ގއ. ކޮނޑޭގެ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން އައި އިސް މުވައްޒަފަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

އެރަށު ފެނަކައިގެ އެސިސްޓެންޓެއްގެ މަގާމު ފުރުއްވަމުން ގެންދެވި އުމުރުން 45 އަހަރުގެ މުހައްމަދު އަބްދުލް ހަކީމް (ކޮޕީ) ނިޔާވެފައި އޮއްވާ ފެނިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މުހައްމަދު ނިޔާވެފައިވާކަން އެނގުނީ މިއަދު ހެނދުނު އޭނާ ވަޒީފާ އަށް ނުނިކުތުމުން، ނުހޭލައިގެން ކޮޓަރި ބެލުމުން ކަމަށް ކޮނޑޭ އިން މައުލޫމާތު ދިން މީހަކު ބުނެފައި ވާއިރު، މައުލޫމާތު ދިން މީހާ އިތުރަށް ބުނެފައި ވަނީ މުހައްމަދު ފެނުނުއިރު ބޭރު ފުށުން އެއްވެސް ކަހަލަ އާދަޔާ ޙިލާފް ކަމެއް ނުފެންނަ ކަމަށެވެ.

އެހެންނަމަވެސް، މުހައްމަދު ކުއްލިއަކަށް ނިޔާވުމާއި ގުޅިގެން އެއީ ކިހިނެތް ހިނގި ކަމެއްތޯ ބެލުމަށް ފުލުހުންގެ ފޮރެންސިކް ޓީމެއްވެސް ވަނީ އެރަށުުގައި ހަރަކާތްތެރިވާން ފަށާފައިކަން ފާހަގަކޮށްލެވެއެވެ.

މުހައްމަދު އާއި ގާތް މީހުން އޭނާ ސިފަ ކުރަނީ ހިތްހެޔި، ސިއްހަތު ރަނގަޅު، ހެލިފެލިވެ އުޅޭ މީހެއްގެ ގޮތުގައެވެ. މުހައްމަދުގެ މައްޗައް ކުރެވޭ ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު ކޮނޑޭ މިސްކިތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސައިން

    إِنّا للّه وإِنّا إليه راجعون.

    3
    1
  2. ޔާﷲ ޔާﷲ ޔާﷲ

    ޔާﷲ ޔާﷲ ޔާﷲ މިދިވެހިރާއްޖެ ބިރުވެރި ކަމާއި ނާމާކަމުން ސަލާމަތް ކޮށް ރަށްކާތެރި ކޮށްދެއްވާށި އާމީން އިސްލާދީނަށް ފުރަށްސާރަ ކުރާމީހުނަ ށްގަދަފަދަ ވޭނެއް ޖައް ސަވާށި އާމީން

  3. ސީސީ

    ކީރިތި ﷲ އޭނާ އަށް ހެޔޮ ރަޙްމަތް ލައްވާށި. އާމީން.