މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހިގެން މަރުވި ރައުޝަން ޖިއާންގެ މަންމަ، ޑރ. ފަރުޒާނާ ހުސެއިންގެ ވާހަކަތަކުން ކޮންސްޓްރަކްޝަން ދާއިރާގެ އިސް ބޭފުޅުން މިއަދު ފެންކަޅިކޮށްލައިފިއެވެ.

ޑަބްލިއު ކޮންސްޓްރަކްޝަނުން މ. ނަލަހިޔާ ކައިރީގައި ހަދަމުން އައި އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝް އަށް އުފަން ޖިއާން މަރުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ހާދިސާއާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަނާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު ވެސް އެޅިއެވެ. އަދި އެކަމުގައި އިހުމާލުވާ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހުކުމް ވެސް ކުރިއެވެ.

ޖިއާން މަރުވި މައްސަލަ އަކީ މުޅި ރާއްޖެ ސިއްސުވާލި ހިތާމަވެރި ހާދިސާ އެކެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ޑރ. ފަރުޒާނާ ފަށަމުން ވެސް ވިދާޅުވީ ޖިއާން މަރުވި ހާދިސާގެ ސަބަބުން ލިބުނު ހިތްދަތިކަން އަދިވެސް ކުޑަ ނުވާ ކަމަށެވެ. އުމުރުން އަށް އަހަރުގައި ވެސް ޖިއާނަކީ ވަރަށް ފޮނި ހުވަފެންތަކެއް ދުށް ކުއްޖެއް ކަމަށާއި އޭނާގެ ހަނދާންތައް ފަނޑު ނުވާނެ ކަމަށް ވެސް ޑރ. ފަރުޒާނާ ވިދާޅުވިއެވެ.

" މީހުން ބުނޭ ގިނަ ދުވަސްވާ ވަރަކަށް ހަނދާން ނެތޭނެއޭ. ހަނދާނެއް ނުނެތޭ. ކޮންމެ ދުވަހަކު އަހަންނަށް ރޮވޭ. ދިރިއުޅުމަށް ހިތްވަރެއް ނެތް. އަހަރެން ބޭނުން ވަނީ ވީހާވެސް އަވަހަށް ޖިއާންއާ ބައްދަލުވުން. ކޮންމެ ދުވަހަކު ވެސް ނަމާދު ކުރާ އިރު އަހަރެން ކުރަނީ ދެ ދުއާއެއް. އެއީ އަހަރެންގެ ކުޑަ ދަރިފުޅުގެ ހާލު ރަނގަޅުވުމަށް. ދެން މިފަދަ ކަމެއް އިތުރު އެއްވެސް މީހަކަށް ނުވުން." ޑރ. ފަރްޒާނާ ގިސްލަ ގިސްލާފައި ކިޔައި ދެއްވިއެވެ.

ޑރ. ފަރުޒާނާގެ ވާހަކަތައް ފެށި އިރު ކަނުލާ އަޑުއަހަން ތިބި އިންޑަސްޓްރީގެ ބޭފުޅުން އޭނާގެ ވާހަކަ ކުރިއަށް ދިޔަ ވަރަކަށް އިސް ޖެހިއެވެ. ޑރ. ފަރުޒާނާގެ ވާހަކަ ނިމުނު އިރު ވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ތިބީ އިސް ޖަހައިގެންނެވެ. މަޔަކާއި ދަރިއަކާ ވަކިވުމުން ކުރަން ޖެހުނު ހިތްދަތި އިހުސާސްގެ ވާހަކަ ޑރ. ފަރުޒާނާ ކިޔައި ދިން އިރު، ފެންކަޅި ނުވާ މީހަކު ނެތެވެ.

ޖިއާން ގެ މަންމަ ވާހަކަ ދައްކަވަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ހިފެހެއްޓުމެއް ނެތް ކަރުނަ އާއެކު ޑރ.ފަރުޒާނާގެ ވާހަކަތައް އޭރު ކުރިއަށް ގެންދިޔައިރު ހަތަރުކަޅި ހަމަކޮށްލަން ކެރުނު އެކަކުވެސް ނެތެވެ.

ޑރ.ފަރުޒާނާ ވަނީ ޖިއާންގެ އުންމީދުތަކާއި އޭނާގެ މިޒާޖާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފައެވެ.

