އދ އިން ވަނީ ޕްރައިމަރީއަކާއި ނުލައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ ޓިކެޓް ދީފައި ކަމަށް މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ އިސް މަގާމެއް ފުރުއްވަމުން ގެންދަވާ އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް އދގެ އިންސާނީ ހައްގުތަކާ ބެހޭ ގުރޫޕުން ނިންމެވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ.

އައްބާސް ވިދާޅުވީ ޕާޓީ ޕްރައިމަރީއަކާއި ނުލައި އދ އިން ރިޔާސީ ޓިކެއްޓް ދިން ފުރަތަމަ ލީޑަރަކީ ނަޝީދު ކަމަށެވެ. މިވެސް ޑިމޮކުރަސީތޯ އޭނާ ސުވާލު ކުރެއްވިއެވެ.

https://twitter.com/AbbasRiza/status/986117869594329088?ref_src=twcamp%5Ecopy%7Ctwsrc%5Eandroid%7Ctwgr%5Ecopy%7Ctwcon%5E7090%7Ctwterm%5E3

އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް ނިންމި ނަމަވެސް އެ ނިންމުން ބަލައި ނުގަންނަ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އުވާލައި، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތުތައް އަލުން ދިރާސާ ކުރުމަށް ފަހު، ދައުވާކުރަން ޖެހޭ ނަމަ، އަލުން އިންސާފުވެރިކަމާ އެކު އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ކުރުމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީ އިން ބުނެފައިވައިވެއެވެ.

އަދި އެގުރޫޕުގެ ނިންމުން 180 ދުވަހުގެ ތެރޭގައި ތަންފީޒުކުރެވިފައިވާ މިންވަރު ހާމަކޮށް ކޮމިޓީއަށް ޖަވާބުދާރީވުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޓީ އިން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަޝީދު

    މިއީ އިނގޭތޯ ޑިމަކުރަސީ އަކީ! ޔަހޫދީން ބޭނުންވާ ގޮތް އެއީ ޑިމަކުރެސީއަކީ!

  2. މޫސާ

    ތިތަނުންވެސް ރަނގަޅު ވާހައެއް ބުނެފިއްޔާ ޤަބޫލު ކުރާނަން. އެކަމަކު ބުނާހާ އެއްޗަކަށް ބޯނުލެނބޭނެ. ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ މީހަކު އެއީ މިޤަވްމުގެ ރައީސް އޭ ބުނީމަކަ އެއެއް ޤަބޫލެއް ނުކުރެވޭނެ.

  3. ނައިންޓީ

    މިހާރު ވަރަށް ރީތިކޮށް ސާފުވެއްޖެ ޔޫއެން ބޭނުންވަނީ ކޮން ކަމެއްކަން. ގައުމެއްގެ ގައުމިއްޔަތު އެގައުމެއްގައި ދެމި އޮވެ ގައުމެއް ކުރިޔަށްދިއުމަކީ ޚާއްޞަކޮށް މުސްލިމްގައުމެއް ކުރިޔަށްދިއުމަކީ ޔޫއެން ބޭނުންވާ ކަމެއްނޫންކަން ވަރަށް ސާފު. ތިޔަށް ވުރެން މާތާހިރުވާނެ އަތުޖެހުނު އެއްޗެއް އަޅައިން ރިހަކެއްކިއްޔާ. ޔޫ އެން އަކީ ޔަހޫދިއްޔަތު. ދިވެހި ގައުމަކީ ޔަހޫދީ ގައުމެއްނޫން. އަދި ކައި ރި މުސްތަގްބަލެއްގައި ޔަހޫދިއްޔަތަށް ތަބާވާނެ ގައުމެއްވެސްނޫން. އެކަމާ ޔޫއެން އިންޑިޔާ ވެސް ހަސަދަ ކަން މިހާރު ސާފުވެއްޖެ.

  4. އަލިފުދާލުކާފުލާމު

    ތިޔަ ބުނާ ތަނުން އިންސާނީ ޙައްޤުތައް ބޮލާލާޖަހާ ފާޅުގައި ބޮޑެތި ޖަރީމާތައް ހިންގާ ޤަވްމުތަކާ ދޭތެރޭ ޗުއްޕުވެސް ލައްވާނުލައި އެތިބެނީ ކީއްވެ. މިކުޑަ ޤަވްމުގެ ވަކި މީހަކަށް ޙައްޤު ހޯދާދޭން އެއުޅެނީ މޮޔަވެގެންތަ؟

  5. ސާބަސް

    16 އޮކްޓޫބަރ 2018 ގައި ދިވެހި ސަރުކާރުން ޖަވާބުދޭންޖެހޭ.

  6. ޅަސޮރު

    އަދި މަދުކުރޭ. އަދިބަދަލުވެދަނެ އިނތިހާބަކާނުލާ ރައީސަކަށްވެސް.