ލ.ގަން ރީޖަނަލް ހޮސްޕިޓަލުން ދިން ބޭހެއް ބޭނުން ކުރުމުން ޒުވާން ފިރިހެނެއްގެ ކުރިމަތިފަރާތް ފާރުވެ، ހާލު ދެރަވެގެން މާލެ ގެނެސް ފަރުވާ ދޭން ފަށައިފިއެވެ.
ޒުވާނާގެ ބައްޕަ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ދަރިފުޅު މިމަހުގެ 07 ވަނަ ދުވަހު ގަން ރީޖަނަލް ހޮސްޕިޓަލަށް ދިޔައީ މުލިއްސެއް ޖަހައިގެން ކަމަށެވެ.
"އުނގުޅަން ބޭހެއް ދިނީ. ބޭސް އުނގުޅުމުން ހަންގަނޑު އެއްކޮށް ނައްޓާލައިގެން ދިޔައީ. އަނެއްކާވެސް ދިޔައީ ޑޮކްޓަރަށް ދައްކަން. އެފަހަރު ޑޮކްޓަރު ބަލާފައި ދިނީ އުނގުޅަން ބޭހެއް. އެހައި ވަރުން ވެސް ކެތް ނުވެގެން އަނެއްކާ ޑޮކްޓަރަށް ދެއްކުމުން އިންޖެކްޝަނެއް ޖަހާފައި ގެއަށް ފޮނުވާލީ. އިންޖެކްޝަން ޖަހައިގެން ވީކަމެއް ނެތް. ހާލަތު ދިޔައީ ގޯސްވަމުން. އެހެންވެ މާލެ އަށް އައިސް ފަރުވާ ދެމުން މިދަނީ." އޭނާ ބުންޏެވެ.
އޭނާ ބުނީ މާލެ އައިސް ޓްރީ ޓޮޕް ހޮސްޕިޓަލަށް ދެއްކުމުން ގަން ރީޖަނަލް ހޮސްޕިޓަލްގެ ހަމުގެ ޑޮކްޓަރު ބޭސް ދީފައިވާ ބޭހަކީ އެންމެ ގިނަ ވެގެން ވެސް ހަފްތާއަކު ދެފަހަރު އުނގުޅަން ޖެހޭ ބޭހެއް ކަމަށާއި ނަމަވެސް ގަން ރީޖަނަލް ހޮސްޕިޓަލްގެ ހަމުގެ ޑޮކްޓަރު ބޭސް ދީފައި ވަނީ ދުވާލަކު ދެފަހަރު އުނގުޅަން ކަމަށެވެ.
"އަޅުގަނޑުގެ ދަރިފުޅަށް އިށީންދެގެން ނީނދެވޭ، އޮށޯއްވެގެން ނޯވެވޭ، ވަރަށް ހާލުގައި މިއުޅެނީ." އޭނާ ބުންޏެވެ.
މިކަމާއި ގުޅިގެން އަދި ގަން ރީޖަނަލް ހޮސްޕިޓަލްގެ ބަހެއް ނުލިބެއެވެ.
ރާއްޖޭގައި ޑޮކްޓަރުންގެ އިހުމާލުން ތަފާތު ގިނަ މައްސަލަތައް ދިމާވުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ގިނަ ފަހަރަށް އިހުމާލްވާ ޑޮކްޓަރުންނާއި މެދު އެއްވެސް ފިޔަވަޅެއް ނާޅައެވެ.
ޢެއްވެސް ފިޔަވަޅެށް ނާޅާނެ ހަމަ އެހެން ދާނީ
ސަރުކާރުން ޖެހޭނެ މީގެ ޒިންމާ ނަގާން. އިންޑިޔާގެ ވަގު ސެޓްފިކެޓް ނަގައިގެން އުޅޭ ޑޮކްޓަރުން ރާއްޖެތެރޭ ހުރިހާ ރަށަކު ތިބީ. އެއްވެސް އެއްޗެއް ނޭގޭ ބޮޓުންތަކެއް. ރާއްޖެތެރޭ ރަށް ރަށައް ފޮނުވާފަ ތިބީ ގަމާރުން. ޑޮކްޓަރުން ނޯ. މާމިގިލީ ކުއްޖެއްގެ ލޮލައް ތަދުވާތީ ގެންދިޔައިމަ ދިނީ ފަނީ ބޭސް. މިހިރީ ޑޮކްޓަރުންގެ ފެންވަރު.
ތި ބޭސްދިން ޑޮކްޓަރާދޭތޭރޭގައި ފިޔަވަޅު އަޅާނެބާ ؟؟؟
ޢެއީ ކޮންބޭހެއް ކަން ޖަހާލަ ދިންނަމަ އަޅެ. ސަމާލުވާން އިގޭނެ ދޯ އެހެން މީހުނަށްވެސް.
ރާ އްޖޭގެ އަތޮޅުތަކަށް ފޮނުވަނީ އިންޓާރންޝިޕް ފުރިހަމަ ކުރާ ޑޮކްޓަރުން، 50 މާރކުސް އިން ފާސްވާ ޑޮކްޓަރުން. 50 މާރކްސް ލިބިގެން ފާސް ވިޔަސް، 100 މާރކްސް ލިބިގެން ފާސްވިޔަސް ލިބެނީ އެ އް ސެޓްފިކެޓެ އް.
ދައުވާކުރޭ ބަދަލުގެ ގޮތުގައި 5 މިލިޔަން ޑޮލަރުހޯދަން . ދޭއްޖެހޭނީ ނުދީކޮންތާކަށް ދާނީ މުސްތަގުބަލް އެހަލާއްކު ކޮށްލީދޯ.
ރަނގަޅަށްވެސް އީސީ ސަރީފް ގެ ސަރުކާރު ފެއިލް ވެއްޖެ..ހަ ހަ ހަ ހަ ހަ ހާ ހާ ހާ ހާ ............
ތީ ސްޕާރ ސްޕެޝަލިސްޓް ޑޮ ކްޓަރުން؟