މަޝްރޫޢުތައް ކުރިއަށް ނުގެންދެވެނީ ކޯލިޝަންގެ ސަބަބުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ސަރުކާރު ހިންގުމުގައި ބައިވެރިވާ ކޯލިޝަން ޕާޓީތަކަށް ބޮޑު ތުހުމަތުތަކެއް ކުރައްވައިފިއެވެ.

ކ.އަތޮޅު ގުރައިދޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވަން މިރޭ އެރަށުގައި ބޭއްވި ޖަލްސާއެއްގައި ނަޝީދު ސަރުކާރު ހިންގާ ކޯލިޝަނަށް ފާޑުވިދާޅުވިއިރު ރައީސް ޞާލިހް ވެސް އެބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންހުންނެވިއެވެ.

ނަޝީދު ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަން ލަސްތަކެއް އުޅެނީ ބައެއް ކުންފުނިތަކާއި ބައެއް މިނިސްޓްރީތަކުގައި އެމްޑީޕީގެ ފިކުރުގެ ބޭފުޅުން ނެތުމުން ކަމަށެވެ.

"ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ވެރިކަން ކުރަމުން މިގެންދަނީ އިއްތިހާދަކުންކަން. ބައެއް ވުޒާރާތައް. ބައެއް ކުންފުނިތައް ހިންގަމުން ގެންދަނީ އެމްޑީޕީގެ ފިކުރުގެ ބޭފުޅުންނެއް ނޫން. އެހެންވެ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންތަކަށް ހުރަސްތައް އާދޭ. ރައީސް ކަމަކާއި މެދު ދެކެވަޑައިގަންނަވާ ގޮތާއި ކަންކަން ކުރިއަށް ގެންދަން ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތައް މަޑުޖެހުމެއް އާދޭ. ކޮންމެ ކުންފުންޏެއްގައި ހުންނަ ކޮންމެ ކާތިބަކަށް ވެސް އިރުޝާދެއް ދެއްވަން ރައީސް އަށް މިހާރު ޖެހިވަޑައިގަންނަވާ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެހެންކަމުން ތަކުރާރުކޮށް އާދޭހާއިއެކު ދަންވަން ބޭނުން ވަނީ ދިވެހިރާއްޖޭގެ ކަންކަން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފިކުރުގެ މީހުންނާއި ރައްޔިތުން ހަވާލު ކުރާށެވެ. "އަޅުގަނޑުމެންގެ އޮތީ އެންމެ މަޤުޞަދެއް. އެއީ ރައްޔިތުންގެ އާއްމު ހާލަތު ރަނގަޅު ކުރުން. އަޅުގަނޑުމެންގެ ވިސްނުމަކީ އޯގާތެރިކަން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ ބޮޑުހިލަ އާއި ކޮންކްރީޓް އަޅަމުން ގެންދެވިދާނެ ކަމަށާއި ނަމަވެސް އެއީ ތަރައްޤީ ނޫން ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަށް ސަމާލުކަން ލިބިފައިވަނިކޮށް އެކަމަށް އިޝާރާތްކުރައްވާ ނަޝީދު މިރޭ ވިދާޅުވީ ސަލާމަތްތެރިކަމާއި އެކު ތުއްތު ކުދިންނަށް ދިރިނޫޅެވޭނަމަ އެއީ ސަރުކާރު ހިންގަން ބޭނުންވާ ގޮތް ނޫން ކަމަށެވެ.

"55 މައްސަލަ ޝަރީޢަތުގައި ހުއްޓިފައި އެބައޮތް. ޖިންސީ އަނިޔާ ލިބިފައިވާ ކުދިންގެ އަދަދު މިނެކިރަން ނޭނގޭ. ތަރައްޤީ ވެފައިވާ މުޖުތަމަޢުއަކަށް ބަދަލު ކުރެވޭނީ ބޮޑު ހިލައަކުން ނޫން. ތަރައްޤީ ގެނައުމަށް އަޅުގަނޑުމެން އިންސާނުންނަށް ބަދަލުވާން ޖެހޭ. މާތްރަސްކަލާންގެ އަންގަވާފައިވާ ގޮތައް އަމަލުތައް ބަހައްޓަން އެބަޖެހޭ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައީސް ޞާލިހްގެ ނޭވާ ހިނގާހާ ހިނދަކު މިބާވަތުގެ ކަންތައްތައް ވަރިހަމަކޮށްގެން އެމަނިކުފާނު ނުހުންނާނެ ކަމަށާއި އިއްތިހާދަކަށް ވީނަމަވެސް މިކަންކަން ވަރިހަމަކޮށްގެން ނުތިބެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

