މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލް އަށް އިންޒާރުދިން ކަމަށް ބުނެ ހައްޔަރުކުރި ޒުވާނާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

އޭނާގެ މައްޗަށް ކޮށްފައި ވަނީ ބިރުދެއްކުމުގެ ދައުވާއެވެ. އެ ދައުވާ އުފުލާފައި ވަނީ ޏ، ފުވައްމުލައް ހޯދަނޑު އަލީ ރަވާއު މުހައްމަދު އިބްރާހިމް ގެ މައްޗަށެވެ.

އޭނާގެ މައްޗަށް ބިރުދެއްކުމުގެ ދައުވާ އުފުލާފައި ވަނީ، ޝަހިންދާގެ ވީޑިއޯ އެއް ރީޓްވީޓު ކުރަމުން "... މަރާލަން ފަހެއް ނުޖެހޭނެ" ކަމަށް ބުނުމުންނެވެ. ނަމަވެސް އޭނާގެ ޓްވީޓުގައި އެއްވެސް މީހެއްގެ ނަމެއް ޖަހާފައެއް ނުވެއެވެ.

އެމައްސަލައިގެ ޝަރީޢަތް ފަށަން މިހާރު ވަނީ ތާވަލް ކޮށްފައެވެ. އެ އަޑުއެހުން އޮތީ އަންނަ ހޯމަ ދުވަހުގެ 10:45 އަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައެވެ.

އެ މައްސަލާގައި ރަވާއު ހައްޔަރުވެސް ކުރިއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު 26 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ތެދު

    ﷲއަށް އުރެދޭމީހުން އިއްޒަތުގަ..އިންޒާރުދޭމީހާ ހައްޔަރުގަ..ވައިޔާޒްބިﷲ..!؟!

    58
    15
  2. ޙުސައިން މ. މުލި

    ލާދީނީ
    ލާދީނީ

    63
    15
  3. ރައްޔިތުން

    ލާދީނީ މީހުން ހިމާޔަތް ކުރާ ލާދީނީ ވަގު ސަރުކާރު އިސްތިއުފާ ޝަހިންދާ އަކީ މުރުތައްދެއް ލާދީނީ އެއް އަންނިއާ އމޑއނ އައްް ހަޖަމް ނުވިޔަސް ބުނާނީ ލާދީނީ އޭ

    59
    14
  4. علي وحيد

    ކޮބާ ديني علم ވެރިންނޭ މިއޮތީވާ ކަމެއް علم ވެރިން މަޑުމަޑުން ތިބެނީތަ މިއޮތީވާ ސަރުކާރެއް

    58
    15
  5. އަޅޯބަޅޯ

    ކަންނިމުނުއިރު މުރުތައްދު މިވީއައްޔަތާ. ކަލޯއައްޔާ މިބުރު ރިބުރޯޑުުކާސްޓިންގެ ކުށްވެސް ކަލޭގެ މައްޗަށް ސާބިތުވާނެ. ފޫގަޅާލާ ތައްޔާރަށްހުރޭ.

    41
    15
  6. ހަތަރެސްކަން ހަމަވީ

    ގައުމުގެ ވެރިކަން މުނާފިގުންނާ ހަވާލުކޮށް އަދުލު އިންސާފު ގާއިމުކުރަން މުނާފިގުންގެ އަތަށް ދިނީމަ ފަސާދަ އިތުރުވާނެ. ހަރުބީ ކާފަރުންނަށް ވުރެ މުނާފިގުންގެ ނޮހޮރުއްޕާންކަން މުސްލިމުންނަށް ބޮޑުވާނެ.

    48
    16
  7. ދޮން ހަސަނު

    ސަހިންދާއާއި ދިމާޔަށް ބަލާލިޔަސް އަދި އޭނަ ހިންގާ ޖަރީމާތަކުގެ ވާހަކަ ދެއްކިޔަސް އެކަމާ އެއްޗެއް ބުނެފިއްޔާ އެމީހަކު ޖެހޭނެ އުލު ބައިންދާން ސަހިންދާއަކީ އިންސާނުންގެ ދަރަޖައަށްވުރެ މަތީގަ އެމްޑީޕީން ގެންގުޅޭ މީހެއް އެކަހަލަ އެތައްބަޔަކު އެބައުޅޭ އެއީ އެމްޑީޕީ ސަރުކާރުން ހިމާޔަތްކޮށްފަވާ ބައެއް އެމީހުންނަކާ ނުކުޅެވޭނެ

    44
    17
  8. އަލީ

    ފިރިސޮރު އެބަ ހިންގާލައެއް ނު. ދައުވާ ނިކަމެތިން މައްޗަށް. އިންސާފު އޮހެނީ ހަމަ.

    45
    15
  9. Anonymous

    ލާދީނީ ހުރިހާ ކަމެއް މެކުހައް. ދީނައް ފުރައްސާރަ ކުރާ އެއް މުރުތައްދަކައްވެސް ފިޔަވަޅެއް ނޭޅޭނު.

    44
    15
  10. ޓަބީ

    އޭނަގެައްޗައް މުޅި ގައުމު ދައުވާ ކުރަން ވީނު

    11
    23
  11. ބަދު

    ޔާ ﷲ އެމްޑިޕީގެ އިސް ސާފު ގައި އިސްލާމް ދީނަށް ފުރައްސާރަ ކޮށް އަނިޔާ ދޭ މީހުންނަށް ނުބައި ބައްޔެއް ޖައްސަވާށި

    38
    16
  12. ކޮރަލް

    ޖަވާބު ދާރީ ވާން ޝަހިންދާ މާލެ އަންނަން ޖެހެ އެވެ.

