މިހާރު ފެންމަތިވެގެން އުޅޭ ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި، ޖެންޑަރ މިނިސްޓަރ، ޝިދާތާ ގޯސް ވާން ޖެހޭ ސަބަބެއް ނެތް ކަމަށް، ޔޫތު މިނިސްޓަރ، އަޙުމަދު މަޙުލޫފު ވިދާޅުވެއްޖެ އެވެ.

މަޙުލޫފު މިހެން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ކުރެއްވި ޓޫވީޓެއްގައެވެ.

"އެންމެ ޒިންމާދާރު މަޤާމުގައި ތިބި ބައްޕަ، ކާފަ، އަދި މުނިކާފަ ކުއްޖާ ރޭޕް ކުރީމަ، މިނިސްޓަރ ޝިދާތާ ގޯސްވާންޖެހޭ ސަބަބެއް ނެތް. އިސްލާޙު ކުރެވޭނީ، މުޅި މުޖުތަމަޢު ބައިވެރިވެގެން." މިނިސްޓަރ މަޙުލޫފުގެ ޓުވީޓުގައި ވަނީ ވިދާޅުވިއެވެ.

މީގެ އިތުރުން ދެ އަހަރުގެ ކުއްޖާ ރޭޕް ކުރި، އިންސާނުންގެ ސިފައިގައި ތިބި ޖަނަވާރުންނަށް އެންމެ ހަރުކަށި އަދަބު ދޭންޖެހޭ ކަމަށްވެސް އެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

އުމުރުން އެންމެ ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމަކީ ޖަނަވާރުންގެ އަމަލެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްވެސް ވަނީ ވިދާޅުވެފައެވެ.

"ގަބޫލުކުރަން ވެސް ދަތި ޖަނަވާރުންގެ އަމަލެއް. އެކަން ކުރި ބަޔަކަށް ޤާނޫނީ ގޮތުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭން ޖެހޭނެ." މި މައްސަލައާއި ގުޅިގެން މަޢުމޫން ކުރެއްވި ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނެފައި ވަނީ އަންހެން ކުއްޖާ ރޭޕްކޮށްފައިވާކަން އެނގުނީ ބޮޑުދައިތަ، އެކުއްޖާ ގޮވައިގެން ގޮސް ޑޮކްޓަރަށް ދެއްކުމުންނެވެ.

މަޢުލޫމާތު އެނގޭ، އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުނީ އެކުއްޖާއަށް ޖިންސީ ގޯނާކުރުމުގައި އެކުއްޖާގެ ބައްޕައާއި، ކާފަވެސް ބައިވެރިވެފައިވާ ކަމަށެވެ.

ބޮޑުދައިތަ އެކުއްޖާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔައީ، އެކުއްޖާ ފެންވަރުވަން އުޅުނުއިރު ތަދުވާކަމަށް ބުނުމުންނެވެ.

ބޮޑުދައިތަ އެކުއްޖާގެ ގާތުގައި ތަދުކުރީ ކާކުތޯ އެހުމުން ތުއްތު ކުުއްޖާ ބުނީ ""ބައްޕަ އޭ" ކަމަށް އެރަށުން ވާހަކަދެއްކި މީހުން ބުނެއެވެ.

އެ ތުއްތު ކުއްޖާއަށް ލިބިފައިވާ އަނިޔާތައް ފެނި، އެކުއްޖާ ބެލި ޑޮކްޓަރަށް ވެސް ކުއްލި ސިހުމެއް ލިބި، ރުއި ކަމަށްވެއެވެ.

މި ހާދިސާ ހިނގިއިރު، މަސްތުވާތަކެތި ބޭނުންކުރާ އެކުއްޖާގެ މަންމަ ވަނީ ފަރުވާއަށް މި މަހުގެ ތެރޭގައި މާލެ ގެނެސްފައެވެ.