"ޖިއާން ބޭނުންވި ޕައިލެޓަކަށް ވާން. އެތްލީޓަކަށް ވާން. ތިމާވެށީގެ އެކްޓިވިސްޓަކަށް ވާން. ޓީވީ ޕްރެޒެންޓަރަކަށް ވާން. މި ހުރިހާ ކަމެއް ކުރަން ބޭނުންވާ މީހަކު އެނގޭތަ؟ ޖިއާންއަކީ ސިމެންތި ބަސްތާއަކުން ޖެހި މަރުވި ކުއްޖެއްގެ ގޮތުގައި އެނގެން ޖެހޭ ކުއްޖެއް ނޫން. އޭނާ އަކީ އުފާވެރި ކުއްޖެއް. ހުވަފެންތައް ދުށް ކުއްޖެއް." ޑރ.ފަރުޒާނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ޖިއާންގެ ބައްޕަ މުހައްމަދު ކަމާލުއްދީން ދެއްކި ވާހަކަތަކުން ވެސް އެންމެންނަށް ފުން އަސަރު ކުރުވިއެވެ.

ޖިއާންގެ ބައްޕަ މުހައްމަދު ކަމާލުއްދީން މިއަދު ވާހަކަ ދައްކަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ޖިއާން ދެން އަލުން އަނބުރާ ނާންނާނެކަން އަދިވެސް ބަލައިގަންނަން އުނދަގޫވާ ކަމަށް ބައްޕަ ބުންޏެވެ. އަދި އެ އިހުސާސްތަކާ ދުރުވުމަކީ ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި ޖިއާންގެ ބައްޕަ ވަނީ ސިފަކޮށްފައެވެ.

"އަހަރެންގެ ކުޑަކުޑަ ދަރިފުޅުގެ ވާހަކަ ދެއްކުމުން ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބޭ. އެއީ އަހަރެންގެ ހިތުގެ އުފާ. އަހަރުމެން މިދަނީ މާދަމާ ރާއްޖެއިން ދާން. އެކަމަކު އަހަރުމެން މިދަނީ މިތަނަށް ޖިއާންގެ ހަނދާންތައް ދޫކޮށްފައި. މިފަދަ ކަމެއް އެހެން މީހަަކަށް ނުވާ ކަން ޔަގީންކޮށްދީ." ޖިއާންގެ ބައްޕަ ބުންޏެވެ.

ޖިއާންގެ މައިންބަފައިންގެ ވާހަކަތަކުން އެ ބައްދަލުވުމުގެ ބައިވެރިންނަށް، ކުރެވުނު އިހުސާސްތައް އެނގެނީ ތަނަށް ވެރިފައި އޮތް އާދަޔާ ހިލާފް ހަމަހިމޭން ކަމުގެ ސަބަބުންނެވެ. އިސް ދަށަށް ޖަހާލައިގެން ތިބި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބައެއް މީހުން މޫނު އަނެއް ފަރާތަށް ލައިގެން ތިބި އިރު، ބައެއް މީހުންނަށް ކަރުނަ ހިފަހައްޓައެއް ނުލެވުނެވެ.

މިއަދުގެ ބައްދަލުވުމަށް ފަހު ރައުޝަން ޖިއާން ހަދާފައިވާ ވީޑިއޯއެއް ވަނީ ދައްކާލައިފައެވެ.

އެ ވީޑިއޯއަކީ އޭނާގެ ފޮޓޯ ހިމަނައިގެން، ހަދާފައިވާ ސްލައިޑްޝޯއެކެވެ. އަދި ޖިއާން އާއި ގުޅުން ހުރި ސާމާނުތައް ހަނދާނެއްގެ ގޮތުން ބައެއް ބޭފުޅުންނާ ހިއްސާކުރިއެވެ.

ޖިއާންގެ ފޮޓޯތަކެއް ބަޔަކު ބަލަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެ ހާދިސާ އަށް ފަހުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގެ އެންޑް އިންފުރާސްޓްކްޗަރއިންވަނީ އިމާރަތްކުރުމުގައި އަޅަންޖެހޭ ސަލާމަތާއި، ކޮންޓްރެކްޓަރުގެ އާންމު ޒިންމަތަކާއި، އިމާރާތުގެ ވެރިފަރާތުގެ ޒިންމާތަކާއި ދެވޭ އަދަބުތަކާއި ޖޫރިމަނާތައް ބަޔާންކޮށް ގަވާއިދެއް އެކުލަވާލައިފައެވެ. މި ގަވާއިދު ޖެނުއަރީ މަހުގައި ވަނީ ގެޒެޓްކޮށްފަ އެވެ.

