ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓުތައް ދިން ގޮތާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން އުޅެނީ މޭޔަރު ކަމަށް ކުރިމަތިނުލެވޭ ގޮތް ހަދަން ކަމަށް ކުރީގެ ހައުސިން މިނިސްތަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއޫގައި ހިމެނުނު 7000 ފްލެޓު ދޫކޮށްފައި ވަނީ އޭގެ ހައްގުވެރިންނަށްތޯ ކަށަވަރުކުރުމަށް ތަހުގީގެއް ކުރިއަށް ގެންދަން ކަމާގުޅޭ މުއައްސަސާތަކަށް ހުށަހެޅުމަށް ނިންމައިފައެވެ. އަދި އޭރުގައި މިކަމުގައި އުޅުއްވި މުއިއްޒާއި އެހެން ބޭފުޅުންގެ ހިންގަވާފައި ހުރި ކުށްތަކުގެ ޖިނާއީ ތަހްގީގެއް ހިންގުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅަން ވެސް ނިންމިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ޔާމީންގެ ސަރުކާރުން ފްލެޓު ދޭން ނިންމި މީހުންނަކީ ހައްގުވެރި ބައެއް ނޫން ކަމަށް ތުހުމަތުކޮށް މި ސަރުކާރުން އަލުން ފޯމުތައް ރިވިއުކުރި އިރު، ފްލެޓު ދޭން ނިންމި ދެބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މީހުންނަކީ ހައްގު ނޫން ބައެއްގެ ގޮތުގައި ކަނޑައަޅަން މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ މައްސަލަ ބެލުމަށް މާލެ ސިޓީ ކައުންސިލުން ނިންމި އިރު އެމްޑީޕީން މިހާރު ބޭނުންވަނީ އޭނާ އަށް މޭޔަރު ކަމަށް ކުރިމަތި ނުލެވޭނެ ގޮތެއް ހެދުމަށް ކަމަށެވެ.

"މިވެގެން އުޅޭ ގޮތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން އަޅުގަނޑު މޭޔަރު ކަމަށް ކުރިމަތިލާފާނެ ކަމަށް ދެކިގެން. ޕީޕީއެމް/ޕީއެންސީ އިސްވެރިން މިކަމަށް ވަރަށް ބޮޑަށް ވަނީ ވާހަކަ ދައްކަވާފައި. މިވަރަށް މި ވާހަކަ ދެކެވިފައި އޮތީ އަޅުގަނޑު ނުކުމެދާނެ ކަމަށް ބިރުން މި ބޭފުޅުން ކުރާ ކަންމަކަމޭ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މޭޔަރު ކަމަށް ކުރިމަތިލުމަށް އިލެކްޝަނަށް ފޯމު ލައިފިނަަމަ އެހިސާބުން އެމްޑީޕީން އަދި މިއަށްވުރެ ބޮޑެތި ފިއްތުންތައް ކުރިމަތި ކުރާނެ ކަމަށެވެ. އަދި ކިތަންމެ ބޮޑު ތުހުމަތުތަކެއް ކުރި ނަމަވެސް އިސްލާމް ދީނާއި ގައުމުގެ ހައްގުގައި ނިކުންނަވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު މާލޭ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމެއް އަދި ރަސްމީކޮށް އިއުލާން ކުރައްވާފައެެއް ނުވެއެވެ. އެކަމަކު، މުއިއްޒު މޭޔަރު ކަމަށް ކުރިމަތިލުމަށް ފެންނަ ކަމަށް ވިދާޅުވެ، މުއިއްޒަށް އިދިކޮޅު ބައެއް ބޭފުޅުން ވަނީ ތާއީދުކުރައްވައިފައެވެ.

މުއިއްޒު މޭޔަރު ކަމަށް ވާދަކުރައްވާ ނަމަ، އޭނާއާ އެންމެ ބޮޑަށް ވާދަކުރައްވަން ޖެހިވަޑައިގަންނަވާނީީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަސްލާ

    ކޮންމެ މީހަކު މޭޔަރުކަމަށް ކުރިމަތި ލިޔަސް ތިޔަ ފްލެޓެއް އަތީ މަމެންނަށް ލިބޭ ގޮތަކަށް ނޫން، ހުރިހާ ކަމަކަށް ބާރު ފޯރުވަނީ ކެނެރީގެ ނަޝީދު،

    29
    2
    • ދދފދދދ

      ހަދާނެ ހަދާނެ ނުކެރޭނެ މީހަކާ ކުރިމަތި ލައިގެން ވާދަކުރާކަށް.

