އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ އަދި އިސްލާމްދީނަށް އިހާނެތިކޮށް ކަންކަން ކުރާ ފަރާތްތަކާއި މެދުވެސް އޯގާތެރިކަމާއި އެކު ބަސްބުނުމަށް ޒިމްބާބުވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކު ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން މާލެ ސިޓީގެ ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ދަރުސްގައި ވާހަކަދައްކަވަމުން ވިދާޅުވީ އިސްލާމްދީނާއި ދެކޮޅު މީހުންނާއި މެދު ހަރުކަށި ގޮތްތައް ގެންގުޅެގެން ނުވާނެ ކަމަށެވެ. އަދި ދީން ދޭހަވުމުގައި އަދި ދީނަށް އަމަލުކުރުމުގައި ވެސް ހަރުކަށި ގޮތްތައް ގެންގުޅެގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މުފްތީ މެންކް ވިދާޅުވީ އަގީދާގެ ގޮތުންނާއި އިސްލާމްދީނާ ދެކޮޅު މީހެއް ކަމުގައިވީ ނަމަވެސް، އެމީހަކާ ދޭތެރޭގައި މުއާމަލާތް ކުރަން ޖެހޭނީ އޯގާތެރިކަމާއެކު ކަމަށެވެ.

މިއަދު އިސްލާމްދީނުގެ އަދުއްވެއްގެ ގޮތުގައި މީހަކު ހުރިނަމަވެސް މާދަމާ ހަމަ އެމީހާއަކީ އިސްލާމްދީން ދެކެ ލޯބިވާ މާތްﷲއާ ރަސޫލާދެކެ ލޯބިފުޅުވާ މީހެއް ކަމުގައި ވެދާނެ ކަމަށާއި އެހެންކަމުން އެއްވެސް މީހަކީ ތިމާގެ އަދުއްވެއް ކަމަށް ނުބެލުމަށް މުފްތީ މެންކް ވަނީ ގޮވާލައިފައެވެ.

"މާތްﷲ ކޮންމެވެސް ދުވަހަކުން އެމީހަކަށް ރަހުމަތްލައްވައި، އެމީހަކު އިސްލާމްދީނަށް އަތުވެދާނެ. އެހެންވީމާ އަޅުގަނޑުމެން އަދާވާތްތެރިއެއްގެ ގޮތުގައެއް ނޫން ބަލަންޖެހޭނީ. އަޅުގަނޑުމެން ބަލަންޖެހޭނީ އަޅުގަނޑުމެންގެ ފަރާތުން އެމީހަކަށް ހިދާޔަތު ދެވިދާނެ މީހެއްގެ ގޮތުގައި،" އޭނާ ވިދާޅުވިއެވެ.

މުފްތީ މެންކު ދެއްވުމަށް ހަމަޖެހިފައިވާ ދެވަނަ ދަރުސް ބޭއްވުމަށް ހަމަޖައްސާފައިވަނީ އައްޑޫ ސިޓީގައި މާދަމާ ރެއެވެ. މުސްލިމުން އިސްލާމްދީނާ ދުރަށް ދިއުމާ ބެހޭގޮތުން ދެއްވާ އެ ދަރުސްގައި ދީނާ ދުރަށް މުސްލިމުން ދިއުމަށް މެދުވެރިވާ ސަބަބުތަކާއި އަނބުރާ ދީނަށް ގެނެވޭނެ ގޮތާ ބެހޭގޮތުން ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މުފްތީ މެންކުގެ ދަތުރުގައި ބުރާސްފަތި ދުވަހު ދަރުސް ދެއްވުމަށް ހަމަޖައްސާފައިވަނީ ކުޅުދުއްފުށީ ސިޓީގައެވެ. އެ ދަރުސްގައި އިސްލާމްދީން މާނަކުރާއިރު މާނަކުރަން ޖެހޭ އަސްލު ގޮތާ ބެހޭގޮތުން ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވާނީވެސް މުފްތީ މެންކު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ. ހުތުބާގެ މައުޟޫއަކަށް ކަނޑައަޅާފައިވަނީ ހަލާލު ގޮތުގައި ފައިސާ އާއި މުދާ ހޯދައި ހަރަދު ކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ހަބީބު