އަދި އެ މައްސަލަ ބެލުމަށް ފަހު ދެ ބިދޭސީއަކު ޖަލަށްލާ ތިން މީހަކު ޖޫރިމަނާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޒާ

    ހިފެހެއްޓުމެއް ނެތި ރޮވިއްޖެ. އިތުރަށް ބުނާނެ އެއްޗެއްނެތް.

    63
    2
  2. ޝީރޫ

    ކިތައްމެ ފިޔަވަޅެއް މިހާރު އެޅިޔަސް ޖީއާން އަނބުރައެއް ނާންނާނެ، ހަމަ ރަނގަޅަށްވެސް ރޮވިއްޖެ

    52
    1
  3. ބްރޯ

    ތިޔަ މައްސަލާގަ އެންމެ ބޮޑު އހުމާލް ވެފައިވަނި އެ ކުއްޖާގެ މަންމަ . ސަބަބަކި އެ ވީޑިއޯ އިން ފެނުނު ގޮތުގާ ކުއްޖަ އަކަށް އޭނަނުބަލާ އޭނަހިގަމުންދިޔައި ފޯނާކުލެމުން މަގުމަތިގެ މާހައުލަކަށް އެ އަނހެންމީހަ ވިސްނަފައެއް ނުވޭ.

    16
    94
    • ދެރަ

      ތިމީހަކައް އެކަަލަ ކަމެއް ދިމާވިނަަ ތިހެން ބުނީމުސްބާ

      60
      5
    • ނައުހާ

      ތިބުނާގޮތުން މަގުމަތީގަ ހިނގަން ޖެހޭނީ ހެލްމެޓް އަޅައިގެން އަދި އުޑަށް ބަލަން އޮވެގެން އަމިއްލަ ދަރި ބޮލަށް އެއްޗެއް ވެއްޓޭތޯ، ތިކިޔޭ އެއްޗެއް އެބަ އިނގޭތަ މޮޔަ ބްރޯއަށް

      45
      2
    • .....

