ބަނގުރާ ބުއިމުގެ ކުށް ސާބިތުވި މީހަކު 40 އެތިފަހަރު ދުއްރާއިން ތަޅަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު، ގދ. ވާދޫ ، ނަންބަރފޯޑައުނިންގސްޓްރީޓް ޙިސާން އަބްދުﷲގެ މައްޗަށް އިއްވި ހުކުމްގައި ވަނީ، އޭނާ 40 އެތިފަހަރު ދުއްރާއިން ތެޅުމުގެ އިތުރުން، 2600 ރުފިޔާއިން ޖޫރިމަނާކުރުމަށް ވެސް ޙުކުމް ކުރާކަމަށެވެ.
އެ ޖޫރިމަނާ ދެ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މީރާއަށް ދައްކަން ޖެހެއެވެ.
ހިސާންގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ޝަރީޢަތުގެ މަޖިލީހުގައި އޭނާ ވި އިއުތިރާފްގެ މައްޗަށް ބިނާކޮށެވެ.
ހިސާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުން، މަސްތުގެ ހާލަތުގައި ހުރި ކަމަށް ޝައްކު ކުރެވގެންނެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ބަނގުރާ ބޭނުންކުރުމުގެ ކުށް ސާބިތުވެ، ދުއްރާއިން ތެޅުމަށް ހުކުމް ކުރި ނަމަވެސް އެ ހުކުމްތައް ތަންފީޒްކުރިކަން އެނގިފައެއް ނެތެވެ. ހައްދުތައް ކަނޑައެޅި ނަމަވެސް އެފަދަ ޙުކުމްތައް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެއީ ނިހާއީ ޙުކުމެއް ކަމަށް ކަނޑައެޅުމުންނެވެ.
މިހާރު އަމަލު ކުރަމުން އަންނަ ޤާނޫނުލް އުޤޫބާތުގައި ބަނގުރާ ބުއިމުގެ ކުށަށް ހައްދު ޖެހުމާއި ޖޫރިމަނާ ކުރުން ފިޔަވައި އިތުރު އަދަބެއް ދެވޭކަށް ނޯވެއެވެ.
އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ޙުކުމްތައް ކޮށްބަލަ.
މުޖްތަމަޢު އަމާންވާނެ.
ބަރާބަރު ކޯޓެއް
މިހާރު އަމަލު ކުރަމުން އަންނަ ޤާނޫނުލް އުޤޫބާތުގައި ބަނގުރާ ބުއިމުގެ ކުށަށް ހައްދު ޖެހުމާއި ޖޫރިމަނާ ކުރުން ފިޔަވައި އިތުރު އަދަބެއް ދެވޭކަށް ނޯވެއެވެ.
ޤާނޫނު ހައްދަވާ ބޭފުޅުންގެ ނުވަތަ ޢިއްޒަތްތެރި ބޭފުޅުންގެ މުސާރަ ފުޅު އަދިވެސް ކުޑައީ.
ވެދާނެދޯ އެހުކުމް އޭނައަށް އައިސްދާނެ ކަމަށް ބިރު ގަންނަނީކަމަށް
ތިބުނީ ހަމަ އެންމެ ހެޔޮކޮއް
ތިގޮތަށް ދުއްރާއިން ތަޅަންވެފަ ތިބި މީހުން ލައްކަ ދިނަވާނެ މިގައުމުގަ ރާބުއިމަކީ އާއްމު ކަމެއް. ދެރަމީހާއަށް ދެރަ ގޮތެއް އިސްލާމް ދީނުގަ ނޯވެ
އަމިއްލައަށް އިއުތިރާފު ވުމުން ނޫން ގޮތަކަށް މިގައުމުގަ ކުށެއް ސާބިތު ކުރެވިފަވޭބާ ؟؟؟