ކަރަންޓާއި ފެނުގެ ޚިދުމަތްދޭ ސަރުކާރުގެ ކުންފުނި ފެނަކަ ކޯޕަރޭޝަން އިން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ފަށައިފިއެވެ.

ކުއްލިގޮތަކަށް އިއްޔެ އާއި މިއަދު ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށް ފެނަކަ އިން ވަނީ އެމުވައްޒަފުންނަށް ޗިޓް ފޮނުވާފައެވެ.

ވަޒީފާ އިން ވަކިކުރި ހުރިހާ މުވައްޒަފުން ވެސް ވަޒީފާ އިން ވަކިކުރި ސަބަބެއް ކަމަށް ޗިޓްގައި ލިޔެފައި އޮތީ ކުންފުންޏަށް ގެއްލުމެއް ލިބިދާނެތީ ވަޒީފާ އިން ވަކިކުރީ ކަމަށެވެ.

ވަޒީފާ އިން ވަކިކުރި ގިނަ މުވައްޒަފުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އެމީހުން ވަޒީފާ އިން ވަކިކުރީ އިދިކޮޅު ޕީޕީއެމްއަށް އެމީހުން ނުވަތަ އެމީހުންގެ އާއިލާ މެންބަރުން ތާއިދު ކުރާތީ ކަމަށެވެ.

ވަޒީފާ އިން ވަކިކޮށްފައިވާ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ އިންޖީންގެތަކުގައި ޑިއުޓީ އަދާކުރާ މުވައްޒަފުންނާއި ސްޕަވައިޒަރުންނެވެ.

ށ.ބިލަތްފަހީ އިންޖީންގޭގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައި ވާއިރު އޭގެ ތެރޭގައި 30 އަހަރު ދުވަސް ވަންދެން ކަރަންޓާއި ބެހޭ އެކި ވަޒީފާތައް އަދާކުރި މުވައްޒަފަކު ވެސް ހިމެނެއެވެ.

ބިލަތްފަހީ އިންޖީންގެ ހިންގުމާއި މިހާރު ހަވާލުވެ ހުރީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ފަރާތުން ވާދަކުރާ ކެންޑިޑޭޓެކެވެ. ވަކިކުރި މުވައްޒަފުންގެ ތެރެއިން އެކަކީ ކައުންސިލް އިންތިޚާބުގައި ޕީޕީއެމް ފަރާތުން ވާދަކުރަން ތައްޔާރުވަމުން އަންނަ މީހެކެވެ. ވަޒީފާ އިން ވަކިކުރި ދެ މުވައްޒަފުންގެ އާއިލާ އަކީ ވެސް އެރަށުގައި ޕީޕީއެމް ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހުން ގިނަ ދެ އާއިލާއެވެ.

ކަނޑުހުދޫ ފެނަކަ މުވައްޒަފަކު ވެސް އިއްޔެ ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ. އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ދެއަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގެ މައުލޫމާތު ނޫސްވެރިން ހޯދަން އުޅުމުން ނޫސްވެރިންނަށް އެހީވެފައި ވާތީ އޭނާ ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ކުރިން ދިނުމަށް ފަހު އެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް ސިޔާސީ މަޤުޞަދެއްގައި މީހަކު ވަޒީފާ އިން ވަކިނުކުރާނެ ކަމުގެ ވައުދު ތަކުރާރުކޮށް ވެވަޑައިގެންނެވުމަށްފަހުއެވެ. ނަމަވެސް ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނަކަ އިން އެކަނިވެސް އެތައް ސަތޭކަ މުވައްޒަފުންނެއް ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކާފަބޭ2020

    މިހާއޯގާތެރި ސަރުކާރަކުން ތިޔަފަދަކަމެއް ކޮށްފާނެބާ؟ ޓިޔަކަނޑާލިމީހުންގެސަބަބުން އައްޑޫގެ ފެންބިލުންއުނިކުރިބައި ހަމަޖެހޭނެދޯ؟ ކައްތިރިވިއްދައިގެންތިބި 3ބޭފުޅުންނަށް ބޯކޮށްސަލާމް!!!

