އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އެއަންނަ އެލަވަންސް ދިނުމުން، އެފަރާތްތަކުގެ ފަރާތުން ޖިންސީ ގޯނާކުރުންފަދަ ކަންކަމަށް މަގުފަހިވެގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ހިއުމަން ރައީޓްސް އެންޑް ޖެންޑާ ކޮމެޓީގައި މަޝްވަރާ ކުރައްވަމުން ރާއީ ވިދާޅުވީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ޖިންސީގޯނާ ކުރާ މީހުންގެ ލިސްޓުގައިވެސް އުމުރުން ދުވަސްވީ މީހުން ގިނަ ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ 70 އަހަރުން މަތީގެ މީހުންކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެބޭފުުންނަށް ސަރުކާރުން ދެއްވާ ފައިވްތައުޒަން ރުފިޔާގެ އެލަވަންސް އެއީ ދެން ނުލިބޭނެ ގޮތަކަށްވެސް ހެދުން އެއީ އަޅުގަނޑު ބޭނުންވާ ކަމެއް. އަދި މަޖިލީހުގެ ތެރެއިން އެ އެލަވަންސް ދިނުން ހުއްޓުވުމަކީވެސް މުހިންމު ކަމެއް ކަމަށް ފާހަގަކުރެވޭ" ރާއީ ވިދާޅުވިއެވެ.

އަދި އެފަރާތްތަކުން މިފަދަ ކުއްތަކުގެ ތެރެއަށް ވަންނަމުންދަނީ ސަރުކާރުން ދެމުން އަންނަ 5000 ރުފިޔާގެ އެލަވަންސްގެ ސަބަބުން ކަމަށާއި، އެ އެލަވަންސް ދިނުން ހުއްޓާލަން ޖެހޭ ކަމަށް ރާއީ ވިދާޅުވިއެވެ.

އަދި އެފަދަ ކުއްތަކަށް އަރައިގަންނަ ހިނދަކު އުމުރުން ދުވަސްވީ މީހުންނަށް ފައިސާ ދީގެން ނުވާނެ ކަމަށާއ، އެކަން މިހާރުން މިހާރަށް މަޖިލީހުގެ ތެރެއިން ހުއްޓާލަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމީހުންނަށް ރައްކާތެރިކަން ދިނުމުގެ ބަދަލުގައި އެމީހުން މުޖްތަމައުގެ ތެރެއަށް ވީހާވެސް ބޮޑަށް ހާމަކުރުމަކީ ރައްކާތެރިކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެއްފަހަރު މިކަހަލަ ކަމެއް ކޮށްފަ ހުރި މީހެއް ކަމުގައިވާނަމަ، އަދި ރަނގަޅު ކޮށްފައި ނެރުނު ކަމުގައި ވިޔަސް، އެމީހާ އަކީ ކާކުކަން މުޖްތަމައަށް އެބަ ޖެހޭ އެނގެން" ރާއީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ޢާއިޝާ

    މަޖިލިހުގެ މެންބަރުންނަށް ބޮޑު މުސާރަ ކަނޑައެޅުމުން، ދީނުގައި ކަޑައަލާފައި ހުންނަ ހައްދުތަކަސް އަރައިގަތުމަށް މަގުފަހިވޭ. (ރޭޕް، ޒިނޭ، ވައްކަން، މަނީލޯންޑަރީ، ޖުވާ، މީހުންމެރުން، މާރާމާރީ، ހުރިހާ ވައްތަރެއްގެ ކުޅިކުޅުން، މަސްތުވާތަކެތި ވިޔަފާރި، ރިޝްވަތު ހިފުން، އަދި މޮނޫނަސް އެތައް ކަމެއް....)