  2. Anonymous

    ޑރ.މުޢިއްޒު މަނިކުފާނަކީ މާލޭގައިހުރި ކުނިގޮނޑުތައް ސާފުކޮށް ޕާކްތަކާއި ރައްޔިތުން އުފާކުރަންތިބޭނެ ފިނިމައިޒާންތަކާއި ބަގީޗާތަކާއި ރިންގްރޯޑުފަދަ ފަސީހަކަމާއިއެކު ހިނގާލެވި ވެހިކަލްދުއްވަން އަރާމު މަގުތައް ހެދުމުގެ ގާބިލު ޙިކްމަރްތެރި މޭސްތިރިއެވެ. މިގައުމު މީގެކުރިން ދެކިފައިނިވާފަދަ ދެވަނައެއްނެތް ތިބޭފުޅާ ކުރިމަތިލައިފި އެއްވެސް އިންތިޚާބަކަށް ޞައްޙަ ވޯޓެއް ނަގައިގެން އެމްޑީޕީ ބުއްޅަބެއެއް ނުހޮވޭނެކަން އިނގޭތީ ހުރަސް އެޅޭނެ މަޅިއެއް ހުޅުވާފަ އެމަޅިއަކަށް މަނިކުފާނު މަހާނެކަން ޝައްކެއްވެސްނެތް، ބޭއިންސާފު، އަނިޔާވެރި ބެސްޓް ސަރުކާރު

    49
    5
    • ދޮންކެޔޮ ބުރޯ

      7 އަހަރު އެއްމިނިސްޓުރީއެއް ހިންްގާފަ، ރައްޔިތުންގެ ފައިސާ ގަސްތުގައި ބޮޑުތަނުން އިސްރާފުކުރި މީހެއްމީ

      8
      23
  3. ކެލާ އާރިފް

    ހެއްވާ ވާހަކަފުޅެއް، މޭޔަރުކަމަށް ކުރިމަތިލަނީއޭކިޔާފަ ތިބޭފުޅާ ހިންގާފަހުރި ޖަރީމާތަކާ، ކޮރަޕްޝަނާ، ވައްކަަންތައް ނުބަލަންވީތޯ؟ މިކަމާ ތިބޭފުޅާ އުފާނޫންތޯ ކުރަންވީ، އިންތިހާބުގެ ކުރިން މިކަންތައްތައް ބަލާ ރައްޔިތުންނަށް ތިބޭފުޅާއަކީ ފަސްބައި ރިވެތި ބޭފުޅެއްކަންދައްކާލަން ލިބޭ ރަނުގެ ފުރުސަތެއްނޫންތޯމީ؟ އެހެންނަމަވެސް މީހާރު ތިބޭފުޅާގެ ބަސްމަގު ހުރިގޮތުން މިތުހުމަތު ތަކަކީ ޙަޤީގަތެއްކަން އެބަސާފުވޭ،

    6
    9
  4. އ. ޖ. އ

    އެހެންވީމާ ކަލޭ ކުރިމަތި ލާން ދޯ ތި އުޅެނީ... ކަލޭ ހުރޭ މައިތިރި ވެގެން.. ނޫނީ ދެން ނޯންނާނެ މާލޭ މަގުމަތީ ހިނގާލެވޭކަށް ތަރައްގީގެ ކުރާ ވަރުން.... .

    7
    12
  5. ކެޔޮޅު

    އިސްރާފުނުކުރާ ސަރުކާރުން ހުސްވިއަހަރު ދެބަޖެޓް ހުސްވިއިރު ކުރިކަމެއްނެތް ނުކުރާކަމެއްނެތް!

  6. ކެޔޮޅު

    ފަސްބަޔޭތޯ މާތްކަލާކޯ ފަސްބާއެންމެތާހިރީ މުހައްމަދު ނަސީދުގެދެން އަލީވަހީދުގެ އަދިމަހުލޫފުމެން! ސޯލިހުމެން ހަމީދުމެން އަދިއެތައްބަޔެަްވެސް އެބަތިބި!

  7. ފަތްކެޔޮ

    އެމް ޑީ ޕީ ވެރިކަމެއްގަ ގައުމުދާނީ އޮޔާ މޭޔަރު ކަމަށް މުއީޒް ވަރެއްނެތް.