    68
    5
  2. ޔާމިން

    ތިހަމަ ކުރަން ލަސް ވެއްޖެ ކަމެއް އަޅުގަޑު ވަރައް ތާއީދު ހަމަ ވަކި ކުރަން ވީ

    22
    95
    • ކަނަމަނަ

      ކަލޯތިހުރީހިދިކޮޅުއައިސްފަދޯ؟؟؟

      27
      3
  3. ކުންފުނި

    ގެއްލުމެއް ލިބިދާނެހެން ހީވާ މީހަކު ބެހެއްޓުމުގެ މާބޮޑު ބޭނުމެއްނެއް

    17
    67
  4. ޟަމީމު

    މީހަކަން ދެރައެން އެދޭމީހުން އެމްޑީޕީގަ ގިނަވާނެ

    41
    4
  5. ކާޅުކެއަސް ސޮއްނުގޮވާ

    ވެއްޓުނު ރާޢިސް 3 އަހަރުދުވަހުގެ ތެރޭގައި ވެސް ކުރި މައްސައްކަތަކީ ތިޔައީ. ސަރުކާރުގެ އެކިއެކި ވުޒާރާތަކާ ކުންފުނިތަކުގައި ތިބި ދުވަސްވީ މުވައްޒަފުން ވަކިކުރުމާ އެމަޤާމްތަކަށް އެމް.ޑީ.ޕީ ލާޖެހި މީހުން ވެއްދުން. ފުރަތަމަ ސަރުކާރާ ޙަވާލުވެ ކުރި މަސައްކަތަކީ ސިވިލް ސާރވަންޓުންނަށް ބިރު ދެއްކުން. އޮފީސް ތަކަށް ސިވިލް ސާރވިސް މީހުން ފޮނުވައިގެން 2018 ގަ ރައީސް ޔާމީން އަށް ކެމްޕެއިން ކުރުރިތޯ އާއި ކެމްފެއިން ކުރަން ދިޔައީ ކޮންބައެއްތޯ ބަލާ ފިޔަވަޅު އެޅުން. މިހާރުވެސް މުވައްޒަފުންނަށް ބިރު ދައްކައިގެން އަނގަބަންދުކޮށްފަ ތިބެގެން ބޮޑެތި ކޮރަޕްޝަންތައް ހިންގާލަނީ . މިހެން ކަންތައް ކުރަމުން ދާއިރުވެސް ހިތާހިތާ ގުޅިގެން މިލާދީނީ ކަންކަން ކުރިއަރުވަން އުޅޭ މީހުންފަހަތުގަ ޝަހާދަތް ކިޔައިގެން ތިބި ބަޔަކު އުޅޭތީ ހައިރާންވޭ!!!!

    21
    2
  6. ކަނަމަނަ

    ޢަދިވެސް އެމްޑީޕީފަހަތުންދުވޭ ރަގަޅައްތިވަނީ މިފަހަރު އެއްޗެއްވިސްނޭނެ

    23
    1
  7. ކޮރޯނާ

    ކަނޑަން ވީމަ ކަނޑާނެ

    6
    21
  8. Anonymous

    ސޯލިޙަށް ބުނެލަން އޮތީ "ވަޢްދާއި ހުވާ ކުރާނެޔޭ އެހަނދާން ނެތޭނެޔޭ

    28
    1
  9. ޢާރު

    ސާލިހު ވެރިކަމެއް މީ! ޢެނޫން ވެރިކަމެއްގައި ދެން ކިހާވަރެއްވާނެ!

    16
  10. Alibe

    ހާދަހާ ވޯޓެކޭ ތިޔަހޯދަނީ ކައުންސިލް އިންތިހާބަށް