ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ އެއާޕޯޓު އަޅައިދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިލާންކޮށްފިއެވެ.

މިނިސްޓްރީން މިހާރު ވަނީ އެ މަސައްކަތަށް ޝަރުތު ހަމަވާ މީހުންނަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިފައެވެ. އެމަސައްކަތް ކޮށްދޭން ޖެހެނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިގޮތުން ފަނަރަސަތޭކަ ރުފިޔާ ނުވަތަ ސަތޭކަ އެމެރިކާ ޑޮލްރު ދައްކަންޖެހޭނެއެވެ. އެއީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިހިނގާ ޖަނަވަރީމަހު 15 އިން ފެބުރުވަރީ މަހުގެ 12 ވަނަދުވަހަށެވެ.

މި މުއްދަތުގައި ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00ށް ޕްލޭނިން މިނިސްޓްރީން ފައިސާ ބަލައިގަންނާނެއެވެ. މި މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ފަސް ލައްކަ ދިވެހި ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރަކަށް އެމެރިކާ ޑޮލަރު ހުށަހަޅަންޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. މި މަޝްރޫއަށް ބީލަން ހުށަހެޅުން އޮންނާނީ ފެބުރުއަރީ 13 ވާބުރާސްފަތި ދުވަހުގެ 11:00 ގައި ޕްލޭނިން މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ފަރެސް މާތޮޑާގެ އެއާޕޯޓް އެޅުމުގެ އަމަލީ މަސަތްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. އެއާޕޯޓު އަޅާ ބިން ހިއްކަން 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) އަށް ގަލްފް ކޮބްލާ ޓެންސާ ކުންފުންޏާ ހަވާލު ކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢެޑްމުންޑޯ

  ބޭކާރު އިންވެސްޓެއް

 2. ޝަހޫ

  ތީ އުޅެ އުޅެ ނުނިމުމުނު އެއަރޕޯޓެއްތަ...

 3. ލުގުމާނު

  ފަރެސްމާތޮޑާ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު ފަތުހުﷲ އަހުމަދުގެ ކެމްޕެއިންގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަސްލަމު ވިދާޅުވީ
  "އެއާޕޯޓް އަވަހަށް ހަދައި ނިންމައިދިނުމަށް ރައްޔިތުން ވެސް ދަނީ އެދެމުން. ދާއިރާގެ ރައްޔިތުންގެ ތަރައްގީ ގުޅިފައިވަނީ ކޮން ދިމާލަކަށްކަން އަޅުގަނޑަށް އެނގޭ" އަސްލަމް ވިދާޅުވިއެވެ.
  2019

 4. ކާފަ

  ޙަސްބުނަﷲވަނިޢުމަލްވަކީލް.