މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޝައިނީ މިހެން ވިދާޅުވީ ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް އ.ދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އިން ނިންމުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ ވޯޓު ކަރުދާސްކޮޅުގައި ރައީސް ނަޝީދުގެ ނަންފުޅު ނޯންނާނެ ކަމަށާއި އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނަން ޖެހޭ އެއްވެސް ގޮތެއް ގާނޫނު އަސާސީ އާއި އަދި އޭގެ ދަށުން ހެދިފައިވާ ގާނޫނު ނުވަތަ ގަވާއިދުތަކުގައި ވެސް ނެތް ކަމަށެވެ.

އ.ދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އިން ބުނީ އެ ނިންމުން ނިންމާފައި ވަނީ ރާއްޖެ އިން ސޮއިކޮށްފައިވާ މުއާހަދާތަކުގެ ދަށުން އުފައްދާފައިވާ އަދި ރާއްޖޭން އެ އަަށް ތަބާވުމަށް ސޮއިކޮށްފައިވާ މުއާހަދާތަކުގެ ދަށުން ކަމަށެވެ. އެހެންކަމުން މި ނިންމުން ރާއްޖެ އިން ބަލައިގަންނަންޖެހޭ ކަމަށާއި މި ނިންމުމާ ގުޅިގެން އަޅާ ފިޔަވަޅުތައް 180 ދުވަހުގެ ތެރޭގައި އެންގުމަށް އެ ކޮމެޓީ އިން ވަނީ އަންގާފައެވެ.

އެ ކޮމެޓީ އިން އެގޮތަށް ނިންމި ނަމަވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ރައީސް ނަޝީދަށް ނެތްކަމަށް ސަރުކާރުން މިއަދު ވަނީ ވިދާޅުވެފައެވެ.

ދިވެހި ހާރިޖީއާއިން މިއަދު ނެރުނު ބަޔާނުގައި ވަނީ ކުރީގެ ރައީސް ނަޝީދުގެ މައްސަލައިގައި ދިވެހި ރާއްޖޭގެ ސްޕްރީމު ކޯޓުން 2016 ވަނަ އަހަރުގެ ޖޫން 27 ގައި އިއްވި ހުކުމް ދިވެހި ސަރުކާރުން ފުރިހަމަ އަށް ބަލައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް ޙުކުމް ކޮށްފައިވާހިނދު ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވުމަކީ ޤާނޫނުގެ އިމުގެ ތެރެއިން ކުރެވޭނެ ކަމަކަށް ނުވާތީ އެ ފުރުސަތު ނަޝީދަށް ލިބިގެން ނުވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

"ކުރީގެ ރައީސް ނަޝީދު މައްޗަށް ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއް ހައްޔަރު ކުރުމުގެ ދައުވާ ސާބިތުވެފައި، އަދި ހުދު ނަޝީދުވެސް ވަނީ އެކި ތަންތަނުގައި ވާހަކަފުޅު ދައްކަވަމުން މިކަމަށް އިއުތިރާފުވެފައި. އަދި ވެރިކަމަށް ވަޑައިގެންފިނަމަ އަދިވެސް އެގޮތަށް އަމަލު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވޭ،" ދިވެހި ހާރިޖިޔާގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ 109 މާއްދާގެ (ފ) ގެ ދަށުން ވެރިކަމަށް ކުރިމަތިލާ މީހަކީ، އެއްވެސް ޖިނާއީ ކުށެއް ކޮއްފައިވާ މީހަކަށް ނުވުމާއި ގިނަވެގެން 12 މަހުގެ ޖަލު ހުކުމެއް އިއްވާފައި ނުވާ މީހަކަށް ވާން ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެހެން ކަމުން ރައީސް ނަޝީދަކީ ރާއްޖޭގެ ޤާނޫން އަސާސީގައި ވާގޮތުން ވެރިކަމަށް ކުފޫހަމަވާ ބޭފުޅެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ވަނީ 13 އަހަރު ޖަލު ހުކުމެއް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ރާޝިދު

  2018 ގައި ޔާމީން ޢަބްދުލް ޤައްޔޫމު ކިޔާ މީހެއް ރާއްޖޭގެ ވެރިކަމުގައިވެސް ނުހުންނާނެ.

  • އެއްބުރުން

   ތިޔަހެން ބުނި 2013 ގަ ވެސް.

   • ރީނދޫބެ

    އެއީމޮޔަކުއްޖެއް އެސޮރުނުގެންނާތި އޭތިކަދަ

 2. ފަޑުއްކަ

  ޔާމީނަށް ދެންވެރިކަމެއް ނުކުރެވޭނެ ދެންދާންޖެހޭނީ ޖަލުގެ ތޭރިތަކުގެ ބިއްދޮށަށް ވަރަށް ސަލަމް އަދުރޭ،ނިހާނު

 3. ރީނދޫބެ

  ސާބަހޭ ސައިނީތީހިއްވަރުގަދަފިރިހެނެއް ކޮންއަލިފުދާލެއް ތިކަހަލަ އަލިފުދާލު އެބައޮތްރާއްޖޭގަވެސް ތިޔަމުއާހަދާއިން ރާއްޖެވަކިވެގެންވެސް ރޭނދޫކުލަ ރާއްޖެއައް އެތެރެނުކޮއްވޭތޯބަލާތި އެއީވަރައްނުރައްކާ ކުލައެއް ދޮންކުލައަރާފިއްޔާ އެއެތިވަރައްއަވަހައްނެތިގެންދާނެ

 4. ގުންޑާ

  ތަކުރަރުކޮށް ދަންނަވަން ލާދީނީ އަންނިއާ ލާދީނީ ޔާމީނުގެ ނަމެއް ވޯޓު ކަރުދާސް ކޮޅަކު ނޯންނާނެ އިންޝާﷲ

 5. ފާރޫޤް

  ސަޅި.

 6. އަލީމޫސާ

  މިގައުމުގަ ރައްޔިތުން ބޭނުމީ ތަރައްޤީ ، މިގައުމުގެ ރައްޔިތުން ބޭނުމީ އިސްލާން ދީން ، ތިޔަ ލާދީނީ މީހާ މިޤައުމާ 100 ފޫޓައްވެސް ކާރި ނުކުރެވޭނެ. ހަމަ އަދިވެސް ރައީސް ޔާމިނު ވަރެއްނެތް. 2018 އޮތީ ރައީސް ޔާމީނަށް.

 7. އަބްދުއްލާ

  ވޯޓް ކަރުދާހުގަ ނަސީދު ގެ ނަމެއް ނޯންނާނެ. ސަލާމް.

 8. ރާޝިދު

  މިހިރަ ރަނޑު ފިރިހެނެއް .ހައްހައްހައް

 9. ޖޮއްބެ

  އެއީތެދެއް ކެރަފާ މުނާފިގުގެ ނަމެއް ނޯންނާނެ.