މިސަރުކާރުން ދަނީ މިއަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރު ވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ރައްޔިތުންނަށް ހުވަފެން ދައްކަމުން ކަމަށް، އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން މިހެން ބުނެފައި ވަނީ މިކަމާއި ގުޅޭގޮތުން ރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާޏުގައި ބުނެފައި ވަނީ އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު މިހާރު ދަނީ އަތޮޅުތަކަށް ދަތުރުކޮށް އިންތިހާބާއި ދިމާކޮށް އެޖެންޑާ 19 ޕްރޮމޯޜް ކުރަމުން ކަމަށާއި އެހެން ނަމަވެސް މިސަރުކާރުން ވަނީ މިސަރުކާރަށް ފުއްދޭވަރުގެ ވައުދުތަކެއް ނޫންކަން މިހާރު ފެންނަމުން ދާކަމަށެވެ. އަދި މިހާރު ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ަކުގައި ވަމުން ދަނީ ހައްތަހާވެސް ދޮގު ވައުދު ކަމަށާއި، އެއީ އިންތިހާބާއި ދިނާމިށް ރައްޔިތުންނަށް ހުވަފެން ދެއްކުމަށް ވަމުން އަންނަ ވައުދުތަކެއް ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
އެހެން ކަމުން އެޕާޓީއަށް ސަޕޯޓުކުރާ ރައްޔިތުންނާއި، ގައުމުދެކެ ލޯބިވާ ރައްޔިތުން އެމްޑީޕީ އިން ވަމުން އަންނަ ދޮގު ވައުދުތަކަށް ނުހެއްލުމަށް އެބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މިގައުމު ވެެއްޓިފައި މިއޮޮތް އަނދަވަޅުން އެރޭނީ މި އިންތިހާބު ޕީޕީއެމަށް ކާމިޔާބުކޮށްދީގެން ކަމަށެވެ.
މީގެ އިތުރުން އިންތިހާބާއި ދިމާކޮށް އެމްޑީޕީ އިން އިސްވެ ތިބެ ރައްޔިތުންނަށް ވަމުން އަންނަ ދޮގު ވައުދުތައް ހުއްޓާލުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސަރުކާރުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށް ރައީސް ނަޝީދު އިސްވެހުންނަވައިގެން ދައްކަވަމުންދާ ވާހަކަތައް އެކޯލިޝަނުން ބަލައި ނުގަންނަކަމަށް އިދިކޮޅު ކޯލިޝަނުން ރޭ ނެރުނު ނޫސް ބަޔާޏުގައި ވަނީ ބުނެފައެވެ.
މިސަރުކާރުން ކޮންމެ ހުވަފެނެއްދެއްކިއަސް އެވާނެހިޓަކަށް!އެބަލާފައި ސެލްފީނަގާހުތުން ތިބެނީ ކެތްމަދުވެފައި!ދައްކާދަޅައިގައި ނުޖެހިތިބީ މަދުބައެއް!
ކައުންސިލް އިންތިހާބަށް އެމްޑީޕީ ކިތަމެވަރަކަށް ހުވަފެން ދެއްކިޔަސް މިފަހަރު ދިވެހިރަށްޔަތުން އެމްޑީޕީ އާއިކޯލިޝަން ހެދި އެއްވެސް ޕާޓީ އަކަށް މިދިވެހިރާއްޖެއި ންޖާގަދޭގޮތަކަށް ނޫން ދިވެހިރަށްޔަތުން ތިބީ އިގޭނތޯ މިފަހަރު ދަރިޔެއް ކޮޮއްކޮއް ބޭބެއެއް ފަހަރިޔެއް މަންމައެއް ޕައްޕައެއް އެއްބަޑެއް އެއްބަފައެއް ގާތްއެކުވެރިޔެއް ރަށު މީހެއް ކިޔާނެކަމެއް ނެތް މިފަހަރު އެމްޑީޕީގެ ލާދީނީ ވަގުންގެ ވެރިކަން ގެންނަން މަސައްކަތް ކުރިހުރިހާމީހު ފެއިލް
އަހުރެމެންގެ ރަށް ހަކަނަށް މުޑިޖަހައިގެން ހަބުރިއަށް ހިއްލާދެން ބުންޏަސް މަގޭވޯޓު އެމްޑީޕީއަކަށް އަދި އެ ޕާޓީއާ އެކުގައިއޮތް ޕާޓީއެއްގެ މީހަކަށްވެސް ނުދޭނަށް!
ސާބަހޭ ރާނީ ތިއީ ހާދަ ބިރުކުޑަ ކެރޭ ހިތްވަރުގަދަ ދަރިޔެކޭ ތިހެންތިބޭނީ ތެދުވެރި މިޤައުމާ ދީންދެކެ ލޯބިވާދަރީން ﷲ ތިފަދަ ހިތްވަރު ގަދަ ދާރީތަކެއް މިބިމުގައި ގިނނަ ކުރަށްވާ މިބިމުން އަނިޔާވެރީން ނެތިކުރަށްވާށި އާމީން
އިންތިމެން ދައްކާ ވާހަކަތަކުންވެސް އެނގިއްޖެ އިންސާފެއްނެތްކަން މިފަހަ ވޯޓުދޭނީ ޔާމީނަށް ތާޢިދު ކުރާ ބައިގަނޑަށް
ރަގަޅުވަާހަކަ؟