    46
    1
  2. ގޮނޑިކުުއްޖާަ

    މީނަ މަޖިލީހުން ބޭރުކުރަން އުޅޭ ތާކު ހުރި ބުރާންޗެއް!!! ކިޔޭ ނުކިޔޭއެއް އެނގޭތަ؟؟؟ މީނައަށް މުސާރަ ދިނުން ހުއްޓުވަންވީ

    39
    2
  3. އަލީ

    މަޖިލިސް މެންބަރުންނަށް މުސާރަ ބޮޑު.. މީގެ ސަބަބުން 7 ސްޓާރ ހޮޓެލްތައް ވަރަށް ބާރުބޮޑުވޭ.. މި ދައްކަނީ ޖިންސީ ގޯނާގެ ވާހަކައެއްނޫން.. އެހެން ވާހަކައެއް

    32
    • ހހހހ

      ޒިނޭކުރާވާހަކަތަ؟ . އަންހެނުންތަކަށް ފައިސާދީގެން ޒިނޭކޮށް މަސްތުވާވާހަކަތަ؟

      20
      1
      • ހުސޭނުބޭ

        ތައިލެންޑަށް ތެޔޮދަމަން ކުރާ ދަތުރުތަކާ މައަކު އެއްފަހަރު ނިދި ފިލުވާލުމަށް ލަންކާއަށް ކުރާ ދަތުރުތައްވެސް ހިމެނޭ! ހަޤީޤަތުގައި މި ރައްޔިތުންގެ މަޖިލީހުގެ މީހުންނަކީވެސް އެކަންކުރާ ބައެއް! މި މީހުން އެކަންކުރާ ސިފަ ތަފާތީ!

        15
  4. ނަގޫރޯޅި

    މީ ސައިޒު އޮޅިފަހުރި މެންބަރެއް. ރައްޔިތުންނުކުމެ މީނަ ހަމަގޮޅިއައް ފައްތަންޖެހެ.

    28
    1
  5. ޖަޒީރާ 07

    ތީ އެއްމެ ރަނގަޅު ގޮތެއްނޫން. އެފަދަ ކުށަކަށް އަރައިގަންނަ ދުވަހުން ނުވަތަ އެފަދަ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ހިސާބުން އެއީ 65 އަހަރުން މަތީ އަދި އިނާޔަތް ލިބޭ މީހެއްނަމަ އެ މީހެއްގެ އެ އިނާޔަތް ކެނޑުން އެއީ އެންމެ ރަނގަޅު ގޮތް.. ތި ގޮތަށް އަމަލުކުރަން ވިސްނުންފުޅު ހުރިނަމަ ކަމެއްނުކުރާ މީހުންގެ ޙައްޤަށް އުނިކަން ލިބޭނެ ކަމަށް ލަފާ ކުރެވެނީ.. ވިސްނާލާ ކަމެއް ކުރުމުގެ ކުރިން..

    25
    2
  6. މަސީހު

    ޢެހެންވެއްޖެޔާ މަޖުލިސް މެންބަރުންނާއި ދައުލަތުގެ އިސްމަގާމުތަކުގަ ތިއްބަވާބޭފުޅުންގެ މުސާރަވެސް ކުޑަކުރަންޖެހޭ މިހާރުލިބޭބޮޑު މުސާރައިން އެވެރިން ޅަކުދިންގޮވައިގެން ސަފާރީތަކަށާއި ރާއްޖޭންބޭރައް އަދިރިސޯޓްތަކައް ދަތުރުކޮއްހަދާ.

    20
    2
  7. ކަޅުމަރިޔަނބު

    މީނާ މީ އަޅެ ރޮއްޖެއްތަ؟ ޢުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސްގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މަދު ބަޔަކު އުޅުނަސް އެފައިސާ ހައްޖަށާއި ޢުމްރާއަށް ދިއުންފަދަ ކަންކަމަށް ޚަރަދުކުރާ މީހުން މާގިނަ، މީނާއަށް ނޭނގުނަކަސް.

    27
    1
  8. ކެހެރި ނުފަޅާ ޖަނަވާރު

    ކަލޯވެސް މުސްކުޅިވީމަ އުޅޭނީ އެހެންދޯ

    20
    • ހުސޭނުބޭ

      ކެކެކެކެކެކެކެ،،،،،،،، ޔަޤީނެއްނު!