އެނގިފައިވާގޮތުގައި އެކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް، މިހާރު ވަނީ މާލެ ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ދާ ބެޑުޝީޓު

    ހައި ރިސްކް ގައި އިން ކުއްޖެއް ، މައިންބަފައިން ޑުރަގް ބޭނުން ކުރޭ މި ކާފައޭ ކިޔާ ޝައިތާނު ކުޑަކުދިންނާ ބެހޭ ކަން ރަށު މީހުންނަށް އެނގޭ ، މި ކަހަލަ ކުދިން އުޅޭނެ އަދިވެސް އެކުދިން ދެނެގަނެ ޖެންޑާ އަށް ނުނެގެނީ ސަރުކާރު ފީކަޅާ ކަމުން އަހަރެމެން ޓެކްސް ފައިސާ ކޮޅު ގާތް މީހުންނަށް ވަޒީފާދީ ބޭކާރު ކައުންސިލަރުން ތަކަށް ދީ ހުސްކުރަނީ ސަރުކާރު ވިޔާނުދާ ކަމުން.

    61
    3
  2. ޝިމާނާ

    ސިދާތާއާ ދިމާއަށް އެއްޗެހި ކިޔަން ޖެހޭ ސަބަބަކީ އިބްހާދުގެ ކަންކަން ހިނގައި ދިޔަ ޚަބަރު ލިބި މަޑުން ހުއްޓައި އެކުއްޖާއަށް ކަންވެގެން ދިޔަ ގޮތުގެ ސަބަބުން. އަދިވެސް ބެޑުޝީޓް މަތިން ހަނދާންވެއިތަ މިނިސްޓަރުކަމުގެ ބޮޑު މުސާރަ ނެގޭތޯބެލީމާ ނިމުނީއެއްނޫން

    55
    3
  3. ސޮނިފުހޭ

    ދޮންކަލޯ ބުންޏަސް ތީ ތެދެއް މައިން ބަފައިންގެ ސިފާގައި ވަލުޖަނަވާރުންނާ ޝައިތޯނުން ތިބެންޏާ މިކަހަލަ ކަންތައްވާނެ ނަމަވެސް ގާނޫނުގެ ދިގު އަތް ދަމާލަންޖެހޭ ސަލާމަތްވިޔަނުދީ ހައްގު އަދަބުދީ މިކަހަލަ މީހުން ނުފޮރުވާ ފޮޓޯ އާއްމު ކުރަންޖެހޭ ޖަނަވާރުންގެ ތެރޭވެސް އޫރަށް ވުރެ ލަދު ހަޔާތްކުޑަ ޖަނަވާރެއްނޫޅޭ ގިނަ ޖަނަވާރުންވެސް އެތަކެތީގެ ޓެރަޓަރީ ހިމާޔަތްކޮށް އާއިލާ ބަލަހަށްޓާ . އެދެޖަނަވާރު ވަލުއޫރަކާ އެއްފަދަވީ މަ ގާނޫނު އަރާ ހަމަކުރަންޖެހޭ

    21
    2
  4. ޢެމްޑީޕީ ކަލޯ

    ޢަނހަ ކީކޭ މިހާރު ތިކިޔަނީ މަހޭމެން.. މީގެ ކުރިން ވެއްޖެއްޔާ ކޮންމެ ކަމެއް ހިނގިޔަސް އެކަމުގެ ޒިންމާ ނަގަންޖެހެނީ ރައީސް ޔާމީން. ކިޔާ ކޮންމެވެސް އެކައްޗެއް ކިޔާބަލަ.

    45
    2
  5. ޞަމް

    ޝިދާތާ ގޯސް ނުވާނެ. އެމަގާމުގައި މަނިއްޕުޅު ހުއްޓަސް ގޯސް ވާނެ!

