްޓޭޓްމިނިސްޓަރުގެ ފެމެލީ ގެމީހުން މިހާރު ވެރކަންކުރާޕާޓީގެމެންބަރެއް މިހާރު ތިކަންތިކުރަނީ އާދަމް ނަސީރުމެން ގުޅިގެން؟؟