ވެރިކަން ހިންގުމުގެ ބާރުތަކަށް ރައްޔިތުންގެ މަޖިލީހުން އަރައިގަތުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިގޮތަށް ވިދާޅުވީ، ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ އަންހެންކުއްޖަކު ރޭޕް ކުރި މައްސަލާގައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން އެމައްސަލަ ދިރާސާ ކުރުމަށްފަހު ހަތް ކަމެއް ތަންފީޒު ކުރުމަށް ޖެންޑާ މިނިސްޓްރީއަށް އަންގާފައިވާތީއެވެ.

މަޖިލީހުގެ އެ ނިންމުންތަކުގެ ނޫސްބަޔާން ހިމެނޭ ޓްވީޓް ރީޓްވީޓް ކުރައްވައި ހައިލަމް ވިދާޅުވީ ގާނޫނު އަސާސީގެ ފުރަތަމަ ބާބުން ދިވެހި ދައުލަތުގެ ތިން ބާރު ވަކިކުރެވިފައިވާ ކަމަށާއި ގާނޫނު ހެދުމުގެ ބާރުން ވެރިކަން ހިންގުމުގެ ބާރުތަކަށް އަރައިގަތުމަކީ ގާނޫނު އަސާސީއާ ހިލާފުކަމެއް ކަމަށެވެ.

މަޖިލީހުން ޖެންޑާއަށް ތަންފީޒުކުރުމަށް އަންގާފައިވާ ކަންތައްތައް:

  • ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަންނާނެ މިންގަނޑުތައް ދެ ދުވަހެއްގެ ތެރޭގައި އެކުލަވާލައި އެކަން މަޖިލީހަށް އެންގުން
  • ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަތުމަށް އެކުލަވާލާ މިންގަނޑުތަކުގެ އަލީގައި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކުގައި މިހާރު ހުރި މައުލޫމާތު ދިރާސާކޮށް، 7 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް މިފަދަ އާއިލާތައް ދަފްތަރުކޮށް މިފަދަ އާއިލާތައް ގަވާއިދުން މޮނިޓާކުރާނެ ނިޒާމެއް އެކުލަވާލުން
  • ސިޓީ ކައުންސިލުތަކާ، އަތޮޅު ކައުންސިލުތަކާ އަދި ރަށު ކައުންސިލުތައް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިނުވާ ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައުލޫމަތު ދެނެގަނެ، 30 ދުވަހުގެ ތެރެގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައްޗަށް އެކުލަވާލާ ދަފްތަރުގައި މި މައުލޫމާތު ހިމެނުން
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވި، ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރެއިން މުޖުތަމައަށް ދޫކޮށްލާފައިވާ ފަރާތްތައް މިހާރުން މިހާރަށް ދެނެގަނެ، އެފަދަ މީހުން ދޫކޮށްފައިވާ ސަބަބުތައް އަލުން މުރާޖައާކޮށް، މިފަދަ މީހުން މޮނީޓާ ކުރާނެ ނިޒާމެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލުން
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ޝަރުއީ މަރުހަލާގައި އަވަސް ކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކޮށް، އެފަދަ މައްސަލަތައް އެންމެ ލަސްވެގެން ނިންމަންޖެހޭ މުއްދަތެއް ކަނޑައެޅުމާއި ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް 30 ދުވަހުގެ ތެރޭގައި އެ ރިޕޯޓު މަޖިލީހަށް ފޮނުވުން
  • ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކޮށް އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ މުއައްސަސާތަކުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓަތަކުގެ ޕާފޯމަންސް އޮޑިޓެއް 30 ދުވަހުގެ ތެރޭގައި ހަދާ، އެ ރިޕޯޓް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމމިޓީއަށް ހުށަހެޅުން
  • 2009 ވަނަ އަހަރު ގާއިމް ކުރެވުނު ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް 30 ދުވަހުގެ ތެރޭގައި އަލުން ބޭނުން ކުރަން ފެށުން

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ބްރޯ

    ގާނޫނުއަސާސީއާ ހިލާފަށް ނުކުރަނި ކޮންކަމެއް . ސްޕްރީމްކޯޓާ އެހެން ކޯޓްތަކުން ވަކިކުރަމުންދަ ބައެއް ފަނޑިޔާރުން ވަކިކުރުންވެސް ގާނޫނުއަސސީއަާިހިލާފު ލޯކަލް ކައުންސިލް ގަ އަންހެނުންގެ ދައިރާތަކެއް ކަނދައެޅުންވެސް ގާނޫނުއަސާސީއާ ހިލާފު ،މަޖިލީހުން އޮފިސްތަކަށް އަމުރު މައުރޫފް ހިންގުންވެސް ގާނޫނުއަސސީ އާހިލާފު. ގާނޫނުއަސާސީގަ ބުނަނީ ރައްޔިތުންގެ މަޖިލީހަކީ ގާނޫނުހަދާ މަޖިލިސްކަމަށް . ދަވްލަތް ހިންގުމުގެ ވެރިޔަކި ރައީސުލް ޖުމްހޫރިއްޔަ ކަމަށް އަދުލު އިންސާފު ގައިމުކުރުމުގެ ވެރިޔަކީ އުއްތަމަ ފަނޑިޔާރާ ކޯޓްތައްކަމަށް. މިހާރު މިވަނި 2012 ފެބްރުއަރީ 7 ވަނަދުވަހު މުލީއާގެގަ ނަސީދު ނޯޓްކުރެއްވި ގާނޫނުއަސާސީގައިވަ ބާރުތައް އަތަށް ނެންގެވިފަދައިންނަންގަވާފަ. އެލިއުމުގެ ކޮޕީ ބޭނުންވަފަރާތަކަށް ދެވިދާނެ.

