މާފުށީ ޖަލިގައި ގާއިމްކުރި ދެ ފުޓްސެލް ދަނޑު ހުޅުވައިފި އެވެ.

މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އޮފިސަރުންނާއި ގައިދީން ފުޓްސަލް ކުޅުމަށް ގާއިމުކުރި ދެ ދަނޑެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ދެ ދަނޑު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު އެވެ.

އެ ދެ ދަނޑަކީ އެމްސީއެސްގެ އޮފިސަރުންނާއި ގައިދީންގެ ދުޅަ ހެޔޮ ސިއްޙަތަކާއި އެކުވެރިކަން އާލާ ކުރުމުގެ ގޮތުން ފުޓްސަލް ކުޅުމަށް ޔޫތު މިނިސްޓްރީއިން ޕްރިސްކޯ އާ ހަވާލުކޮށްގެން ގާއިމުކުރި ދެ ދަނޑެވެ.

މާފުށީ ޖަލުގައި ފުޓްސެލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--

އިއްޔެގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ޖަލުތަކުގައ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި ގާއިމުކުރެވުނު އެ ދެ ދަނޑަކީ އޭގެ އެއް މަސައްކަތަކުގެ ނަތީޖާ ކަމަށެވެ. އަދި އެ ދަނޑުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ނަސޭހަތްތެރި ވެލެއްވިއެވެ.

އެ ދެ ދަނޑުހުޅުވުމުގެ ގޮތުން އިއްޔެ ވަނީ ގައިދީންގެ މެދުގައި މެޗެއް ވެސް ކުޅެފަ އެވެ.