 1. Anonymous

  އެހެންވީމާ ބުރުމާ ޤާސިމްް އާއި މައުމޫނު ހެދި މި ޤައުމު ތަރައްޤީ ނުވަނީ ދޯ

  62
  1
 2. ނަސިދު

  ކޯލިސަން ރޫޅައިފިއްޔާ އަލުން އިންތިހާބެއް ބާވަން ވާނެތާ ކޮލިސަނައްމަމެމް ވޯޓްދިނީ ވަކި އެމްޑީޕީވެގެން ނެއްނޫ

  72
  3
 3. ބޯ ހަލާކު

  ނޭނގޭ ވާހަކަ ނުދައްކަބަލަ!!

  39
  2
 4. އަބޫބޭ

  ފެއިލް ވެފަތިހުރީ ދެން ކޮން ބަހަނާތަކެއް ތި ދައްކަނީ.. ކަލޭމެން ގެ ރާއީސެއް ކަލޭމެންގެ 70 މަޖްލީސް މެންބަރުން ކަލޭމެންގެ މަޖްލީސް ރައީސް އެއް ދެން ކޮން ކޯލިޝަން އެކޭކިޔާމައް

  80
  1
 5. ބުރޯ

  ބަލަ މިހާރު މި ގޯސްވީ ޤާސިމް ފަކީރުދޯ.

  50
  1
 6. ޖޯން

  ވާނުވާ ނޭގެނީ

  35
 7. ނަސިފު

  ދެއަހަރު ވާންގައިވާއިރައް އިސްތިއުފާ ދޭބައިގަނޑެއް

  46
 8. ހައްވަ

  މަޖިލިީހުގެ މެޖޯރިޓީ ދޭށޭ އަހަރެމެން ހުރިހާކަމެއްކޮއްދޭނަމޭ ދިންނުކޮއްދެވުނު ދެންގުބޯނުހައްދާ

  56
  1
 9. ޢަލީކޮއި

  މިގައުމު މިހާ ލަތަށް ވެއްޓުނީ ކަ ލޭގެ ސަބަބުން

  57
 10. ޖޭޕީ މެންބަރެއް

  އެންމެންވެސް ޤާސިމް ބޭނުން ކުރަނީ ވެރިކަމަށް އަންނަން. ވެރިކަމަށް އާދެވެމުން ކޮންމެވެސް ބަހަނާއެއް ދައްކާ ޤާސިމް ބޭރުކޮއްލާ. މިހާރު ސަރުކާރުން މި ބުނަނީ ތަރައްޤީ ލަސްވަނީ ކޯލިޝަނާއި ހެދިކަމަށް. އެމްޑީޕީ ނަގާލާފަ ކޯލިޝަންގެ އެންމެ ގިނަ ހިއްސާ އޮންނަނީ ޤާސިމް ޕާޓީގަ އަދި މިދުވަސްވަރު ވަރަށް ގިނަ މެމްބަރުން ޖެޕީ އަށް ސޮއި ކުރާތީ އެމްޑީޕީ ބޭނުންވަނީ ރައްޔިތުން ޤަސިމަށައި ޖެޕީ އައިމެދު ނަފުރަތު އުފެއްދުން.

  38
 11. މޫސަ

  ދެން އަވަހަށް ބޮޑުވަޒީރަކަށް ވާންވީނު.

  30
 12. ދުންމާރި

  ހެޔޮނުވާނެރައްޔިތުންނޭ ވިސްނަވާ ވެރިކަންވެސް އެމީހުންނައް މަޖްލިސްވެސް އެމީހުންނައް ހިތަކައްދީގެން އުޅޭތާ އެއްއަނހަރުވީ ނާޤާބިލުސަރުކާރައް ރައްޔިތުންނައްކޮއްދެވުނު ކަމެއްނެތް ބަދަލުދިނުންފިޔަވާ އެވެސް ޕާޓީގެމީހުންނައް އެހެންވީމާ އާދޭހަކީ ކައުންސިލްއިންތިޚާބު މިބައިމީހުންނައް ނުދެއްވާށޭ ދެއްވިޔަސް އެއްވެސްކަމެއްނުކޮއްދެވޭނޭ ތަންތަން ވިއްކުންފިޔަވާ

  38
 13. ހާމަ

  ވެރިކަން ނުހިންގިގެން މިއުޅެނީ ކަލޭގެ ދުއްޕާނާ ހެދި

  47
 14. ޔސރ

  ނެތެއްނު ސަލާމަތެއް. އެކަމު ވެރިކަމަށް އާދެެވެނީ ކޯލިޝަނުން

  37
 15. ޙ

  ނުވަންޏާ ގެއަށްދޭ. ކަންކުރަން އިނގޭމީހުން މިގައުމުގަ އެބަތިބި

  46
 16. ޒީރޯ ޓޮލަރެންސް

  ވެރިކަން ލިބުނީ ކޯލިޝަންގެ ސަބަބުން. ނޫންނަމަ ނުލިބުނީސް. ވީމާ ކޯލިޝަންގެ ސަބަބުން މަޝްރޫއުތައް ނުހިންގޭނަމަ ގެއަށް ކަނޑާލާ. ސިމްޕަލް.