    34
    15
  13. ހުސޭނުބޭ

    ދަތްތައް ދިލުވައިގެން އެއިނީ ޖަޕާނު މީދަލެއްގެ ފޮޓޯތަ؟

    22
    8
  14. މޖ

    ޝަހިންދާ އަށް ދައުވާ ނުއުފުލިގެން އުޅެންޖެހޭ ސަބަބު ރައްޔިތުންނަށް ސާފްކޮށްދެންޖެހޭ

    30
    8
  15. ނަން

    މި ފުރޭތަގެ މައްސަލަ ނުބެލެނީތަ؟ މި ފުރޭތަ ހައްޔަރު ކުރަން އިންޓަޕޯލް އަށް ހުށަ ނޭޅެނީތަ. ތި ފުރޭތަ އަކީ ލާދީނީ އޭޖެންޓްއެއް. މި ފުރޭތަގެ ވަޒީފާއަކީ އެއްޖިންސުން ގުޅުން ހިންގާ، ދީން ދޫކޮއް ގަބޫލު ނުުކުރާ މީހުންގެ ހައްގޭ ކިޔައި އެ މީހުންގެ ހިމާޔަތްދީ މި ޤައުމުން ޤަބޫލް ކުރާ ބައެއް ގޮތުގައި ހެދުން. އަދި އެހެން ދީންތަށް މިގައުމަށް ގެނައުން. މި އިންސާނީ ހައްގޭ ކިޔަނީ މިކަމުގައި. މި ފުރޭތަގެ ފަހަތުގައި ދައުލަތް ހިންގާ އެމް.ޑީ.ޕީގެ ވެރިން އެނބުރެނީ ހިމާޔަތް ދެމުން. މިއީ ޤައުމީ ނުރައްކަލެއް. ނަސީދު އައި މި ލާދީނީ މީހުން ކިބައިން މިޤައުމު މިންޖު ކުރަންޖެހޭ..

    17
    3
  16. ޔަމަން

    ހަރުކަށި ފިކުރުގެ މީހުންނޭ ބުނެ ބިރުދައްކަން ބޮޑު ފައުޖުތައް ބަޑިހިފައިގެން ރަށްރަށަށް އަރައި ކޮންމެ ކަމެއްކުރިޔަސް ރަނގަޅުވާނެ އެކަމާ ދައުވާއެއްނުކުރެވޭނެކަމަށްވަނީ ނަމަވެސް ޝަހިންދާއަށް ބިރުދައްކައިފި ކަމަށްވަންޏާ ދަޢުވާކުރެވޭނެ އެއީ ލާދީނީ މީހަކަށްވާތީ މިހިރީ ހަމަޔަކީ

    13
    4
  17. Anonymous

    މިކަހަލަ މުރުތައްދުން މިސަރުކާރުގައި ތިބީ މަތިން ފެށިގެން ތިރިއައް

    21
    5
  18. Anonymous

    ފިރިސޮރު ޕީޖީއަކަށް ހުރެ ދަޢުވާ އުފުލުން. ހަހަހަހަ
    ކިތައް މީހުންނަށް ބިރު ދައްކާ އެކަމު ދަޢުވާ އުފުލޭތަ

    15
    4
  19. އެމް މެމް ޕީ އާރު ސީ

    ރޭޕް ކުރި މީހުން ސީދާ ފާޅުގަ ގޮވަމުން ދިޔަ އިރު ސަރުކާރުން އަޅައެއް ނުލާ..
    އެކަން ޝަހިންދާ އަށް އިންޒާރު ދިނީމަ އެގޯސްވީ،،،،

    ހަގީގަތަކީ ރޭޕްކުރެވުނު ތުއްތު ކުއްޖާގެ ދިފާއުގައި އެފަދަ ބަސްތަށް އޯކޭވެފަ
    މާތް ﷲ އާއި ރަސޫލާ(ސއވ) އަށް ފުރައްސާރަ ކުރި މީހަކަށް މަރުގެ އިންޒާރު ދިނުމުން އެހާ ސީރިއަސްވީ ކީއްވެބާ؟

    ނޯޓް: ރޭޕް ކުރިމީހުން ކުރި ކަންތައް ރަގަޅު ކުރަނީ އެއް ނޫން... އެމީހުންގެ މައްޗައް ކުށް ސާބިތު ވެއްްޖެނަމަ މަރުގެ ހުކުމަކީ އެއްމެ ރަގަޅު ހުކުމް ކަމަށް ގަބޫލް ކުރަން

    11
    1
  20. ޢަހަރެން

    ބުަނަން ވަާހަކައެއް ސަހިންކޯ....
    މާ އިނޮސެންޓު ވައްތަރު ޖައްސަން، ފާޑުފާޑުގެ އިސްޓަންޓު ޖައްސަން ނޫޅުނިއްޔާމު ރަނގަޅުވާނީި..
    ތި އުޅެނީ އަމިއްލައަށް ބޮނޑި ބޯން..

    11
    1
  21. ކިނޮޅަހު ބޭރި

    މި ހަޑި، ނުތާހިރު، މުޑުދާރު އަންހެނާ ﷲ އަށާއި އެކަލާންގެ ރަސޫލާއަށް އުރެދުނު ކަމުގެ ކުށުގައި ނިކަން ދަޢުވާ ކޮށްބަލަ. ކިހާ ބޮޑު ބަލާއެއް.

    3
    1