      ފާހަނގަ ކޮށްލެެވޭ ނުކުތާއެއް...އިހްމާލަކުން ނުވަތަ އިހްމާލްތަކަކުންވެސް އެކަން ވެއްޖެ...އޭގެ ސަބަބުން އަސަރު ތަކެއްވެސް ކުރުވައިފި...ދެންވެސް މަސައްކަތް ކުރަންވީ އެފަދަ ކަމެެއް ނުހިނގާނެހާ މަގުން....މަރަކު ނުހިފެހެއްޓޭނެ...މަރުވެގެން ދިޔައީމަ އެ ހަނދާނުގަ މާޔޫސްވުމެއްވެސް ނުވޭ.... ﷲ ގެ ހަޞްރަތުން ކެތްތެރިކަމަށް އެދި ދުޢާ ކުރުމާއި ހިތްވަރު ގަދަ ކުރުން އޮތީ...އަހަރެންވިޔަސް ދެރަވާނެ އަސަރު ކުރާނެ...އެހެނަސް ދިރިއުޅުމުގެ ޒިންމާތައް ބޮލާލާ ޖެހުން އެއީ އޮތް ގޮތެއް ނޫން...ޖިއާން ފަދައިން އެތައް މަރެއް މިގައުމުގަ ހިނގާފަ އެބަހުރި...އެކަން ކަމުގަ އިހްމާލުވޭ ސަރުކާރުގެ މުއައްސަސާތައް...އެތަންތަނަށްވެސް ފިޔަވަޅު އެޅެން އެބަ ޖެހޭ....އިއްޔެ ހަބަރު ގަ އޮތް މެމްބަރ އަކަށް މަރުގެ އިންޒާރު ދީގެން އެކަން އެމް.އެން.ޑީ.އެފް އަށް އަންގާ ސެކިއުރިޓީ ހަމަޖެއްސުމަށް އުޅޭ ވާހަކަ....ހަމަ އެގޮތަށް ކީއްވެބާ ރައްޔިިތު އާންމު މީހާ އަށް މަރުގެ އިންޒާރު ދިނުމުން އެ ސެކިއުރިޓީ ނުދޭންވީ...އެމީހުންގެ ޒިންމާ އިސްވޭ ބޮޑުންގެ ކުރިން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭން...ރައްޔިތު މީހާ ޖީބުން ބޮޑު އަގުގަ ރައްޔިތު މީހާގެވެސް ފިހާރައިން ކަރަންޓާ ފެނާ ގަނެގެން ބޭނުން ކުރާ އިރު އެ ވިޔާފާރި ހިންގުމާ ހަވާލުވެ ތިބި މީހުން ބޮޑު މުސާރަ ނަގާ އަދި ފިހާރައިން ތަކެތިވެސް ހިލޭ ބޭނުން ކުރަމުން ދާ އިރު ލަދު ހަޔާތްް ކޮބާތޯ...ރައްޔިތުން ނަށް ހައްގު މިނަވަރަކީ ވަކި ބަޔަކު މަޝްވަރާ ކޮށްފަ ނިންމާ ވަރެއް ނޫން...އަދި ރައްޔިތުން ނުޖެހޭނެ ގައުމު ހިންގުމަށް ޓެކްސް ދައްކާ ކަށް ކަންކަމަތި ފިހާރަޔަށް ދަރާ އޮވެ، އަނބި ދަރިން ބަނޑަށް ބައިތިއްބައިގެނެއް...ރައްޔިތެއްގެ އަތުން އޭނަޔަށް ފުދި އިތުރުވެ އެގޮތުގައި އޭނަގެ ހާލަތު ދުވަސްތަކަކަށް ދެމިގެންގޮސްފިނަމަ މެނުވީ ސަރުކާރަށް އެއްޗެއް އަތެއް ނުލެވޭނެ...އެއީވެސް އެ އިތުރުވި އެއްޗެއްގެ ކުޑަ މިން ވަރެއް...މިނޫން ގޮތަކަށް ރައްޔިތުންގެ އަތުން އަތުލާ ނަމަ އެއީ ސާފު އަނިޔާ...އެ އަނިޔާ އާއި ދެކޮޅަށް އިސްލާމްދީން ބާވާ ލެއްވެވުނު އަނިޔާ އެއީ....ހައްގު މިންވަރު ކަށަވަރު ކޮށްދޭނައައި ބަޔަކު ކީއްވެތޯ ހައްގު ގޮތް ބާއްވާފަ އަމިއްލައަށް ގޮތް ތި ކަނޑައަޅަނީ....ރަސްކަލަކަށްވިޔަސް ނޭނގޭނެ ރައްޔިތު މީހާ އަށް ހައްގު މިންވަރު ކަނޑައަޅާކަށް...އެކަން އޮތީ ކަނޑައެޅި ނިމިފަ...އެއީ ހާލެއްޖެހިގެން ބޭނުމެއް ޖެހިގެން ގޮސްފިނަމަ ބައިތުލްމާލުން ބަދަލަކާ ނުލާ އޭނަގެ ހާލަތު ރަނގަޅުވާނެ މިންވަރަށް އެހީވާންޖެހުންވެސް އޭގެ ތެރެއިންވާ ކަނޑައެޅިފަވާ އުސޫލެއް....މިއަދު އަހަރެމެން މިޖެހެނީ އަހަރެމެންގެެ ފައިސާ ނަގާ އިރު އަދި އިތުރަށްވެސް ރިބާ ދީގެން އަދާ ކުރަން....ކޮބާ މިކަމުގަ ވެވުނު އެހީއަކީ...އިތުރު ބުރައެއްދޯ ހަގީގަތުގަ....ބައިތުލް މާލުން އެހީވާންޖެހޭނީ އެއްދަރުބޮނޑި ނޫފުއްލިގެން ބިމަށް ވައްޓާލީމާ އައިސް އެދަރުބޮނޑި ނަގާ ކޮނޑަށްލައިދީ އަދި އިތުރަށް ދަރުބޮނޑިެއެއް ލާ މިސާލަކުން ނޫންކަން ދަންނަ އެކަކުވެސް އަހަރެން މިގައުމުގެެ މަތި ފަޑިން ދުވަހަކު އަދި ނުދެކެން...

