ރާއްޖޭގެ ހަބަރުތައް ބަލަން ވަންނަ ގިނަ ބަޔަކު ކޮމެންޓް ކުރަނީ ހަމައެކަނި ސުރުހީ ކިޔާލުމަށް ފަހު ކަމަށާއި ހަބަރު ރަނގަޅަށް ނުކިޔާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އާއި އޭޝިއާ ފައުންޑޭޝަން ގުޅިގެން ކުރިއަށް ގެންދާ ލެޓްސްރީޑް ވޯކްޝޮޕް ޝަރަފްވެރިކޮށް ދެއްވައި ފަޒްނާ ވިދާޅުވީ ގިނަ ދިވެހިން ފޮތާއި އެހެނިހެން ލިއުން ފަދަ ތަކެތި ކިއުމަށް ޝައުގުވެރިކަން ނުހުންނަ ކަމަށެވެ. އަދި އެކަން އެންމެ ރަނގަޅަށް ހާމަވަނީ އޮންލައިން ނޫސްތަކުގެ ކޮމެންޓު ބައި ބަލާލުމުން ކަމަށް ވެސް ފަސްޓް ލޭޑީ ފަޒްނާ ވިދާޅުވިއެވެ.

އެމްއެންޔޫގައި ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތު. ---ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފަޒްނާ ވިދާޅުވި ގޮތުގައި ނޫސްތަކުގެ ކޮމެންޓު ބައިގައި ގިނަ މީހުން ކޮމެންޓްކޮށްފައި ހުންނަނީ ހަމައެކަނި ސުރުހީ ކިއައިފައެވެ.

އެއްވެސް ލިއުމެއްގެ ހަގީގަތް އެ ލިއުމެއް ނުކިޔައި ދެނެގަންނަން ނޭނގޭނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ. ނޫސްތަކުގައި ހުންނަ ސުރުހީތަކަށް ވުރެ އެ ސުރުހީގެ ދަށުން އަންނަ މައުލޫމާތުތައް ކިޔުން މާ މުހިންމު ވާނެ ކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.

"އަހަރުމެން ކޮންމެ ކަމަކާ މެދު ވެސް ބަހެއް ބުނެ، ނުވަތަ ކޮމެންޓެއް ކުރަން ވާނީ އެކަމުގެ ހަގީގަތް އެނގިގެން. އެހެން ނޫން ނަމަ، އެމީހާއަށް ހުރެވޭނީ ނޭނގުމެއްގެ ތެރޭގައި. ފޮތާއި އާޓިކަލްތައް ކިޔާ ވަރަކަށް ސިކުނޑި ތަނަވަސްވާނެ،" ފަޒްނާ ވިދާޅުވިއެވެ.

އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތު. --- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެމްއެންޔޫގައި ބޭއްވި ވޯކްޝޮޕަށް އަލިއަޅުއްވާލައްވައި އެކަމަނާ ވިދާޅުވީ ކޮންމެ އުމުރެއްގެ މީހެއް ކަމުގައިވިޔަސް، ފޮތް ކިޔުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެ ފޮތްތަކުން ލިބޭ މައުލޫމާތުގެ އަލީގައި ދިރިއުޅުމުގެ އެކި ކަންކަމާ ކުރިމަތިލައި ކިޔަވާ ދަރިވަރެއް ކަމުގައިވާ ނަމަ، ކިޔެވުން ބައްޓަން ކުރާ ނަމަ، އެމީހަކަށް ކާމިޔާބީ ލިބޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.

