ފުލުހުންގެ 75 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ހާއްސަ ހަފްލާގައި ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތައް އިދިކޮޅުން އާދަޔާ ހިލާފު ގޮތަކަށް ތަރުޖަމާ ކޮށްފިއެވެ.

މިއަދު ކުނޫޒުގައި އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު އިއްތިހާދު ތަމްސީލު ކުރެއްވި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް، އަނަސް އަބްދުﷲ ސައްތާރު ވިދާޅުވީ ރޭ ރައީސް ޔާމީން ދެއްކެވި ވާާހަކަފުޅުތަކުން ދޭހަވެގެން ދިޔައީ ފުލުހުންގެ ހިދުމަތުގެ އަގު އެމަނިކުފާނު ވަޒަން ނުކުރައްވާ ކަން ކަމަށެވެ.

އަދި ގާނޫނު ނަގަހައްޓަން މަސައްކަތް ކުރާ ފުލުހުން ހައްޔަރު ކުރަމުންދާ ކަމަށާއި، ފުލުހުންގެ ހުވަހާއި ހިލާފަށް އަމަލު ކުރުމަށް ފުލުހުންނަށް ހިތްވަރު ދޭ ގޮތައް ރައީސް ޔާމީން ވާހަކަފުޅު ދެއްކެވި ކަމަށް އަނަސް ވިދާޅުވިއެވެ. އެގޮތުން ފެބްރުއަރީ އެކެއްގެ ހުކުމް ތަންފީޒު ކުރަން މަސައްކަތް ކުރި ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ އެންމެ މަތީ ވެރިއަކީ ރައީސް ކަމަށް ފުލުހުންގެ ގާނޫނުގެ މާއްދާއެއްގައި ބަޔާންކޮށްފައިވާ ކަމަށް ރޭ ރައީސް ވިދާޅުވި ކަމަށް އަނަސް ވިދާޅުވިއެވެ. އެހެން ނަމަވެސް އެއްވެެސް ގާނޫނެއްގައި އަދި ގާނޫނު އަސާސީގައިވެސް ދިވެހި ފުލުހުންގެ އެންމެ މަތީވެރިއަކީ ރައީސް ކަން ބަޔާން ކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުލުހުންގެ ގާނޫނުގެ 52 ދެވަނަ މާއްދާގެ (ނ) ގައި ވާ ގޮތުގައި ފުލުހުންގެ އެންމެ އިސް އޮފިސަރަކީ ކޮމިޝަނާ އޮފް ޕޮލިސް ކަން ފާހަގަ ކުރެއްވިއެވެ.

އަދި ދިވެހި ސަރުކާރު ނެގެހެއްޓެމަކީ ފުލުހުންގެ ގާނޫނީ ޒިންމާއެއް ކަމަށް ފުލުހުންނަށް އޮންނަ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށާއި މިއީވެސް ފުލުހުންގެ ޒިންމާއެއް ނޫން ކަމަށް އަނަސް ވިދާޅުވިއެވެ. އަދި ފުލުހުން ހަމައެކަނި ތަބާވާން ޖެހޭނީ ގާނޫނު އަސާސީއާއި ގާނޫނުތަކަށް ކަމަށް ވިދާޅުވިއެވެ.