      14
      3
  4. މީހާ

    ހިތް ފަޅަ ފަޅައިގެން

    31
    3
  5. ކޯފާވެރިކަން

    އެތައް ފޮނިހުވަފެން ތަކެއްބަލަމުން އެފޮނި އުމީދީ ހުވަފެން ހަޤިގަތަކަ ހެދުމުގެ ފޮނިފޮނި އުންމީދުގައި ހުރި ލޯބޮލޯބި ޖިއާންގެ ހިތްދަތި މަރުގެ ޝަރިޔަތް މިޖަހައްނަމަ އެއް ފަދަސަރުކާރުން ކަންތައް ކުރިގޮތާދޭތެ ރޭވިނާލަބަ ޖަންގަލީގެ ޖަނަވާރުން ވެސް އެގޮތަކަށެއް ޝަރިޔަތެއް ނުކުރާނެ ދެން މިރީނދޫ ގުންޑާތަކަށް ކޮންކަމެއް ރަގަޅަށް ކުރެވޭނީ!

    24
    3
  6. އަލީ ރަސީދު އިބުނު ހަސަން

    ވައްކަން ކޮއްގެން، ދޮގުބުހުތާން ފަތުރާ، ފިތުނަފަސާދައިގެ ކަނޑަކަށް ދިވެހިން ފައްތާލާފާ މިވެރިކަން އަތުލިފަހުން މުޅި ރާއްޖެއަށް މިއޮތީ މޮޅިވެރިކަމާއި، މާޔޫސް ކަމާއި، ސުންޕާކަމާއި އަދި ދުވަހަކުވެސް ބަޔަކު ނުދެކޭހާ ހިތާމަ ވެރިވެފާ. ކޮންމެ ދުވަހަކަށް އިރު އަރާއިގެން އަންނަނީ ހިތާމަ އާއި ކޮންމެ ވެސްގޮތްނޭނގޭކަންތައްތަކާއި އެކުއެވެ. މަރުހޫމް ޖިއާން އަށްﷲ ސުވަރުގެ މިންވަރު ކުރައްވާޝި، އާމީން

    15
    5
  7. ޑަމްދަމް

    ތިޔަ މީޓިންގ ގެ ވީޑިޔޯ އެއް ނެތްތޯ؟

    10
    1
  8. އަންފެއަރ

    ޖިއާން މަރުވުން އެއީ ހިތާމަ ހުރިކަމެއް، ނަމަވެސް މިކަމުގަ ޖިޔާންގެ މަންމަގެ އިހުމާލުވެސް ވަރަށްބޮޑު. މި ހާދިސާގަ ޖިޔާންގެ މައްމަ އަކަށް އެއްވެސް ކަމެއް ނުވެސަލާމަތްވީ، ދަރިފުޅަށް ބަލަންޖެހޭވަރަށް ނުބެލުންވެސް އެއީ އިހުމާލުވުން، ދަރިފުޅު ދާނެގޮތަކަށް ދާން ދޫކޮށްލާފަ ހުރިކަން ވީޑިއޯއިންވެސް ފެނޭ. ޑަބްލިޔު ކޮންސްޓްރަކްޝަން އެކަނިން ނުން ހާދިސާ ހިނގާގެން މީހުން މަރުވަނީ މިގައުމުގަ. ނަމަވެސް ހިތާމަ ހުރިކަމަކީ ހަމައެކަނި ޑަބްލިއު ކޮންސްޓްރަކްޝަންއާ މެދު ފިޔަވަޅު އެޅުން. އަދި ހުކުމް އިއްވާ އެތަށް ޖޫރިމަނާއެއްކޮށް އެއްބަރަކު ޖަލަށްލާ އެވަރުންވެސް ނުފުދިގެން ހުކުމް އިސްތިއުނާފްކޮށް އަދިވެސް ބޮޑުއަދަދެއްގެ ލާރި ހޯދަން ދައުލަތުންވެސް މަސައްކަތް ކުރަމުންދިއުން. ބަޔަކު މީހުން ގަސްދުގަ ލާރިހޯދަން ކުއްޖާގެ މަންމަގެ ބޮލަށްއެރިގެން ޑަބްލިއުކޮންސްޓްރަކުޝަން ކޮންޕެނީ ބަނގުރޫޓް ކޮއްލަންހިފާފަ ހުރިކަން މިކަމުންވެސް އބަސާބިތުވޭ. ކީއްވެގެންތޯ އެމްޓީސީސީ އަށް ދައުވާ ނުކުރީ.

