ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވޯޓު ލެވޭނެ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި އެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ވޯޓާސް ލިސްޓުގައިވާ ގޮތުން 93،139 އަށްވުރެ ގިނަ މީހުނަށް އެ ޕާޓީގެ ޕްރައިމަރީގައި ވޯޓު ލެވެއެވެ.

އެމްޑީޕީން މިއަދު ބުނީ ފައިނަލް ވޯޓާސް ލިސްޓަށް އަދިވެސް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ދެ ދުވަހުގެ މުއްދަތެއް ހުޅުވާލާފައިވާ ކަމަށެވެ. އެ ގޮތުން އަންނަ ބުދަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ލިސްޓަށް އެއްވެސް ޝަކުވާއެއް ވާނަމަ ހުށަހަޅަން އެމްޑީޕީން ބުނެފަ އެވެ.

އެމްޑީޕީން އާންމު ކުރި ވޯޓާސް ލިސްޓުގައިވާ ގޮތުން މާލެ ސިޓީގެ ވޯޓާސް ލިސްޓުގައި 13108 މީހުންގެ ނަން އޮތްއިރު، އައްޑޫ ސިޓީގެ ލިސްޓުގައި ވަނީ 12،096 މީހުންގެ ނަމެވެ. މީގެ އިތުރުން ފުުވައްމުލައް ސިޓީގެ ވޯޓާސް ލިސްޓުގައި 3،959 މީހުންގެ ނަން އޮތްއިރު ޕްރައިމަރީގައި ވޯޓު ދެވޭއިރު ކުޅުދުއްފުށި ސިޓީގެ ލިސްޓުގައި ވަނީ 1،228 މީހުނެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި އެ ޕްރައިމަރީގައި 1246 ކެންޑިޑޭޓުން ވާދަކުރާނެއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާއިރު، އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުން ލާޒިމުކޮށްފައިވާތީ 370 ގޮނޑިއަށް އިންތިހާބު ކުރާނީ އަންހެނުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަނަމަނަ

    ކީއްވެނުބުނީމިލިޔަނަކައްލެވޭވާހަކަ ޔަހޫދީންނަކީ ދުވަހަކުވެސްތެދުބަހުންވާހަކަ ދައްކާބައެއްނޫން

    14
    1
  2. އިބުރާހީމް

    ރާއްޖޭގެ އެންމެންގެ ނަން ހިމަނާފައިނުވާކަމީ އުފާކުރާކަމެއް. އެމް.ޑީ،ޕީ.ވޯޓާސް ލިސްޓަކީ ހިތަށް އެރިގޮތަކަށް އެވެރިން ތައްޔާރުކުރާ ލިސްޓެއް. މިވަގުތު ހުރިހާ ބާރެއް އަތްމަތިކޮށްގެން މައުލޫމާތުތައް ވަގަށް ނަގައިގެން ލިސްޓް ހެދިދާނެ. ތިޔައީ ޑިމޮކުރަސީ އޭ ޚައްޤޭ ގޮވާ މީހުންގެ ހާލަތު. މީހުންގެ މައުލޫމާތު ފޭރެނީ. ކިހާ ލަލުދުވެތިދޯ؟

    19
    1