މާލޭގައި ބިދޭސީއެއްގެ މޯބައިލް ފޯނަކާއި ފައިސާތަކެއް ފޭރުނު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ ތ. އަތޮޅު ތިމަރަފުއްޓަށް ނިސްބަތްވާ ފިރިހެނެކެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ބިދޭސީއެއްގެ އަތުން ފައިސާ އާއި މޯބައިލް ފޯނެއް ފޭރުނު ކަމުގެ ތުހުމަތެވެ. ނަމަވެސް އޭނާ އެ ތުހުމަތުތައް ދޮގު ކުރާއިރު، ފޭރުނު ފޯނު އޭނާގެ އަތުން ފެނުނު ކަމަށް ތަހުގީގީ ރިޕޯޓްގައި ބުނެފައި ވެއެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 10 ދުވަސް ޖެހިއިރު، އޭނާ ހައްޔަރުކޮށްފައި ވަނީ ހައްޔަރު ކުރުމުގެ އިޖުރާއަތްތަކާއި އެއްގޮތަަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.