      8
      1
  9. ޢަލީ

    މީނަ މުސްކުޅިއެއްވެސްނުވާނެދޯ؟ އަދި މަޖިލިސްގެ މެމްބަރުކަމެއްވެސް ނުގެއްލޭނެދޯ؟ ޔާ ﷲ މީނާގެ ދުލުގެ ނުބައިކަމުން އަޅަމެން ސަލާމަތް ކުރައްވައިފާނދޭވެ.

    26
  10. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކަލޭވެސް ތީ ބޭކާރުމީހެއް. މީނަމީ އެމްޑީޕީއަށް ވިކިފަހުރި އެއްވެސް ތައުލީމެއްނެތް އަހުމަދިއްޔާއިން ކަނޑާލި ގޮލައެއް. މިކަހަލަ ކޮންމެ މީހަކީ އެމްޑީޕީގެ ގުންޑާއެއް.

    14
    2
  11. Anonymous

    މި ޤަމާރު މޮޔަގެރި އަަވަލަފަ އެހުރީ

    14
    2
  12. ޢަލިބެ

    ޢުމުރުން ދުވަސްވީ މީހުންނަށް އެއްޗެއްދޭތީ ކަންބޮޑުވީދޯ. ބަލަ ބަދުއަޚްލާޤީ ޢަމަލުތައް ކުރަނީ ހަމައެކަނި ދުވަސްވީ މީހުންތަ. އެއީ ޢުމުރުން ދުވަސްވެގެން ކުރާކަމެއްނޫން. ތިކަހަލަ ޒުވާނުން އަހަރަކު ފަސްހަފަހަރު ބެންކޮކަށްގޮސް އެކުރާކަމެއް ކުރެވެނީ ފައިސާލިބޭލެއްގިނަވީމަ. ކަލޭމެންގެ މުސާރަވެސް ވިއްސަކަށް ހާހަށް ކުޑަކުރަން ވާހަކަދައްކަންވީނު.

    50
    2
  13. އަޅުގަނޑު

    5000 ގެ އެލަވަންސް ހުއްޓާލަންވީ ޖިންސީ ގޯނާގެ މައްސަލަތައް ސާބިތުވާ ހުރިހާ އެންމެނަށްވެސް.
    ގަވާއިދުތައް ހަރުކަށިކޮށް އެފަދަ މީހުންނަށް ކުޑަކުއްޖަކާ 10 ފޫޓަށް ވުރެ ކައިރި ނުވެވޭގޮތް ވެސް ހަދަންވީ.
    ޔޫކްރެއިންގަ ހަދާހެން އިންޖެކްޝަންވެސް ޖަހަންވީ.
    ގަވާއިދުތައް ފުރިހަމައަށް ހަމަހަމަ ކާމާއެކު ތަންފީޒުކޮށްގެން މި ބަލިމަޑުކަން ނައްތާލެވޭނީ.
    އަޅުގަނޑު އުއްމީދުކުރަން ރާއީ ވިލް ޝޯ އަސް އަ ޑިފަރެންސް.

    13
    2
  14. ސަންފާ

    ވަރަށް ރަނގަޅު ވާހަކަ އެއް ތިޔަ ވިދާޅުވީ. ގިނަ ފިރިހެން މީހުން އެލާރިން ކުރަނީ ޒިނޭ.

    6
    11
    • ކީކޭ؟

      ޒިނޭކުރަނީ ލާރިންތަ؟

      7
      1
  15. ޢަންސާރު

    ޢަޒުލު ކުރޭ މި ބުރާންތި.އަހަރެމެން ކާފަމެން އެ ލާރި ހަރަދު ކުރަނީ ﷲ ގެ މަގުގަ....

    11
    2
  16. ޙަސަނާ

    އެކަނިވެރިމައިންނައް ލާރިދޭން ފެށިހިސާބުން ވަރިގިނަވެ ޒިނޭ އާންމުބާކަން ރާއީ އައްނޭގޭތޯ.ރޯނުއެދުރު ...