  27
 17. ކެޔޮޅު

  ރައްޔިތުންކައިރީ ތެދެއްހެދެންނެތިއްޔާ ގޭގައި އަންހެނުންކައިރީ ނަޑުންހުރެބަލަ!!

  17
 18. ށޮރީ

  މައުމޫނު ގާސިމު ޢިމްރާނު ކަލޭމެން 3މީހުން ދެންތިކަމުން ސަލާމެ ވެބަލަ ކަލޭމެން ބޮލުގަ ދެން ތިބަދުނާމު އަޅު ވާފަ ތިކަލޭގެ ރައިޔަތުމީހާ ބޯކާލާނީ ކަލޭމެން ބޭރު ވީމަ ޖަހަން އުޅޭ ސަކަރާޖެހޭނީ އޭރުންތިމީހުންގެ ސައިޒު ފެންނާނީ

  18
  1
 19. ޒަމް ޒަމާ ޒަމް

  ފެއިލް ފެއިލް ފެއިލް ރޯމަހެއްހެން ތެޅޭނި ކަމެއް ނެތް ފެއިލްވީ ފެއިލްވީ ފެއިލް ފެއިލް މުންޑު ބޮލުވާ އެޅުނީ

  19
 20. ތުމްސޭ

  މި ގައުމަށް ޖެހިފަ ހުރި އެންމެ ބޮޑު ހިމަބިހި!

  23
 21. ރަސީދު

  ރައްޔަތުންނޭ މަގުމައްޗަށް ނިކުންނަ ވަގުތު މިއޮތީ ޖެހިފަ،

  17
 22. ސޭޓު ބުރުމާ

  ތެދެއް. ސޭޓުގެ ބަލާ ވަރަށް ބޮޑު ވެއްޖެ. ސޭޓުގެ މިނިސްޓަރުންނަށް އެއްވެސް ކަމެއް ނުކޮށްދެވޭ. ސޭޓާއި ހެދި ބޮޑު ނޮހޮރޮއްޕާނެއް

  4
  17
 23. ޟމ

  ވެރިކަން ބޭނުންވީމަ ކޯލިޝަން އޯކޭ، ތަރައްޤީ ކުރަން ކޯލިޝަންގެ ސަބަބުން ހުރަސްއެޅޭ، މިކަލޭގެ މި ކިޔާ އެއްޗެއް ރައްޔިތުންނަށް ފަހުމްވޭތަ، މީނަ މިއުޅެނީ ބަރުލަމާނީ ނިޒާމަކަށް މިތަން ބަދަލު ކުރަން

  15
  1
 24. އަލީ

  މިޤައުމުގައި އިސްލާމްދީނާ ދުރު ގޮތްތައް އުފެދި ގައުމުގެ ޒުވާނުން މަގުފުރައްދާ ހަލާކު ވެގެން މިދިޔައީ ކަލެއާހެދި.. ތީ މިގައުމަށް ޖެހިފަ ހުރި ބޮޑު ބލއއ..... ވ ސަލާމް

  13
 25. އަޙްމަދު

  ކަލޭ މާމޮޅު މީހަކަވެ ނުވަތަ މާރަނގަޅު މީހަކަށް ވެގެން ކަލޭޕާޓީމީހާ ހޮވާކަށް ވޯޓެއް ނުދެން. ކޯލިޝަނުން އިބޫ އައިމާ އިބޫއަށް ވޯޓްދިނީ! އެވެސް އިލްޔާސްމެން ނުކުމެ އާދެސް ކުރުމުގެ ސަބަބުން ކުރެވުނު ކަމެއް! ދެން މިކަލޭގެ ހިމެނޭ އެއްވެސް ކޯލިޝަނަކަށް ވޯޓެއްނުދޭނަށް! ކޯލިޝަނަކާނުލާ ކަލޭމެންނަށް 50 ހާސް ވޯޓް ލިބޭނެ ކަމާއިމެދު ށައްކު!

