ހުޅުމާލޭގައި ދެކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގީ ރޭ ފަތިހު އެވެ. އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ސިފައިންގެ ފްލެޓްތައް ކައިރިންނެވެ.
އެކްސިޑެންޓް ވެފައި ވަނީ ޕްރައިވެޓް ދެކާރެވެ. އެކްސިޑެންޓް ހިނގިއިރު ދެކާރުގައި ވެސް ޑްރައިވަރުންގެ އިތުރުން އިތުރު މީހަކު އިން ކަމުގެ މައުލޫމާތެއް ލިބިފައެއް ނެތެވެ. އެކްސިޑެންޓްގައި އެއްވެސް ޑްރައިވަރަކަށް ބޮޑު އަނިޔާއެއް ނުވެ ވަނީ ސަލާމަތް ވެފައެވެ.
އެކްސިޑެންޓްވި ކާރުތައް މިހާރު ވަނީ އެސަރަހައްދުން ނަގައިގެން ގެންގޮސްފައެވެ.
މިއެކްސިޑެންޓާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ.
ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް ވަނީ އާދަޔާއި ހިލާފަށް ގިނަ ވެފައެވެ. އެކްސިޑެންޓްތައް މަދުކުރަން ފުލުހުން ޓްރެފިކް ބަލަހައްޓާ މިންވަރު އިތުރު ކުރިނަމަވެސް އެކަމުގެ ސަބަބުން އެކްސިޑެންޓްތައް މަދުވަމުން އަންނަ ކަމަކަށް ތަފާސް ހިސާބުތަކަކުން ނުދައްކައެވެ.
ތިޔަ ހިސާބުގައި ޓްރެފިކްލައިޓް ބަ ހައްޓަން ފެނޭ އަސްލު .. ވަރަަށް ނުރައްކާތެރި ހިސާބެއްތީ...
އެކްސިޑެންޓް މަދުވަނީ ފުލުހުން ޓްރެފިކް ބެލެހެއްޓީމަތަ ؟
'' އެކްސިޑެންޓްތައް މަދުކުރަން ފުލުހުން ޓްރެފިކް ބަލަހައްޓާ މިންވަރު އިތުރު ކުރިނަމަވެސް އެކަމުގެ ސަބަބުން އެކްސިޑެންޓްތައް މަދުވަމުން އަންނަ ކަމަކަށް ތަފާސް ހިސާބުތަކަކުން ނުދައްކައެވެ'' ކޮންބައެއްގެ ތަފާސް ހިސާބެއްގެ ވާހަކަތޯ މިއީ ވަގުތު ނޫހުގެތޯ ނޫނީ ފުލުހުންގެތޯ ތަފާސް ހިސާބުގެ ވާހަކަދައްކާ އިރު ހިސާބުތައް ދައްކަންވެސް ޖެހޭނެ ދޯ
އެކްސިޑެންޓް ތައް މަދު ކުރުމަށް ފުލުހުން މަސައްކަތް ކުރިނަމަވެސް އެކްސިޑެންޓް ތައް މަދެއްނުވޭ. ތިއޮތީ ކަނދޮޅުދޫ އިބްރާހީމްބެ ބުނިގޮތަށް ވެފާ. ހެޔޮއެއްޗެތިކީމާ މާނުބައި . އެޔޮއެއްޗެތި ނުކިޔަންޏާ މާރަނަގަޅު.