މި ވޯކްޝޮޕަކީ އޭޝިއާ ފައުންޑޭޝަނާއި ދިވެހި ބަހުގެ އެކަޑަމީ އާއި ގައުމީ ކުތުބުހާނާ އަދި އެމްއެންޔޫ ގުޅިގެން އިނގިރޭސި ބަހުން ޝާއިއުކޮށްފައި ހުންނަ ދިވެހި ބަހުން ތަރުޖަމާކޮށް އޭޝިއާ ފައުންޑޭޝަންގެ އޮންލައިން ޕޯޓަލްގައި ހިމެނުމަށް ކުރިއަށް ގެންދާ ދެ ދުވަހުގެ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ދިވެހި ލިޔުންތެރިންނާއި އެޑިޓަރުން އަދި އަދަބިއްޔާތުގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ މީހުން ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

 1. ބުއްބުތަލޯ

  ރަގަޅު ދިޔާ ހަކުރު ފުޅިއެއް ބޭނުންވެއްޖެ

  111
  1
 2. އަލިބެ

  ތިހާ މޮޅީޔާ އެހެން މީހުނައް ހަބަރު ކިޔާދޭންވީނު

  134
  2
 3. ރެފިއުޖީ

  މިދައިތައަށް ހަޖަމު ނުވީދޯ ސަރުކާރާ އިދިކޮޅަށް ގިނަ ކޮމެންޓްތައް ކުރާތީ. ދައިތަ އިދެގެން އުޅޭ މީހާ ކައިރީ ބުނެބަލަ ކޮމެންޓްތައް ކިޔާށޭ. ސަރުކާރަށް އޮތް ތާއިދު އޮތްވަރު ބަލަން

  258
  2
 4. Anonymous

  ދިވެހީން މިހާރު ލޯހުޅުވިއްޖެ!ތިހެން ދައްކާވާހަކައަށް ނަށާބެރުޖަހާނީ މީހުން އެކަނި!އެއީ ރީނދޫގުރޫޕް

  248
  2
 5. ޏ

  އިބޫފޮތަށް ބަލަން ހުރެ ، ފޮތުގެ ގަޑުތަށް އުކަމުން ފޮޓޮ ނަގަތީހީވަނީ އެހެންމީހުންވެސް ކޮމެންޓްކުރަނީ ހަބަރު ނުކިޔައޭ .އިބޫ އަށް ތާއިދުކޮއް ލިޔެފަހުންނަ ކޮމެންޓްއެކަނި ހަބަރު ކިޔުމަށްފަހު ލިޔެފަ ހުންނަނީ ދުތަ ؟

  227
  1
 6. Anonymous

  އަހަރެމެން މީ ގަމާރުންނެއް ނޫން!ބުނަން ބޭނުން އެއްޗެއް ކޮމެންޓުގަ ހުންނާނީ!ހަމައިގަ ތިބެގެން ލޮލާލޯދިމާވާގޮތައް

  130
  1
 7. Anonymous

  ހޫނ! އިންޑިޔާ ސިފައިން ތިބިކަން ނޭގިގެންތޯ އެމީހުން ފައްސާލަން ނުކެރިގެން އުޅެނީ އަދިވެސް ހަބަރުނުކިޔާ ކޮމެންޓުކުރީމަދޯ މައްސަލައަކަށްވަނީ

  111
  2
 8. ޠާރި

  ތީ މުޅިން ރަނގަޅުވާހަކައެއްނޫން. މިހަބަރު ކިޔާލީމަ ހީވަނީ ދައްކާނެވާހަކަ ނެތިވެގެން ދެއްކިވާހަކަ އެއްހެން. މިއައްވުރެން ޒިންމާދާރު ގައުމައް ރަންގަޅު ވާހަކަ އެއްކުން މާ ބުއްދިވެރި. ގިނަފަހަރު ރައްޔިތުން އެދި ގޮވާކަންތައް ސަރުކާރުން ކޮއް ނުދޭތީ އެ ހިޔާލުވެސް އެމީހަކައް ޖެހޭތަނެއްގައި ޖަހާލަނީ އޭރައްވެސް ކޮންމެވެސް ބަޔަކައް އިވޭނެ އަދި ފެންނާނެ. މިސާލަކައް ފްލެޓް ވެސް އެއްބަޔަކައް ދެނީ އެވާހަކަ ދުވަހަކުވެސް ސަރުކާރުން އަޑުނާހާ. ދެން ސިކުޑިގަ އެކަންތައް އިންނާތީ މީގަވެސް ލިޔެލެވިދާނެ އޭރައް އެމީހެއްގެ ސިކުނޑިއަށް ރިލީފެއް ލިބިގެންދާނެ އެއީ ވާގޮތަކީ. ޢެހެންކަމުން ވާނުވާއެނދިގެން އެންމެންގެ ވާހަކަ ދެއްކުން ވަރައް ރަނގަޅު ކަަމަނާ

  82
  3
 9. ދިވެހި ފޭރާން

  ދިވެހި ރާއްޖޭގެ ފަސްޓްލޭޑީ އަކީ އިސްލާމް ދީނައް ލޯބިކުރާ މީހެއްކަމުގައި ލައްވާންދޭވެ! އާމީން!