  ޖޭޕީ އާއި އަދާލަތު ވަރަށް ވިސްނާތި މިކަލޭގެ މިކުޅެނީ އެންމެ ފަހުގެ ގޭމް. ބުރަކޮށް މަސައްކަތް ކޮށްގެންވެސް އެމްޑީޕީއަށް ކައުންސިލް މެޖޯރިޓީ ނުލިބި ވާނެގޮތަކަށް!

  11
 26. އަޙްމަދު

  އިބޫއަށް މިކަށް ނުކުރެވިގެން އުޅެނީ ނަޝީދުގެ ސަބަބުން!

  14
 27. ނައިބުތުއްތު

  އޭ މޮޔަގަނޑާއެވެ. ކަލޭ ރައްޔިތުންނަށް ހެޔޮއެދޭވަރު ވަރަށް ރަގަޅަށް ދިވެހިންނަށް އެނގޭނެއެވެ. 100% މުސްލިމުން އެންމެބޮޑަށް ބޭނުންވާ ކަމަކީ ސުވަރުގެ ވަނުމެވެ. ކަލޭ އުޅެނީ އޭޗެކޭ މީޗެކޭ ކިޔައިގެން ދިވެހިންގެ ޢަޤީދާ ބަލިކަށިކުރާށެވެ. ބޯންޖެހޭނޭ ބެވެންވާނޭ ނުބޮއެއް ސަލާމަތެއްނެތޭ ވަޙީއާއި ހަދީޘް ނޫން ގޮތެއް ހޯދަން އެބެޖެހޭ މާތް ރަސޫލާއަށް ޞަލަވާތްކިޔާކަށް މަށަކަށް ނުޖެހޭ ދެން ކަލޭ ދިވެހިންނަށް ހެޔޮއެދޭވަރު މިއޮތީ ފެންނާކަށްނޫންތަ. އޭ ކަލޯއެވެ. އެމްޑީޕީވެސް ހަލާކުވަނީ ކަލޭގެ ސަބަބުންނެވެ. މިއަދު އިބޫއަށްވެސް ކަލޯނެތްނަމަ ރަގަޅު ވެރިކަމެއް ކޮށްލެވުނީހެވެ. މުޅި ޤައުމު ހަލާކުކޮށް އިޖުތިމާޢީ ފޭރާން ކުދިކުދިކޮށް އިހްތިރާމް ނަގާލައި ފިތުނަ އުފެއްދީ ހަމަ ކަލެއެވެ. ފުރަތަމަ މައުމޫންނަށް ގޮޅާބޯ ގޮވުމުން ކަލޭފެއްޓި ޙަޔާތްގޮވުން މިހާރު މިވަނީ ޤައުމުގެ އަންބާއަކަށްވެ ފޯރީ ހިފާފައެވެ. މިހާރު ހަޑިވާހަކަތަކަކީ އެންމެ ހިނގާ އަދި ހަޑިހުތުރުބަހުން ވާހަކަދައްކާ މީހަކީ އެންމެމޮޅު ވާހަކަ ދެއްކުންތެރިޔާއަށް ވެއްޖެއެވެ. މި ހުރިހާ ކަމަކީވެސް ކަލޭ މިޤައުމަށް އުފަންކުރި ކަންކަމެވެ.

 28. ޢަންސާރު

  ބޮޑު ކައްޒާބު....

 29. ހުސެން

  ތިބޭފޅާގެ އަނގަޔާހެދި،ވިހަގަދަ ދުލުގެ ސަބަބުން

 30. ބޮލި މުލައް

  ކިތަންމެ ފުއްޕިޔަސް ނުކެރޭނެ ކޯލިޝަނުން ޖޭޕީ ބޭރުކުރާކަށް.

 31. އިންނު މުހައްމަދު

  ތަރައްގީއަކީ ނަށީދު ބުނާގޮތުން ނަމަ ރައްޔިތުން ފެލުން.

 32. ރައްޔިތުމީހުން

  ވެރިކަން، މަޖްލިސް، ޖުޑީޝަރީ، ކައުންސިލް އަދި މިނިސްޓްރީ ތައް.. ހުރިހާ ތަނެއް އެމްޑީޕީ ބޭނުން ވޭ އެބަ މަޝަރޫތައް ހިންގަން..

  ވޭތުވެ ދިޔަ ސަރުކާރުގެ މަްރޫތައް ހިނގީ ކިހިނެއްބާދޯ މި ހުރިހާ މުވައްސަސާއެއް ނުލާ..

  މާދަން ބުނާނެ އެމްޑީޕީ ފިކުރު ނުހުންނަ ރައްޔިތުން އުޅޭތީ އެއް ކަމެއްވެސް ނެތޭ ވާކަށް..