    16
    3
  6. ގުއިދައިތަ

    މިހިރީ މިމީހުންގެ ފެންވަރު!! ކުރީގަ ސައިބޯންޏެއް ވަގަށް ނެގިޔަސް ޒިންމާ ވާން ޖެހެނީ ޔާމީން. އިބްތިހާލް މައްސަލާއިގަވެސް ޔާމީނަށް ނުގޮވާކަށް އެއްޗެއް ނެތް. މިމީހުނާއި ޖެހުނީމަ ޒިންމާ ވާން ޖެހޭ މީހަކު ނެތް. މިކަމުގަ ވެސް ޒިންމާ ވާން ޖެހޭނީ ޔާމީން.

    24
    1
  7. Anonymous

    މަނިކުފާނޫ ރ. ޔާމީން އިރު މަރުވާ މީހެއް ވިއްޔާ އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވި ހަ ދާންނެއްތޯ .ޝިދާތައެއްނޫން ވެރިމީހާ ވެސް އިސްތިއުފާ ދޭންވީ. ރައްޔިތުން ނަށް ނޭތޭ ރައްކާތެރި ކަމެއް. ރަލަކީ ހުރިހާ ނުބައިކަމެއް ގެ މަންމައޭ ކިޔާ އަޑެއް ނީވޭތޭ. މިސަރުކާރު ބަނގުރަލާއި މަސްތުވާތަކެތި ޢާއްމު ކޮށްފި

    23
  8. ޝާހް، ރ.ވާދޫ

    ނިމިދިޔަ ސަރުކާރުގަ ކުއްވެރިވަނީ ގައިމު ޒިންމާ ނަގަންތިބޭވެރިން. މިސަރުކާރުގަ ވީމަ މިމީހުން އެއްވެސް ޒިންމާއެއް ނަގާކަށް، އަދި ކުއްވެރިއެއްވެސް ނުވޭ. އެންމެ ބާރަށް އެވާހަކަގޮވާ ބަލާއެރުވީ އޭރުގެ އެމްޑީޕީން. މިބައިގަނޑުމީ އިންސާނުންގެ ސިފައިގަ ތިބި ދެއަނގަ ފަޅާފަ ތިބި ދައްޖާލުން.

    23
  9. ސަޅިބެ

    އަވަހަށް ބޭރަށްފޮނުވާލަ އުފާވެސް ފުނުވާލީ މިމީހުން އަޑީގަތިބެގެން، ކޮބާ ފުލެޓްދޮންބެ އެެއްޗެއްނުބުނެ ތިހުރީ ވޯޓްލާދުވަސްޖެހޭތީތަ؟؟؟

    18
  10. ނުޒޫ

    އޯކޭ...ޔޫ ޖަލުގަ އޮންނަންޖެހުނީމަ ޔާމީން ގޯސްވާންޖެހޭ ސަބަބެއްވެސް ނެތެވެ.

  11. އާލިމް / މާލެ

    ބަލަގަ މިހިރަ މަހުލޫފާ. ނޭގެނީތަ ކިޔޭ ނުކިޔޭ އެއްޗެއް. މީގެ ކުރިން ތަމެން ގޮވީ ކީކޭ. ކަމެއް ވާއިރަށް ޔާމީނޭ. ފަޅޮލޭ. . މިހާރު ދެން ކޮން ވައްތަރު ވާހަކަ ދައްކަނީ. ސޮރީ މަހޭ، ރައްޔަތުން ނެއް މިހާރު މަހުލޫފުމެން ބަލައެއް ނުގަންނާނެ.

    14
    1
  12. ޥމޮޅު

    ބަލަ އެކުއެޖާ މަންމަ މަސްތުވެގެން ހައްޔަރުކުރީމަ ޖެންޑަރ އިން އެކުއްޖާ ކޮބައިތޯވެސް ބެލިތަ؟

    10
  13. ޖޮބޭ

    2019ވަނަ އަހަރުގެ މޭވާ ލިބިފައިމިވަނީ ކިހާރަނގަލހުކޮށް ؟ސަރުކާރުން ލަދުގަންނަން ޖެހޭނެ.

  14. ލަބީބު

    ކަލޭގެ ދަށްގޮހޮރޭ ވީދިބަލަ!