  112
  3
 10. ޖަޒީރާ ބޯއީ

  މެޑަމް އަދި ކިޔަކަސްނުވާނެ ކޮންމެވެސް ވަރެއްގެ އޮއްޓަރެއް ހުންނަންޖެހޭނެ.

  103
  3
 11. ސަލާން

  މިދިޔަ ސަރުކާރުގައިވެސް ހާދަ އުނދަގޫވިއޭ އެސަރުކާރާ އިދިކޮޅަށް މީހުން ކޮށްފަ ހުންނަ ކޮމެންޓްތަކުގަ އޮއްޓަރެއް ނުހުންނާތީ. ކޮރަޕްޝަނޭ ކިޔައި އެންމެ ގަދައަށް ކޮމެންޓް އެޅި މީހުން 25 ބުރީގެ ހޮސްޕިޓަލެއް ނާޅާ ތިބެ، ގައުމެއްގައި ބްރިޖެއްނާޅާ ތިބެ، އެއަޕޯޓެއް ނުހަދާތިބެ، އެހެން ތަރައްގީގެ އެކިއެކި މަސައްކަތްތައް ކޮށްފައިނުވާ މީހުން ތިބެގެން ކޮމެންޓް އެޅި އެއްވެސް ފޮތެއްނުކިޔާ ދިރާސާއެއްނުކޮށް ލޯނުހުޅުވި ތިބެ. އޭރު އެކަން ވަރަށް ވައިގައި ހިފާފަ އޮތީ. އެންމެންވެސް ވަރަށް ގަޔާވި އެގޮތަށް ކަންނުބަލާ ލިޔެލާފަ ހުންނަ ގަމާރު ކޮމެންޓްކިޔާފަ މި ސަރުކާރަށް ވޯޓްލާން.

  86
  2
 12. ސާޔަން

  އެމްޑީޕީ ސަރުކާރު އަދި މަޖްލިސް ދީގެން ރައްޔިތުން ބިކަވެ ނިމިއްޖެ

  96
  3
 13. ހުސޭނުބޭ

  ދުވަހަކުވެސް ޚަބަރެއް ކިއީންތަ؟ ދެން ހަމަ ޕޯޑިއަމެއް ފެނުނީމާ އެ ކައިރީގައި ހުރެފައި މޮޅު ވާހަކައެއް ބުނެލީދޯ!

  85
  2
 14. ޙަމަހަމަ

  ޥަރަށް އާރ ޓިކަލް ކިޔާފަ މި ބުނަނީ، ތި އޭށިޔާ ފައުންޑޭށަން އަކީ ވަކި ގައުމެއްގެ މަސްލަހަތާއި ފިކުރު ކުރިއަރުވަން މިސަރަހައްދުގެ ދާހިލީކަންކަމާބެހެން އުފައްދާފައޮތް އެއްޗެއް. މިހާރުވެސް ރާއްޖޭގަ އިސްލާމްދީނާއިމެދު ފާޑުފާޑުގެ ދިރާސާތައްކޮއްފަ ހުރިބައެއް.

  59
  1
 15. ބާރީ

  މެޑަމް ކިޔަނީ ކޮމެންޓު ދޯ ... ޙަބަރު ކިޔާބަލަ

  82
  1
 16. ކޮންމެހެންޓް

  ކަމަނާ ތި ކިޔަނީ ކޮމެޓް ބޯޓު ވާހަކަ ހޭ.