 33. ޒައިނަބު

  ހުރިހާވެސް ސުންޕާއަކީ މައުމޫނު! އެކަލޭގެ ބޭރުކުރޭ!

 34. އިނު

  މަޝްރޫޢިތައް ލަސްވަނީ ރައީސުލް ޖުމްހޫރިއްޔާ ނިންމަވާ ނިންމެވުން ތަންފީޒުކުރުމުގެގޮތުން ކައުންސިލަތަކަށް އެއްބާރުލުންދިނުމަށް ވުޒާރާތަކުން ބޭނުންނުވާތީ. ޚާއްސަކޮށް ޕްލޭނިން މިނިސްޓްރީގެ ވެރިން ބޭނުންނުވޭ ކައުންސިލްތަކަށް އެއްބާރުލުންދޭން. އެމިނިސްޓްރީން ބޭނުންވަނީ ފައިސާއާއި ބާރުތައް ވަށްކޮއްގެން ހިފެހެއްތުމަށް.

 35. ާސުރެން ސުރެން

  ކޯލިޝަނުގައި ބައެއް މިނިސްޓްރީތައް ހުރެގެން ތަރައްޤީ ނުކުރެވެނީ ކީއްވެގެންކަން ބުނެދޭނީ ކޮން އިރަކުން. ހަމައެކަނި ނުވެއޭ ބުނުމަކުން ޤަބޫލެއް ނުކުރެވޭ. ޢެތަންތަނުން ކުރާ މަސައްކަތުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ނުދެވޭނަމަ އެކަން ކޯލިޝަންގެ ޕާޓީތަކަށް ނާންގަނީ ކީއްވެ. އެމެޑީޕީއާއި ކިޔާލު ތަފާތުވާނަމަ އެކަންވެސް ރައްޔިތުންނަށް ހާމަ ކޮށްދީބަލަ. މިހާތަނަށް މަށަށް ފެނިފައިވިނީ މީނަހަދާ ދޮގާ އޮޅުވާލުން ހައްދުން ނައްޓާލާފައިވަނިކޮށް

 36. ޒައިދު

  މި ނުލަފާ ކައްޒާބުގެ ކިބައިން ދިވެހި ގައުމު ސަލާމަތް ކުރައްވާނދޭވެ. ދުނިޔޭގަވެސް ހެޔޮ އާޚިރަތުގަ ހެޔޮ އޮތީ އިސްލާމް ދީނަށް އުޅެގެން

 37. ޖ

  ދައުލަތުގެހުރި ހުރިހާފައިސާއެއްކާ ހުސްކޮލާފި ދެންފެންނާނީ އެއެއްޗެކޭ މިއެއްޗެކޭކިޔާފަ އިސްތިއުފާދިންތަން ޔާމީނުގެ ސަރުކާރުން ރާއްޖޭގެ ކަންތައްތައް ނުލާހިކުރަގަޅައް ކުރިޔައް ގޮސްފައޮއް ވާ ރާއްޖެއައް ވެއްޓިގަނެގެން މުޅިމިތަން ހަލާކު ކޮއްލާފި.

 38. ސަރިފާ

  ކޮން ތަރަންޤީއެއް މި ނަޝީދުއަށް މި ޤައުމަށް ގެނެވުނީ ކުރެވުނުހާ ކަމަކީ ލާދީނީ ފިކުރު ތަޢާރަފުކުރުން

 39. މީޒްލީ

  ޖޯކަރ އޮފް ބެޓްބޭން ފިލްމްސް ...!

  2
  1
 40. މުހަންމަދު

  ތިމާމީހާ ލާދީނީ ވެގެންގޮސް ކިޔޭ ނުކިޔޭ އެއްޗެއް ނޭގޭ ވެރި ކަމުގަ ސުޕަރ ޕަވަރ މެޖޯރިޓީ ލިބުނު އިރުވެސް ވައުދުތައް ނުފުއްދޭ ރައްޔިތުނ ފެލައިގެން ދައުލަތައް އާމްދަނީވެސް ހޯދަނީ ތި ސުޕަރ ޕަވަރ މެޖޯރިޓީ ރައިސް ޔާމީން އަން ދިން ނަމަ ރާއްޖެ ނުދެކޭ ފަދަ ތަރައްގީ ހޯދަދޭނެ.

 41. Anonymous

  ކެނެރީގެ ޤައްދާރު ކަލޭ ޤާސިމް އާއި ކުޅެން ނޫޅެއްޗޭ. މި ސަރުކާރުގެ 75 ޕަސެންޓަކީ ޖޭޕީ