    7
    9
  9. ޢަންސާރު

    މަޔަކު ދަރިއަކު ދެކެވާ ލޯބި ފަނޑު ނުވާނެ

    22
    1
  10. ޝިޔާމް

    ''ކޮންމެ ދުވަހަކު ވެސް ނަމާދު ކުރާ އިރު އަހަރެން ކުރަނީ ދެ ދުއާއެއް. އެއީ އަހަރެންގެ ކުޑަ ދަރިފުޅުގެ ހާލު ރަނގަޅުވުމަށް. ދެން މިފަދަ ކަމެއް އިތުރު އެއްވެސް މީހަކަށް ނުވުން." ޑރ. ފަރްޒާނާ ގިސްލަ ގިސްލާފައި ކިޔައި ދެއްވިއެވެ.'' ތިޔަ އުޙުތާއަށް ބުނެލަން ބޭނުންވަނީ ހިތާމަ ނުކުރާށޭ. ﷲ އިރާދަކުރެއްވިއްޔާ ޤިޔާމަތްދުވަހު އެ ދަރިފުޅު ތިބާގެ އިސްތިޤުބާލުގައި ހުންނާނެއޭ.

  11. ނޫސްކިޔާމީހާ

    ދުނިޔެއަކީ އިމްތިހާނެއް. ތިކަމާ ވަރަށްދެރަވެ ހިތާމަ ކުރަން މިދިޔަ އަހަރު ރާއްޖޭގަ އެއްއާއިލާ އެއްގެ 4 މީހުން ނިޔާވީ ވވ. ތުއްތު ކުއްޖަކު ވެސް ނިޔާވި ހަމަ ވަރަށް ލޯބިން ބައްޕާ ބައްދަލުކުރުމުގެ ފޮނި އުއްމީދުގަ އެކަމު މަންމަ މާމަ ކާފަވެސް ނިޔާވީ. ހަމަ މިދިޔަ އަހަރު މީހެއްގެ ހުރި އެއްމެ ދަރިއެއް ކުއްޖާގެ މަންމަ އާއެކު ހުޅުމާލެއިން ސައިކަލްގަ މާލެ އަންނަނިކޮށް ވެއްޓި ނިޔާވީ ދަރިއަކަށް އެއްމެބޮޑު ހިމާޔަތެއް ދޭނީ މަންމަ . އެއީ މަންމަ ފަރުވާ ކުޑަވެގެނެއްނޫން.

  12. އަޒާ

    ކިތަންމެ ވަރަކަށްވެސް އެވާހަކަ ދެއްކިދާނެ، އަދި ވީޑިއޯވެސް ހެދިދާނެ، އެކަމަކު އެ މައުސޫމް، އެނބުރިއެއް ނާންނާނެ، މާތްﷲ ކޮންމެ ފުރާނައެއްވެސް މި ދުނިޔެއަށް ފޮނުވަނީ އޭގައި އަޖަލު ލައްވާފައި، އޭގެ އަޖަލު ހަމަވީމާ އެކަން ހިންގާނެ، ތިޔަ ކުއްޖާ ނިޔާވުން އެއީ ތިޔަ މައިން ބަފައިންނަށް ﷲ ލެއްވި ހެޔޮ ރަހްމަތަކަށްވުންވެސް އެކަށީގެންވޭ، ސަބަބަކީ އެކަމުގެ ސަބަބުން ތިމާމެންނަށް އިތުރު ތަނަވަސްކަން ލިބިއްޖެ، އިތުރު ގޮތްތަކެއް މިންވަރު ކުރުވައިފި. އިތުރަށް މަޝްހޫރުވެސް ވެއްޖެ. ދެން އޮތް ކަމަކީ އެ ކުއްޖާއަކީ ބާލިޤް ނުވާ ކުޑަ ކުއްޖެއް، މާނައަކީ އެއީ ސުވަރުގޭގެ އަހުލުވެރިންކަން ޔަޤީނޭ.. އެހެންވީމާ އެކަމާ ދެރަވެ މާޔޫސް ވާކަށް ނުޖެހޭ އުފާ ކުރަންވީ. މާތް ﷲ އެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވާށި. އާމީން...