  37
 17. އަހުމަދު

  މަށައް ފެންނަނީ މެޑަމް ފަޒްނާ ކިއުމުގެ ބަދަލްގާ މެޑަމް ގަމާރުކިޔަން މި ލާދީނީ ބައިގަނޑު ހިތައް އެރިހާކަމެއްކޮއް ހިތައް އެރިގޮތަކައް ކަންތައްކޮއް ރައްޔިތުން ހަނާއެރުވިޔަސް އަހަރުމެންވީ ސާބަސްފުޅޭ ކިޔާފަ އަތްޖަހަންށޯ ކިހާރީތި ގަމާރަކަސް ތީފުކެއް ބޮޑުވަރު ވަރައްސަލާން މިސް ގަމާރައް

  49
  1
 18. ކިޔުމުގެބޭނުމަކީކޮބާ

  ބެކް އޯފް!!

  27
 19. Anonymous

  ފަޒުނާއަށް ދިވެހިންގެ އުދާސް ތަކެއް އެގިވަޑައެއް ނުގަން ނަވާނެއެވެ ދުނިޔޭގެ ލައްޒަތާ އުފާ ފިޔަވާ އެހެން ކަމެއް ތިބޭފުޅުން ނަކަށް ނޭގެއެވެ އާދައިގެ ރައްޔިތު މީހާގެ ލޮލުން ނީރާލާ އެންމެ ކަރުނަ ތިއްކެއްވެސް ފޮހެލަދޭން ކަމަނާ ތައްޔާރެއް ނޫނެވެ އަޅުގަނޑުމެެޑަމްފާތުން ނަށް ސެލިއުޓް ކުރަނީ އިންސާނިއްޔަތަށް ޓަކައި ވާ ގުރުބާނީ އަޅުގަނޑަށް ރީތިވާލެއް ބޮޑު ކަމުންނެވެ މަންޒަރު ދުށީތީއެވެ

  54
  2
 20. އަކުން ބަކުން

  ކަލޭމެން ފަތުރަނީ ދޮގު މައުލޫމާތު ކަން އެނގޭތީ ވާގޮތް ތިހިރަ ފެންނަނީ.

  48
 21. މުޙައްމަދު

  އެހެންވީމަ މިލޭޑީ ސިކުނޑި ތަނަވަސް ކުރަން، ނޫސްތަކުގައި ލިޔެފައި ހުންނަ ޚަބަރު ނުކިޔާ ހަމައެކަނި ކިޔާނީ ކޮމެންޓާއި އިސްތިހާރުކަން އެގިއްޖެނުން ދޯ.......

  44
  1
 22. ޙަސަނާ

  ހިތާމަހުރި 100 100 މުސްލިމު ގައުމެއްގެ ވެރިމީހާގެ އަބިކަބަލުން އަޅުއްވާފަ އިން ހެދުން މުސްލިމު އަންހެނާގެ އައުރައަކީ މޫނާއި ދެއަތްތިލަ ނޫން ހުރިހާތަނެއްކަމައްވާއިރުވެސް އެކަންގަބޫލުނުކުރެވޭތީ ދުއާއަކީ ﷲރަހިމަތްފުޅުން މިޚަމަނާއައް ހެޔޮވިސްނުންދެއްވުން..

  47
 23. ކޮމެންޓޭ

  މެޑަމޫ ތިޔަ ކިޔަނީ ހަމައެކަނި ދިވެހިން ކުރާކަމެއް ނޫން ހަމަ ދޮން މީހުންގެ ވެސް ހާލު. މާމޮޅު ވާހަކައެއް ކަމަށް ތިޔަ ވަހަކަ ތިޔަ ދައްކަނީ ދިވެހިން ދެރަކޮށްލަން

  42
 24. Anonymous

  ސަންތިމަރިޔަބު

  35
  1
 25. ޗަކޮއެ

  ޚަބަރު ނުކިޔާ ކޮމެންޓް އެކަނި ކިޔާތީ ތިހެން ބުނަން ތިޖެހުނީ. ރަނގަޅަށް ޚަބަރު ކިޔާފަ ކޮމެންޓް ކިޔާބަލަ. އޭރަށް ފަހުމުވާނީ ރައްޔިތުންގެ ހިތުގެ އުދާސްތައް.

