ހުޅުމާލެއިން މާލެ އަށް ބަނގުރާ ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ، މިއަދު 2:08 ހާއިރު ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 12 ފުޅި ބަނގުރަލާ އެކު ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކެވެ.

ފުލުުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، ދާދި ހުޅުމާލެއިން މާލެއަށް ދަތުރުކުރަމުންދިޔަ ޓެކްސީއެއްގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ފެނިގެން އެ ޓެކްސީ ހުއްޓުވައި ދެ މީހަކު ހައްޔަރުކުރިއެވެ.

އެ ޓެކްސީން ފެނުނީ 20 ފުޅި ބަނގުރަލެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 19 ނަވާރަ

    ހާދަ ވަރަކަށް ބަނގުރާ މިހާރު ކަސްޓަމުން ދޫކުރެއޭ. ރިސޯޓްތައް ގިނަވީމަޔޯ. އެކަމަކު އެތަކެތި އުޅޭނީ ހުޅުމާލެތެރޭގައި. ކަސްޓަމް ގެ ބޮންޑު ހުންނަނީ ހުޅުމާލޭގެ، މިހާރުން މިހާރަށް އެކަން ބަލަންވެއްޖެ. ހުޅުމާލެ ތެރޭގައި އެތަކެތި އުޅުމަކީ ގޯހެއް