ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ފުވައްމުލައް ސިޓީގައި އިމާރާތްކުރުމަށް ބަޔަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ،

މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ، މާރިސް ކޮންސްޓްރަކްޝަން ޕވޓ ލޓޑ އާއިއެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ފަރާތުން މިނިސްޓާރ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އަދި މާރިސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސަޢީދުއެވެ.

މި އިމާރާތް އެޅުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ 300 ދުވަސް ތެރޭގައި ނިންމާގޮތަށެވެ. މި އިމާރާތް އެޅުމަށް 6،214،108.26 ރ ޚަރަދުވާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ދެބުރީގެ އިމާރާތެއް ގޮތުގައި މި އިމާރާތް އެޅުމަށް ހަމަޖެހިފައިވާއިރު މިތަނުގައި 4 ކްލާސް ރޫމަކާއި، އޮޑިޓޯރިއަމް އަކާއި، ލައިބްރަރީއެއް ހިމެނޭނެކަމަށެވެ.

ސަރުކާރުގެ ފަރާތުން ރާއްޖޭގައި ކީރިތި ޤެރުއާނުގެ ޢިލްމު ފެތުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށްވެސް މިނިސްޓަރ ފާހަފަކުރެއްވިއެވެ. މިގޮތުން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަށް ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްކޮށްފައިވާކަމަށާއި، މިހާތަނަށް ޖުމްލަ 40 ގޮތްޕެއް ވަނީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހުޅުވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅު އިތުރަށް ވިދާޅުވީ، މި ގޮތަށް ޤާއިމު ކުރެވޭ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަކުގައި ކިޔަވައިދެއްވަމުންދާނީ ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކޮށް ކޮލިޓީ ކޮންޓްރޯލް ކުރެވޭނެގޮތަށް ކަމަށެވެ.