  ހަޖޫ ޖެހިޔަސް އޯކޭ ދޯ ހަމަ؟ ވ މޮޅު

  18
  6
 2. ދޮންބެ

  ޣައިރު މުސްލިމުން (މުސްލިމުން ނޫން އެހެން މީހުން) ނާމެދު މުސްލިމުން އަނިޔާވެރިވުމެއް ނެތް. އެކަމަކު ދީނަށް ފުރައްސާރަކޮށް މުސްލިމުންނަށް އަދާވާތްތެރިވެގެން އުޅޭމީހުންނާމެދު ހަމަ އެއުސޫލުން އަހަރެމެންވެސް ޢަމަލު ކުރަންޖެހޭނީ. ގައުމުތަކަށް އެތެރެވުން މަނާކޮށްފާނެތީ ބިރުގަތަސް ހައްގަށް ބަސްބުނަންޖެހޭނީ.

  5
  1
 3. ކަހަނބު ވިތްޓޯ ޓޯ

  އޭނަ ބުނި އެއްޗެއް ރަނގަޅަށް ގެޓްވެ ބަލަ އޭނަ ދައްކަނީ މުނާ ފިގުންގެ ވާހަކައެއްނޫން އޭނަދެއްކިީ މަކާރިމުލް އަޚްލާގުން އިންސާނުންގެ މައްޗަށް ފަތަހަހޯދާވާހަކަ ރާއްޖޭ ގައި އިޚްލާސް ތެރިން ނެތުމަކީ އަމިއްލަ މައްސަލައެއް އެކަން ހައްލު ކުރަންޖެހެނީވެސް އަމިއްލައަށް ޔާމީން ކުރި މަސައްކަތުގައި ދިވެހިން ބައިވެރިނުވީ ދިވެހިންގެ ނަޒާހަތްތެރިކަން އެއްގޮތަކަށްވެސް ނެތީތީ ދިވެހިން ބޭނުމީ ހުރިހާ ގޯސްކަމެއްގެ ތެރައަށްވަދެގެންވެސް ނުހައްގު މުއްސަދިކަމާ ބިރަކާ ނުލާ މަޖާ ކުރަން ފާއިތުވެދިޔަ ގައުމުތަކަށްވެސްވީ އެހެން ހެޔޮބަސް އަހަން ބޭނުންނުވީ ނަތީޖާ އަކީ އަމިއްލަޔަށް ހަލާކުވުން ދިވެހިން އަމިއްލަ އަށް އަތްޖަހަ ޖަހާފަ ވެރިންވެސް ހޮވީ މަޖިލިސްވެސް ހޮވީ ކައުންސިލް ތައްވެސް އެގޮތައްހޮވާނެ މީ ނޭގި ކުރާ ކަންތަކެއްނޫން މީ ބަހާ އަމަލާ ސީދާ ނުވުން ނަޒާ ހަތް ތެރިނުވުން ގައުމަށްވުރެ ތިމާ ބޮޑުވުން ދުނިޔެއާހެދި ހޭކެނޑުން ހާލަތު ބަދަލުވާނީ އަމިއްލައަށް އިޚްލަސްތެރި މަސައްކަތްތަކެއް ކޮށް ފަރުދީ ޒިންމާ އަދާ ކޮށްގެން. .އަމިއްލަމިީހާ ތިމާ އަމިއްލައަށް ރީހެބިލިޓޭޓް ވާންވީ .ތިމާގެ އަމިއްލަ ދަރިންގެ އަގީދާ ވަރުގަދަ ކުރަން ޖެހެނީ ހޮދުތިމާ ހަލާލް ތަކެތި ކާންދިނުމަކީ ތިމާގެ ޒިންމާ އިންސާނުންދެކެ ލޯބިވާން ދަސްކޮށްދިނުމަކީ ތިމާގެ ޒިންމާ

  8
  1
 4. ހުސެއިން

  'ހަރުކަށި' ފިކުރު ވެސް އޯކޭތަ؟

 5. ދިވެހިބެ

  މުފްތީ ގެ ނަސޭހަތަށް ޝުކުރުވެރިވަން! އިސްލާމް ދީނާ ދެކޮޅުވެރި މީހުންނަށް އަރާރުން ވާންދިމާކުރާ ކަމަށް ވަންޏާ ރާއްޖޭގެ 45 ޕަސެންޓް މީހުންނާ ރުޅިއަރުވާލައިގެން އުޅެންޖެހޭނީ.

 6. ޔުމްނާ

  މުރުތައްދު ވާ މީހާގެ ހުކުމަކިީ ކޮބާ؟

  2
  3