އަދި ފުލުހުންގެ މައިގަނޑު މައްސޫލިއްޔަތަކީ މުޒާހަރާ ކޮންޓްރޯލު ކުރުން ކަމަށް ދޭހަވާ ގޮތައް ރައީސް ވާހަކަ ދެއްކެވި ކަމަށް އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވި ގޮތުގައި ރައީސް ރޭގެ ހަފްލާގައި ވިދާޅުވީ ސިޔާސީ ކަންކަމާއި މެދު ފުލުހުން ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ވެރިކަމަށް ދެން ވަޑައިގަންނަވާނީ ކޮން ބޭފުޅެއްތޯ ފުލުހުން ބައްލަވާކަށް ނުޖެހޭ ކަމަށާއި އަދި ދިވެހި ފުލުހުން ސިޔާސީ ފަރާތްތަކުގެ އަމުރުތަކަށް ތަބާވާން ނުޖެހޭ ކަމަށެވެ. އަދި ސިފައިންނަށް ވޯޓު ނުލެވޭ ގޮތް ހަދާނެ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވި ވިދާޅުވުން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އެ ވާހަކަފުޅުތައް ތަރުޖަމާ ކުރައްވަމުން އަނަސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ފުލުހުންނަށް ވޯޓު ނުލެވޭނެ ގޮތް ހެދުމަށްވެސް ރައީސް ޔާމީން ތައްޔާރަށް ހުންނެވި ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުން ވަނީ ދިވެހި ރައްޔިތަކަށް ވުމުގައި މުސްލިމަކަށް ވުމަކީ ޝަރުތެއް ނޫން ކަމަށް ހަދައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އީޔޫ އިން ހުށަހެޅި ހުށަހެޅުމާއި ބެހޭގޮތުން އެއްޗެއް ބުނަން އުޒުރުވެރިވެފައެެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޛީން

    ކޮބާތަ އާދަޔާ ހިލާފަށް ތަރުޖަމާ ވި ބަޔަކީ.

  2. ވެސް
  3. އަބޫޖާ

    މިތާކުނެތް ދެއްތޯ ޔާމީނު ނުދައްކާ ވާހަހަކައެއް. ދެން ކޮން އާދަޔާހިލާފު ތަރުޖަމާއެއްގެ ވާހަކައެއްތޯ ؟

  4. ސިފަ

    އިދިކޮޅުން ވަނީ ދިވެހި ރައްޔިތަކަށް ވުމުގައި މުސްލިމަކަށް ވުމަކީ ޝަރުތެއް ނޫން ކަމަށް ހަދައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އީޔޫ އިން ހުށަހެޅި ހުށަހެޅުމާއި ބެހޭގޮތުން އެއްޗެއް ބުނަން އުޒުރުވެރިވެފައެެވެ.

  5. ރިޒާ

    ތަރުޖަމާކުރަންޖެހޭވަރުގެ ވާހަކައެއް ނެތް ހުރިހާވާހަކައެއްވެސް ދައްކާފައިވަނީ ދިވެހި ބަހުން
    ބުނީ ޤާނޫނަށްވުރެ މުހިންމީ މިހާރު ރައީސް އަކަށް ހުރިމީހާ އެމަޤާމުގައި ބެހެއްޓުމަށްވުރެ މުހިންމުކަމެއްނެތްވާހަކަ.

  6. ފައިޒް

    ބީރު އާލާތުންނަށް އިވޭނީ އެހެން ގޮތަކަށް.

  7. Anonymous

    އަނަސް ތަރުޖަމާ ކުރީ. ރައީސް ދެއްކެވި ވާހަކަ ރިޕީޓް ކުރީއެއްނޫން. އަނަސްއަށް ފެންނަ ތަރުޖަމާ އަނަސް ބަޔާން ކުރުމަކީ އާދަޔާ ހިލާފުކަމެއް. އޭނައެއީ އެހެންމީހުން ބުނާއެއްޗެހި އިބްރާހީމް އަލައިހި ސަލާމުގެ ވާހަކަ ދޮގުހަދައި އޮޅުވާލައިގެން ކިޔާދިން ވާހަކަކިޔާ މީހާތަ؟ އަނަސްމެންނަކީ މިހާރު ގަންހިންގަންޖެހޭ ދޮގުވެރިން

  8. މީނާ

    ކިޔާނެ އެއްޗެއް ނޭނގުނީމަ ރައްދު ދިނީމި ދޯ ގެއްށް ގޮސް އަނބި މީހާއަށް ރައްދުދީ