  44
 26. މުބީނު މާރނީ

  މަލާމާތެއް ދޯ ތިޔަކޮށްލީ އިދިކޮޅަށް ލިޔާ މީހުނަށް.

  25
 27. އަހަންމަދަނިކު

  ބަލަ ނުކިޔާ ކޮމެންޓުކުރާމީހުން އެކަންކުރަނީ ކަމަނާ އަރިހުގައި ތިބެގެންތޯ، ނޫނީ ކަމަނާ ބުނެގެންތޯ؟

  20
 28. ރޯނުމަރިޔަމް

  އެންމެ ފަހަރަކުވެސް އަހަރެމެން ކުރާ ކޮމެންޓުތައް ކިޔާލަ ބަލަ ވަގުތެއް ވަންޏާ! އިނގޭނެ ތާއީދު އޮތީ ކާކަށްކަން

  20
  1
 29. ސެޓީދ

  ދައިތަ ހަބަރު ކިޔާތަ އަބަދުވެސް ބައިސްކަލް ދުއްވުމާއި ފެތުމުގަ އުޅޭ ދައިތަގަޑެއް ތީ

  24
 30. މަންޖެ

  އަހަރުމެން ކޮމެންޓް ކުރަނީ ޚަބަރު ރަނގަޅަށް ކިޔާފަ. ހިތް ނުރުހޭ ކޮމެންޓް މާ ގިނަވަނީ ދެއްތޮ. އެހެންވާނީ. ކަންކަން ރަނގަޅަށް ނުކުރެވެންޏާ.

  22
 31. ހުސެންކޮއެ

  ފަސްޓްލޭޑީ ދުވަންއުޅެފަ ނިކުމެ ކުއްލިއަކަށް ދިވެހިން އުޅޭނޫޅޭގޮތުގެ ވާހަކަ މި ފެށީ! ފަސްޓްލޭޑީ ތި ވާހަކަދައްކަނީ އެއްވެސްވަރަކަށް ދިރާސާކުރުމެއްނެތި!

  22
 32. ބީވާ

  މީނައަށް ވަރަށް އިނގޭ.

  15
 33. ސިކުނޑި

  ރިހާކުރުފުޅިއެއް ލިބިދާނެ ތަ؟

  18
 34. ބަނޑޭރި

  ކަމަނާ ގެ ވިސްނުން ތިހުރީ ރަނގަޅަކައްނޫ ފިރިސޮރު ކައިރީ ބުނެބަލަ ގައުމައް ވަމުން މިދަނީ ކިހިނެއް ހޭ ބުނީމެއްނޫހޭ އެއްވސް ރައްޔިތެއްގެ ވަޒީފާގެ ބިރުވެރި ކަމެއް ނޯނާނޭ ފިކުރު ތަފާތުވިއަކަސް އެކަމަކު މިވަނީ ކިހިނެއް

  18
 35. ފާތުމަ

  ވަގުތު އެކަނި ސަރުކާރާ ދެކޮޅު ކޮމެންޓް ބަލާގަންނަނީ. އެހެންކަމުން ކަމަނާވެސް ކޮމެންޓް ކިޔާގެން ސަރުކާރުގެ ކަންތައްތައް އިސްލާހު ކުރާނެ ކަމަށް ދެކެން

  21
  1
  • އަލިފު!

   މީ ވަރަށްރަނގަޅު ވާހަކައެއްް!

   5
   3
 36. އަހްމަދު

  އެހެންވީމަ ވެރިކަމައްއަންނައް ވަޢުދުވާއިރު އެއީފުއްދޭނެ ވަޢުދެއްތޯ ނޫނީރައްޔިތުން ގުނބޯހައްދަން ބުނާބަހެއްތޯ ވިސްނަންނުޖެހޭ ކަމެއްތޯ

