މީހެއްގެ އަންބަކާއެކު ހއ. އަތޮޅު ހޮސްޕިޓަލް މެނޭޖަރު، އާދަމް ނަސީރް ހައްޔަރު ކޮށްފިއެވެ.

މާލޭ ގެސްޓް ހައުސްއެއް ތެރެއިން އަންހެނަކާއި ފިރިހެނަކު ހައްޔަރު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެފައިވާއިރު، ހައްޔަރު ކޮށްފައިވާ ފިރިހެން މީހާއަކީ ހއ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު، އާދަމް ނަސީރު ކަން “ވަގުތު އަށް ވަނީ ކަށަވަރުވެފައެވެ.

ނަމަވެސް އޭނާ އަކީ ސިޔާސީ ބޭފުޅެއް ކަމުން ފުލުހުން އޭނާ ގެންގޮސްފައިވަނީ ބޮލުގައި ޑަސްބިން ބޭގެއް އަޅުވައިގެންނެވެ. އޭނާއާއި ހިލާފަށް އަންހެން މީހާ ގެންދިޔައީ މޫނު ފެންނަ ގޮތަށެވެ.

"ދިޔަރެސް" ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އާދަމް ނަސީރު އާއި އެކު ހައްޔަރު ކުރި އަންހެން މީހާއަކީ މީހަކާއި ކައިވެނި ކޮށްގެން އުޅޭ އަންހެނެކެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންނަށް ލިބުނު ޝަކުވާއަކާއި ގުޅިގެން ސުވާލު ކުރުމަށް، ގެސްޓް ހައުސް އަކުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޭއާދަންބެ

    އާދަންބެ ފޭސްބުކްގަ ޖަހާފަ އޮތީ ކޮޓަރިއަށް ނުދާ ވާހަކަ. އަނެއްކާ ހެޔޮހާލުގަ ސަލާމަތުން ހުރި ވާހަކަ ދެން ކިހިނެއް ތިކިޔާ އެއްޗެއް ގަބޫލު ކުރާނީ

    11
    1
  2. ވަކަރު

    ތިޔައީ ދިވެހިންނަށް އާކަންކަމެއް ނޫން ... ދިވެހިންނަކީ %200 މުސްލިމުންނޭ ގޮވީމާ ހުރިހާ ކެމެއް ހަމަވީ... ނަމުން މުސްލިމުން ކަމުން ކާފަރުން.

    24
    2
  3. ހަކީމް

    ފޮޓޯއަށް ބަލާލީމަ އޭލިއަނަކާ ވައްތަރީ

    18
  4. ބަބޫ

    އަންހެނުންގެ ހައްގުތަށް ހިމާޔަތް ކުރާ ކޮމިޓީތަކާ އެއްޗެހި ކޮބާ.؟ ސިޔާސީ ބުރާންޗެއް ވީމަ ފޮރުވައިގެން. އަންހެނެއްވީމަ ފަލީހަތް ކޮށްލީ.

    30
    2
  5. ޗޯރު

    ތިޔަ ކޮތަޅައް ފީ ނަގަންވާނެ.

    16
  6. ޗޯރު އިބުރޭ

    މިކަމުގައި އަދާލަތުގެ ސޭކުން ވިދާޅުވަނީ ކީކޭބާ؟ ސިޔާސީ މީހުންނަށް ހުއްދަ ދެއްތޯ؟ ލޮލް