    34
    1
  2. Anonymous

    ޙައްޤު ބަސް އިއްވުމުގެ ނަމޫނާއެއް.
    ސާބަސް ދަރިފުޅާ ޤާބިލްކަން އެބަހުރި.
    ދަރިފުޅުގެ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި. ކާމިޔާބާއި ކުރިއެރުން މިންވަރު ކުރައްވާށިއެވެ އާމީން.

    63
    3
  3. ޢަބްދުއްލާ

    ވެރިކަމުގެ ބާރުތަކަށް މަޖިލީހުން އަރައިގަތުން ގާނޫނު އަސާސީއާ ޚިލާފު: ހައިލަމް

    1 ގަޑިއިރު ކުރިން ( ޖެނުއަރީ 20, 2020 )

    ތިކަން އެނގޭނީ ތިރޮގުން ކިޔަވާފަތިބި އިންސާފައްލޯބިކުރާ ރ މަޖިލީހެއްނަމަ. މޫކަނޑާ

    މަޖިލިހަކަށް އެކަމެއް ނޭގޭނެ. މަޖިލިހުގައި ގިނައި ގްރޭޑް 04 ގެ ފެންވަރުގެ މީހުން.

    މަޖްލިހުގެ ރައީސަކީ މަޖީދިއްޔާގައި ބަސްނާހާތީ ނީލްޑައުން ކޮއްގެން ގެންގުޅުނު ސޮރެއް.

    މިހާރުވެސް ޕްރިންސިޕަލަކު ބޭނުންވެގެން އެއުޅެނީ ނީލްޑައުން ޖައްސަންވެގެން.

    49
    1
  4. ޖާދު

    ސާބަހޭ ހައިލަމް.

    53
    1
  5. މަސްބެ

    ދޭބަ މަހައް، އަނގަނުތަޅާ

    1
    9
  6. އަލީ ހަމީދު ބެ---

    ގާޒީ ކަމު ގައި ހުރެ ސިޔާސީ ޓުވިޓު ކުރީ ކާކުތާ؟

    2
    10
  7. އަޙްމަދު

    އަބަދުވެސް އެނާއަށް ހީވެފައި އޮންނަނީ އެނާއަކީ ވެރިމީހާ ކަމަށް، އެއީ އެނާގެ ނަމުގެ ކުރިޔަށް ރައީސް ކިޔާތީ އޮޅިގެން ވާކަމަކަށްވާނީ އެކަމަކު ކުރީގެ ރައީސޭ ކީމާ އެނާވެސް ނޯޅޭނެ!

  8. ދދ

    ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަންނާނެ މިންގަނޑުތައް ދެ ދުވަހެއްގެ ތެރޭގައި އެކުލަވާލައި އެކަން މަޖިލީހަށް އެންގުން މިކަން ކަން މަޖިލިސް އަށް ނުވޭތަ؟

  9. ސުމެއް

    ހައިލަމް ދެން މަޑުން ހުންނަވާ

    1
    24
    • ބަރަބޯ

      ނުޖެހޭމަޑުންހުންނާކަށް. އަދިމަޑަކުންނުވެސްތިބޭނަން. ނުހައްގުންއަނިޔާވެ ރިވެ އެއްވެސް ތާކުންތާކުނުޖެހޭ ބަޔަކުވެރިކަމުގެ ބާ ރުތަކުގެމައްޗައް އަތްގަދަކޮށް ހިތުހުރިހާކަމެއް ބޭނުންހާގޮތަކަށް ކު ރަމުންދާނަމަ މަޑުންތިބޭކަށް ނުވެސްޖެހޭނެ. ތާދުނިޔެއުމު ރައް ތިޔަބާ ރުލިބިއޮންނާނެކަމައް ހީވިޔަސް ބާ ރުދެއްވާފަ ރާތުން ވަގުތުޖެހުމާއެކުއެބާ ރުއަނބު ރާގެންދަވަާނެ. ކޮސްވެ ތެޔޮބޮލައް އަ ރާގެން ނޫޅޭ!!

  10. ނަޖްވާ

    ބާރުތައް ވަކި ކޮށްގެން ކަންނުވެ އޮތުންތަ މުހިންމީ، ނޫނީ ކަންކުރުންތަ މުހިންމީ؟ ބަލަގަ ޤާނޫނު އަސާސީ މަތިން އައި އެއްޗެއްތަ؟ އަހަރުމެން ހެދި އެއްޗެއް ދޯ އެއީ! ޤައުމަށް ފައިދާ ހުރި ކަންކަން ވަގުތުން ވަގުތަށް ކުރުން މުހިންމީ އެނގިއްޖެ!

    2
    15
  11. ހޫހޫ

    ތީ ވަކި ސަރުކާރެއް އޮތީމަ ދައްކާ ހޮޅިވާހަކަ. ޔާނު ހުރެގެން ތިހެން ވާނަމަ ހައިލަމި ހިރުވާތަން ކަހާވެސް ނުލާނެ. އަލްހަނު ދިން 2 ލައްކަ އެއީ ހަމަ ކީއްކުރަން ދިން އެއްޗެއްތޯ؟

    1
    5
  12. ދަވާލި19

    ހައިލަމް ވިދާޅުވެދެއްވަބައްލަވާ ޔާމީނުގެ ށަރީއަތުގެ ހުކުމް އިއްވަން ކުޑަތަންވެފަވަނިކޮށް ވައިބާ ގުރޫޕަކައް ފޮޓޯއެއްލައްވަވާ ސުލޫކީމައްސަލައެއް އުފައްދަވާ މަގާމުން އިސްތިއުފާދެއްވީ ކޮންބައެއްގެ ކޮންފަދަ ނުފޫޒަކާ ބިރުދެއްކުމެއް އޮވެގެންކަން