  20
 37. ޢިބޫ

  މީޑިއާ ތަކަށް ފައިސާ ބަހަމުން ދާއިރުވެސް ކޮމެންޓުތައް ފެންނަ ގޮތަށް ހަދާތީ މައްސަލައަކަށް ވަނީނަމަ ޕީ އެސް އެމް ނިއުސްގޮތަށް ކޮމެންޓް ނުކުރެވޭ ގޮތައް ހަދާލާ

  16
  1
 38. ކަޅުމަންޖެ

  މި ދައިތަ ވެސް ހާދަ އަނގަ ދިޔާވެގެން ނޭ މި އުޅެނީ. މި ދައިތަ ކޮމެންޓް ތައްކިޔާވާ ހަކަތާމީ. ދައްކާނެ އޮއްޓަރު ހުރި ވާހަކަ އެއް ނެތިއްޔާ އަނގަ ނުތަޅަ ހުރެބަލަ...

  18
 39. ހެހެހ

  ބިޑިއްތަ މެން އެމްޑީއެންގައި ތިބެ ޝާއިޢުކުރި ލާދީނި އަދި ހަޤީގަތާއި ޙިލާފު ޙަބަރު ތައް އަހަރެމެން ކިއިން.

 40. އިބުރާ

  ފެންނުވަރާ ގުރޫޕް ކުދިން މިކަހަލަ ކަނޑުކޮސް ވާހަކަ ދައްކާނެ.

 41. ނަމެއްނެތި

  ޢަހަ. ސިޔާސީ ނުވާނަމޭ ބުނި މީހާއަށް މިވަނީ ކީއް.

  11
 42. ހަމައަސްލު

  ކޮމެންޓް އަށް ވުރެ މުހިންމީ މިޢުޅެނީ ރައްޔިތުންނަށް ދޭންޖެހޭ ލާރި ނުލިބިގެން އެ ލިބެނީ ކޮންބަޔަކަށް ތޯ ކަމަނާ ބަލާދީބާ

  11
 43. ކކކކ

  ކިޔަންޖެހޭ އެއްޗިހި ނުކިޔާ މީހުން އައުރަ ނިވާކުރަންވެސް ނޭނގިފަ ތިތިބެނީ.

  14
 44. ސަޓޯ

  ހާދަ ހަޑި ފަސްޓް ލޭޑިއެއް..

  9
  3
 45. ޙަޖަމް

  ޙެދުން ބަދަލުކޮއް ބުރުގަ އަލަބަލަ ތި މުސްލިމެއްތަ

 46. Anonymous

  އަންމުކުރި އެމްޑީއެންގެ ރިޕޯޓު ގެ ވާހަކަ ދައްކަން މާތަހިރުވާނެ. މެޑަމް ފާތުން ހެދިގެން އެބައުޅޭ އެއް ނޫން. ވައިވެސް ނޭޅޭނެ

 47. ކެޔޮޅު

  ޚަބަރު އެއްކޮއްކީ އަނބުރާގަންނަ ގޮތްވަނީ ދެންކިހިނެއްތޯ އެއްކޮއްކިޔާނީ؟

 48. ހެހެހެ

  މި ޚަބަރަށް މަ ކޮމެންޓް މިކޮއްލީ، ލަނގޮޓި މަރައިގެން ހުރި އަންހެނެއްގެ ފޮޓޮއެއް ފެނިފަ މިއީ ކާކުކަމެއް މީނަ މިކިޔަނީ ކީކޭކަމެއް މަށަކަށްނޭގޭ

  4
  1
 49. ނަޖްވާ

  މެޑަމް ފަޒްނާ ވިދާޅުވިޔަސް ތިއީ ހަމަ ތެދު ވާހަކަ ފުޅެއް! ދިވެހިންނަކީ މާކަބޮޑަކަށް ފޮތް ކިޔުމުގެ އާދަ އަށަގެންފައިވާ ބަޔެއް ނޫން! އަހަރުމެންގެ ސިޔާސަތު ކަނޑައަޅާ ޤާނޫނު ހަދަން މަޖްލިހުގަ ތިބޭ މެންބަރުންވެސް ހިޔެއް ނުވޭ މާކަބޮޑަކަށް ފޮތް އެއްޗެތި ބައްލަވާ ހައްދަވާހެނެއް!