    18
    4
  17. ޔަހުޔާ

    ޢެމީހުނަށްދޭ އެލަވަންސް ބޯމަތީގައި ތިއޮތް އިންތިޚާބުކާމިޔާބު ކުރުމަށް 7000 އަށް ބޮޑުކުރަން ފާސްކުރަން ކަލޭމެން ފަހަކަށް ނުޖެހޭނެ! ކޮންވާހަކައެއް މަމޮޅޭވާން މިދައްކަނީ!

    8
    1
  18. ކާފަބޭ2020

    ކަލޭމެން އެއްލައްކަރުފިޔާ މޭޒުމަތިންނާ މޭޒުދަށުން ހޯދައި ގެން ބެންކޮކްކަހަލަތަންތަށް ގޮސް މަސާޖުޕާލާ ތަކަށް ގޮސް ތިޔަކުރާކަންތަކު ގެސަބަބުން ތިމީހުން ގެ މުސާރަތަށްކުޑަކުރާކަށްނުވޭތޯ؟ މަޖިލީހު ގެތެރޭ ހޯބޯ ލެވުންނޫންކަމެއްކުރާބައެއްނޫން ރައިއްޔަތަކަށް ވާފައި ދާއެއްހަރާމުންހަރާން

    9
    1
  19. ޟޮއި

    މަޖިލިސް މީހުނައް ލިބޭވަރު މަދީ

  20. ޏމނމ

    މީ ކާކޫ ތަ

  21. ބޭބެ

    ހަމަ ފައްކާ ގަމާރެއް! ހަމަވެސް ނޫނީކަންނޭނގެ!

    5
    1
  22. ކެޔޮޅު

    ކުޑަކުދިންނައް ޖިންސީ ގޯނާކުރުން ގިނަވީ ސޯލިހު ހޯރައިއްބެ ދޫރިހިސާބުން!

  23. އިބްރާހިމް

    ދަންނަވަންތޯ ކެނެރީގޭ އިބިލީސް ކޮށްފައިނޯންނާނެ ރަނގަޅުކަމެއް. އިބިލީހަށް ކުރެވޭނެތޯ ރަނގަޅުކަމެއް؟

  24. ސަލާމު

    5000 ން 3000 އަށް ބަދަލުކުރަންފެނޭ!

  25. މުސްކުޅިބޭބޭ

    ޗަކޮއެ މާ ތާހިރުވާނެ ތިހެންނުބުނެ އަހަރެންގެ މުސާރަ މާ ބޮޑޭ ބުނިއްޔާ. ކޮންފަދަ ނޮހޮރޮއްޕާނެއްތަ. ވޯޓް ހޯދަން ތެޅުނު އިރު ކުރި އާދޭހެއް ނޭނގޭ. މިހާރު ތި ކިއްލާ އަށް ފާސް ލިބުނީމަ ސައިޒް އޮޅުނީ ދެއްތޯ.

    4
    1
  26. ބޮލި މުލައް

    5000 ރުފިޔާގެ ބޭނުން ހިފަނީ ނަހަމަގޮތުގަ. މިހާރުން މިހާރަށް ކަނޑާލަންވީ.
    ތިޔަ ފައިސާއެއްގެ ސަބަބުން އާއިލާތަށް ރޫޅި މައިންބަފައިންނާ ބައެއް ދަރިން މޫނުކެނޑިއްޖެ.

  27. ސްޓީރިއޯ

    ގިނަ ދުވަސްވީމީހުން އެލާރި ޚަރަދުކުރަނީ ހަމަ އެމީހުންގެ މާމަ އަދި ކާފަ ދަރިންނަށް، އެކުދިންނަށް ހަދިޔާ ދިނުމަށާ އެކުދިން ކައިރިޔަށް ދިއުމުގެ ދަތުރު ފަތުރަށް، ހުރިހާ ދުވަސްވީ މީހުންނަކީ ޖަނަވާރުންގެ އަަމަލުތައް ގެންގުޅޭ މީހުންނެއްނޫން، ހަމަ ގިނައީ އަމިއްލަ ދަރިން ފަދައިން ކާފަ މާމަދަރިން ދެކެ ލޯބިވާ މީހުން