ފުލުހުންގެ ދެ އޮފިސަރަކު މިއަދު ޖަލަށް ޒިޔަރަތް ކުރީ ރިމާންޑުގައި ހުރި މީހަކަށް ގޮޅީގައި ތިބި އެހެން މީހުން އަނިޔާކުރި މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި ކަމަށް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެއެވެ.

ކަރެކްޝަންސް އިން މިހެން ވިދާޅުވީ، ދެންމެ ނެރުނު ބަޔާނެއްގައެވެ.

ކަރެކްޝަން އިން ވިދާޅުވީ، މިއަދު ކޮމިޝަނަރ އޮފް ޕްރިޒަން އަބްދުﷲ މުނާޒް އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު އާސިފް ރިމާންޑުގައި ތިބި މީހުންގެ ހާލަތު ދެނެގަތުމަށް ޖަލަށް ޒިޔާރަތް ކުރި ކަމަށެވެ.

އަދި މާފުށި ޖަލުގެ ހަމަނުޖެހުން ހިންގި ރިމާންޑް ޖަލުގައި ތިބޭ މީހުންގެ ޝަކުވާއަކީ ތަހުގީގު ބަންދުގެ މުއްދަތު ދިގުވަމުންދިއުމާއި، ބޭސްފަރުވާގެ އިންތިޒާމްތައް އެ މީހުން އެދޭ ގޮތަށް ކުރިއަށް ނުދިއުން ކަމަށެވެ. އަދި މިއީ ކަރެކްޝަންސް އިންވެސް ކަންބޮޑުވާކަމެއް ކަމަށް ކަރެކްޝަން އިންވެސް ވިދާޅުވިއެވެ.

ކަރެކްޝަން އިން ވިދާޅުވީ، ރިމާންޑުގައި ތިބި މީހުންނާއި ޖަލު އޮފިސަރުންނާއި ދެމެދު ކުރިމަތިލުމެއް ހިނގާފައި ނުވާ ކަަމަަށެވެ.

"ރިމާންޑް މީހުން ހިތްހަމަނުޖެހި އޮފިސަރުންގެ ގަޔަށް ކާބޯތަކެތި ޖަހަމުންގެންދިޔަ ނަމަވެސް، ޖަލު އޮފިސަރުން ވަނީ ކެތްތެރިކަމާއެކު އެ މީހުންނަށް ވިސްނައިދެވޭތޯ މަސައްކަތްކޮށްފައެވެ". ކަރެކްޝަންސް ގެ ބަޔާނުގައި ވެއެވެ.

ކަރެކްޝަން އިން މިއަދު ވިދާޅުވީ،