އިތުރު ބަޔަކާއި ބައިވެރިވެގެން މާލެ ގެއެއްގެ ތެރޭގައި ފިރިހެނަކު ހިފަހައްޓާ އޭނާއަށް އަނިޔާކޮށް، އޭނާގެ އެކައުންޓުން ފައިސާތަކެއް ފޭރުނު މައްސަލައެއްގައި (އަލީ ޝާހިދު) ސްޓެޕް އައްޔަ ހައްޔަރުކޮށްފިއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ ފޯޖަރީ މައްސަލައެއްގައި މީގެ ކުރިން އޭނާ ހޯދަންވެސް ފުލުހުހް އިއުލާނު ކުރިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝްލަކު މިއަދު ވިދާޅުވީ އިތުރު ބަޔަކާއި ބައިވެރިވެގެން މާލޭގެ ގެއެއްގައި ފިރިހެބަކު ހުއްދަނޫން ގޮތުގައި ހިފަހައްޓާ އަނިޔާކޮށް އަދި އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާ ކުރި މައްސަލައެއް އޮގަސްޓް 4 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެ 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ސްޓެޕް އައްޔައަކީ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވާ މީހެކެވެ. އަދި އޭނާ ވަނީ ބައެއް ފިލްމްތަކުގައިވެސް މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެކައުންޓް

    މީހެއްގެ އެކައުންޓުން ފައިސާތަކެއް ފޭރިގަނެގެން އެމީހާ ތިޔަ ތަނަކަށް އެބަޔަކާބެހޭ މަޢުލޫމާތު ހުށަހަޅައިގެން އެކަމެއް ތަހްގީގުކުރާތާ މިހާރު ދެ އަހަރެއްހައި ދުވަސްވެއްޖެ. އަދި އަދަށްދާނދެންވެސް އެ މައްސަލައެއް ނުނިމޭ. ފެންނަނީ އެކަން ކުރި މީހާއާއެކު އިސްވެރިން ފޮޓޯނަގާފައި ސޯޝަލްމީޑިއާގައި ޖަހާފައި ހުންނަ ތަން. އެ މައްސަލަ ތަޙްގީގު ކުރަން ފެށި ފަހުންވެސް ދެތިން ފަހަރަކު މިގޮތަށް ފޮޓޯ ނަގާފައި ޖަހައިފި.

    25
  2. މުސްކުޅިބޭ

    މިއަދު ދޫކޮށްލާނެ އެސޮރު އުޅެނީ ސުލޯލިހު ޖަގަހާގަ ނަށަން، ( ބުރޭކިން : ހެކިނެތިގެން ސްޓެޕު އައްޔަ ދޫކޮށްލާފި )

    28
    • ހުސޭނުބޭ

      ކޮބައިތަ މައްސަލައަކީ! ތަނަކު ވަގެއް ހުރިއްޔާ ސޯލިބޭފަހަތުން އެނބުރޭނެ!

  3. ދޯދު

    ތި ވާނީ ފިރިހެން މިހާޔާ ކަންކޮއްފަ ހިއްހަމަ ނުޖެހުނީ ކަމައް. ސްޓެޕް އައްޔަ އެއްނު

  4. ހަންޑިކުޑަ

    ޤައުމެއް ތަރައްޤީ ވާނީ މިޒާތުގެ މީހުނާއި، ގޭންގް ކުދިންވެސް ތިބެގެން. އެހެން ނޫނިއްޔާ ވެރިންނަކަށް ހަމަ ޖެހިލައިގެން އަނބިދަރިން ގޮވައިގެނެއް ނޫލެވޭނެ.