ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މި ޕްރޮގްރާމް ހުރިހާ ރަށެއްގައިވެސް ޢާއްމުންނަށާއި ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް ހިންގިފައިވެާ ކަމަށެވެ.

މި ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައި ވަނީ، ޖަނަވަރީ 12 އިން 17 އަށެވެ. މި ޕްރޮގްރާމްގެ ތެެެރެއިން ޑޯރ ޓު ޑޯރ ހަރަކާތްތަކާއި، ދަރިވަރުންނަށް ދީނީ ނަޞޭޙަތް ދިނުމަށް ހާއްސަ ހަރަކާތްތަަކާއި، ޢާއްމުންނަށް ދީނީ ނަޞޭޙަތް ދިނުން ކުރިއަށްގެންގޮސްފައި ވެއެވެ.

މީގެ އިތުރުން، ހދ އަތޮޅުގެ ހުރިހާ ރަށެއްގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތައް މިހާރު ދަނީ ކުރިއަށެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު މި ޕްރޮގްރާންތައް ފެށިއިރުު،ފެބްރުއަރީ 8 ގެ ނިޔަލަށް މި ޕްރޮގްރާމްތައް ކުރިއަށްގެންދާނެއެވެ،

މި ޕްރޮގްރާމް އެ އަޮތތުގެ ހުރިހާ ރަށެއްގައިވެސް ޢާއްމުންނަށާއި ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދެވޭނެއެވެ.

މި ޕްރޮގްރާމްގައި ޑޯރ ޓު ޑޯރ ހަރަކާތްތަކާއި، ދަރިވަރުންނަށް ދީނީ ނަޞޭޙަތް ދިނުމަށް ހާއްސަ ހަރަކާތްތަަކާއި، ޢާއްމުންނަށް ދީނީ ނަޞޭޙަތް ދިނުން ކުރިއަށްގެންދާނެއެވެ.

އަދި އިއްޔެ މާފުށީ ޖަލު އަދި ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ދީނީ ނަޞޭޙަތް ދެވިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޟަރުދީ

    އަދި މި ބައިޑަށް މި ކަންކުރަން އެގުނީ. މީވެސް ޖަހާ މަ ކަރެއް. ޥިސްނާތި. މީސްތަކ ކުންނޭ