ލޯކަލް ކައުންސިލް އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ދެ އިންތިހާބުގައި އަދާލަތުގެ ޓިކެޓަށް އެދުމުގެ ފުރުސަތު ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ޢަދާލަތު ޕާޓީން ބުނީ، ޓިކެޓަށް އެދޭ ފޯމާއި، ގާނޫނީ ފޯމް ފުރިހަމަކުރުމަށް ފަހު ހުށަހަޅަންޖެހޭނީ އެ ޕާޓީގެ މައި އޮފީސް، ހ.ފުލިދޫގެ، ތިންވަނަ ފަންގިފިލާ އަށް ކަމަށެވެ. އަދި މި އިންތިހާބުތަކުގެ ފޯމް ޕާޓީގެ ވެބްސައިޓް www.adhaalath.org.mv އިންނާއި، ޕާޓީގެ މައި އޮފީހުން ލިބެން ހުންނާނެ ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

ކައުންސިލް އިންތިހާބު އޮންނާނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މިގައުމު ހަލާކު ކުރާ ޖަހާލަތު ޕާޓީގެ ޓިކެޓްގަ ވާދަކުރާނެ މީހަކު ނެތް

    24
  2. ޤާ ސިމް

    ޓީކެޓު ބޭނުވާ ބޭފުޅުން ވަޑައިގަންނަވާ އިރު އައިޑީ އެކަނި ބޭނުންވާނީ@ ޓިކެޓު ދޫކުރަނީ ހި ލޭ އަވަހަށް ޒިޔާރަތްކޮށްލައްވާ

    14
    1
  3. ލާ

    ބައިވެރި ނުވާތި. ތިޕާޓީގެ ލީޑަރުނަންނަކީ ލާދީނިއްޔަތަށް ހިއްވަރުދިން މީހުން. ތިޕާޓީން ބަޔަކު ހޮވުނަސް މިޤައުމުގައި ލާދީނިއްޔަތު ފަތުރާ މީހުންނާއި ދެކޮޅަށް ނުކުންނާކަށްކެރޭ ބަޔަކު ނުތިބޭނެ. ލާދީނީ މީހުންގެ ތައްޕާހުގައި ވާވަދެވިފައި ތިބި ބައެއް ތިޔަ ތަނުގައި ތިބީ. އެއްވެސް އަދާލަތެއް ނެތް.

    23
  4. ޤަވްމު

    ހިނި އަންނަނީ~

    21
  5. ކިނބޫ

    އިމްރާން ނާގާބިލްކަމުންވެސް މީހަކު ނޫޅެ