  13. ބްރޯ

    ހަގީގަތް ވާނީ ހަގީގަތަށް ކުޑަކުއްޖާ މަގުމައްޗަށް ދޫކޮށްލާ ފޯނާ ކުލެން ހުރުމުގެ ނަތީޖާ އެކުއްޖާ ބޮލަށް ސިމެންތި ބަސްތާ ވެއްޓުން ހިމެނުނީ . އެކުއްޖަ އަކަސް ނުވިސްނޭނެ ހަވާލު ވެ ހުންނަމީހާ މަގުމައްޗަސް ވިސްނަންޖެހެނެ ކާރުތައް ދުއްވަފަދާމަގެއްގެ މައްޗަސްވެސް ކުޑަކުއްޖަދުވެފަ ނުކުމެދާނެ ޒިންމަ ނަގަންޖެހެނީ ކާރު ޑޮރައިވަރުތޯ؟ ބެލެނިވެރިޔާގެ ޒިންމައަކިކޮބާ؟

  14. ފާތުމަ.

    ފެއިލް ވެފައޮތް ވަ ގުސަރުކާރެއް.

    6
    3
  15. ބްރޯ

    އެ ކުއްޖާ ދެކެ ލޯބިވާންވީވަގުތު ބެލެނިވެރިޔާ ހުރީ ފޯނުދެކެ ލޯބިވެގެން . ހާދިސާ ހިގީމަ އެހެން ބައެއްގެ ބޮލުގަ ބަދުނާމު އަޅުވާކަށެއްނުޖެހޭ އެ ބަސްތާ ވެއްޓީ ކުއްޖައާ ބެލެނިވެރިޔާގެ ބޮލުގަޖެހުނުނަމަ ލޯބިންދަރިފުޅު ކައިރިކޮށްގެން ހުރިކަމަށްވާނެ. އެ ކުއްޖާހުރި ބެލްނިވެރިޔައާ 10 ނުވަތަ 15 ފޫޓޤ ހާކުރީގަ ބެލެނިވެރި އަންހެން މީހާހުރީ ފޯނުން ޗަޓްކުރަން. ވީއިރު އިހުމާލު މި ވެވުނީކާކަށް.

  16. ާަވިސްނާލަ

    މިތާގަ އެ މަންމަ ކުއްވެރިކުރާ މީހުނަށް
    ޢެ މަންމަ އެއީ ރަށެއްގަ އުޅޭ މީހެއް، މިތަަނަކީ އެހެން އެއްޗެހި ފައބާ ތަނެއް ކަމެއް ނޭނގިދާނެ އަދި ދަރިފުޅު ޕޭމަންޓުން ދާއިރު އެކަނި ހިނގަން ދޫކޮއްލުން އެއީ އިހުމާލެއްނޫން، އަހަރެންގެ 6 އަހރުގެ ދަރިފުޅުވެސް އެހެން ދޫކުރަން އަހަރެން ފަަހަތުން އަންނަނީ، ބުނެދީފަ އޮންނާނީ ކްރޮސް ނުކޮއް ޕޭމަންޓް ކޮޅާ ހަމައަށް ދެވުނީމަ މަޑުކުރަން، ވަަރަށް ބާރަށް ގޮސް ހުންނާނެ މަޑުކޮށްލައގެން. މީހުން ގިނައިއްޔާ އަތުގަ ހިފައގެން ހިނގަނީ، އެހެން ދޫނުކުރަން، ފޯނާކުޅުނަސް މީހުން ނެތްއރު ކުރިމަތިންދާ ކުއްޖާ ފެންނާނެ، އމީހަކަށް އެނގޭނީ އެމީހެއްގެ ދަރިއެއްގެ ގޮތް، އެކުއްޖާ ދިޔައީ ވަރަށް އުފަލުން ހުރެ އެކުއްޖާފެންނަ ހިސާބު ފަހަތުގަ މަންމަ ހުރީ، މައްޗަށްބަލަމުން ހިގާކަށް ނުޖެހޭ، އެކުންފުނި ބަގުރޫޓު ވާން ޖެހޭ، އެކަން ކަންބޮޑުވެގެންއުޅޭތީ ބުނެލީ. ޙާދަ ފަރުވާކުޑައޭ ގިނަ ކުންފުނިތައް، މިިހެންދިމާވާ ހުރިހާ ކުންފުންޔެއް ހަމަބާތިލް ކުރަންވީ