ގާނޫނާ ހިލާފަށް ކޯޓުގެ ބޭރުން 15 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނި ކޮށްގެން، އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ފުވައްމުލަކު ސިޓީން ކަމަށާއި އެ މީހާއަކީ މީގެ ކުރިންވެސް 18 އަހަރުން ދަށުގެ ކުދިންނާމެދު ގަދަކަމުން ބަދުއަހްލާގީ އަމަލަ ހިންގި ކަމުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރު ކުރި އިރު، މި މައްސަލާގައި 15 އަހަރުގެ ކުއްޖާގެ މަންމަވެސް ވަނީ ހައްޔަރުކޮށްފައެވެ. ކުއްޖާގެ މަންމަ ހައްޔަރުކޮށްފައިވަނީ އިހުމާލުވި ކަމުގެ ތުހުމަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަސަން

    ޢަދިވެސް ކުއްވެރިވާނީ ކަނޑުހުޅުދޫ މީހުން. ފުވައްމުލައް ވަކި ދެރަ ތަ؟ ޢެވަރު ބޮޑު ކަމެއއ ހިނގާތާ 5 އަހަރު ވީއިރު ރިޕޯޓުކޮށް ނުލާ! މިކަހަލަ ކިތައް ރަށް އޮންނާނެ؟؟

    27
    11
  2. ޢަލިބެ

    ކީއްކުރަން ހައްޔަރުކުރީ. ޒީރޯ ޓޮލަރެންސް ގެ ދަށުން ދޫކޮއްލާ.

    28
    4
  3. ޖުލައި

    ހޯރަ އިއްބެ ކުރީމާ އެވަނީ ބާލިޣުވެފަ ހުރި ބޮޑު އަންހެނަކަށް އަށާރަ އަހަރު ނުވިޔަސް ، އެހެން މީހަކު ކުރީމާ މިވަނީ ކުޑަކުދީންނާ ބެހުންކަމަށް. ވައި ޑަބަލް ސްޓޭންޑަޑްސް ؟ ހުރިހާ އެންމެނާ މެދުވެސް އިންސާފުވެރި ވާންޖެހޭ ، އަންނި އާ އިބޫގެ އަރިސް މީހަކަށް ވީމާ ދިވެހިރާއްޖޭގެ ގާނޫނު ނުހިނގާތަން މިފެންނަނީ ،

    13
    1
  4. ޙާލަތު

    ޞައްޙަ ކައިވެންޏެއް ކޮށްގެން ކުރިކަމަށްވާނަމަވެސް އެއީ ޖިންސީ ގޯނާއަށް ވާނެބާ؟؟؟ (!)

    11
    4
  5. ފިރި ނޮހޮރުއްޕާން ޓައިޓިސް

    މީހުން އިސްލާހުވާންޖެހެނީ ރައިސް ޔާމީން ނުވަތަ ކިނބޫ ސޯލިހަށް ޓަކައެއްނޫން އަމިއްލަ ނަފްސައް ޓަކައި ތަހްޒީބު ހެޔޮލަފާ އިންސާނަކަށް ވުމަށްޓަކައި ވަލު އޫރަކަށް މާތް ﷲ މަތް ކުރެއްވި ސިކުނޑި ދެއްވި އިންސާނާ ނުވުމަށް ޓަކައެވެ އަދި އެފަދަ އޫރެއް މުޖްތަމައު ގައި އުޅޭނަމަ ގާނޫނު އަރާ ހަމަ ކުރޭ . ހެޔޮލަފާ ދިވެހިން އެމީހަކު ސައިޒު ކުރުމަށް މަސައްކަތްވެސް ކުރަންޖެހޭ ޔުކުރޭން ގައި އުފެއްދި އިންޖިޖްޝަން އާ ބޭސް ވެސް ގެނެސްބަ އާމިނާ ބީ އާ ހަސަންތަކުރުވެސް ބައިވެރިވާންޖެހޭ

  6. ބއޔްަ

    ކީއްވެތަ ކުޑަ ކުދިންނާ އަޅައިގަނެގެން ނުނެއްޓިގެން ތިއުޅެނީ އަމިއްލަ އަމާ އުމުރުގެ މީހުންނާ އިންނަންވީނުން

    11
    1
  7. ސުވާލު

    ސައްހަ ކައިވެންޏެއް ކޮއްގެން ހުއްޓަސް ޖިންސީ ގޯނާ ކުރީޔޯ؟ ރޭޮޕް ؟ މަ ހީކުރީ ކައިވެނި ކުރީމާ ހަލާލް ކަމަށް !!!

    4
    2
    • ޤަމަރިއްޔާ

      15 އަހަރުގަ ސައްޙަ ކައިވެނި ކުރެވޭތަ؟ ހުރިހާ ޤައުމެއްގަވެސް 18އިން މަތި އޮންނަނީ

      1
      7