ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުކުންނަ އެމްޑީޕީގެ ކެންޑިޑޭޓުން ތިއްބެވީ "ބަރާބަރަށް ތައްޔާރުވެގެން" ކަމަށާއި އެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ ކިބައިން މިއަދު އެދިވަޑައިގެންފިއެވެ.

ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ އިވެންޓު ފައްޓަވައި ދެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރުން ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ޖެހޭ މުހިންމު މަގްސަދުތަކެއް ހުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަދި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އަނަސް. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމަށް ދާދި ފަހުން ގެނައި ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކަށް ބާރުތަކެއް ދީފައި ހުރުމުން ސަރުކާރުން ހިންގަން ޖެހޭ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޭނުމެވެ.

"އެހެންވީމަ، ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރުގެ އެޖެންޑާ ތަންފީޒު ކުރާނެ ބަޔަކު ކައުންސިލްތަކުގައި ތިބުމަކީ ވަރަށް މުހިއްމު ކަމެއް. އެހެން ބަލާ އިރު، އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އެމްޑީޕީގެ ކެންޑިޑޭޓުން މިކަމަށް ބަރާބަރަށް ތައްޔާރަށް ތިބި ކަމަށް،" ރައްޔިތުންގެ މަޖިލިހުގެ ރައީސް، މުހައްމަދު ނަޝީދާއި މަޖިލިހުގެ މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި މި ހަރަކާތުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކެމްޕެއިން ޕޯސްޓަރެއް ހަރުކޮށްދެއްވަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ނިމިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ އަށް ބޮޑު މެޖޯރިޓީ އެއް މަޖިލިހުން ދިން އިރު، ރައްޔިތުން އަދިވެސް ތިބީ ހަމަ އެ މިސްރާބަށް ދަތުރު ކުރަން ވިސްނައިގެންނެވެ.

"އެހެންކަމުން އަޅުގަނޑަށް ގަބޫލު ކުރެވެނީ އެއަށް ވުރެ ބޮޑުކޮށް އިންތިހާބު ކުރެވޭނެ ކަމަށް،" އެމްޑީޕީގެ ހަރުގެ ކައިރީގައި ހުންނަވައި ރައީސް ވިދާޅުވިއެވެ.

އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުން ކުރާ ސްލޯގަންއަކީ "ރަށްވެހި ފަތިސް"އެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

 1. ކުދީމޯދީ

  ޤައުމުފެ ހަރުމުދާ ވިއް ކަން ތައްޔާރަށް ތިބިވާހަ ކަ ރައީސްމީހާގެ ދުލުން އެވިދާޅުވަނީ ، އަވަހަށް ވޯޓް ދެއްވާ ،،، ކެނެރީވައިރަސް
  ކެނެރީވައިރަސް ،
  ކެނެރީވައިރަސް ،ކެނެރީވައިރަސް ، ކެނެރީވައިރަސް

  115
  • އެލެކްސް ކަޒިން

   މި ވެރިކަން އައިފަހުން ރައްޔިތުންނަށް ދޮގުހެދުމައި އޮޅުވާލުމާއި ކޮރަޕްޝަން އިންތިހާއަށް ގޮސް ރޯމާދުވާލު މަގުމަތީގައި މަސްތުވުމައި ޒިނޭކުރުމާއި ދީނަށް ފުރައްސާރަ ކުރުން އިތުރުވެގެން ގޮސްފައި ވާތީ ރައްޔިތުން މިފަހަރު ބޮޑު ތަނުން އެމްޑިޕީއަށް ނޫނެކޭ ބުނާނެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުން އެމްޑިޕީ ބަލިކޮށް އޭގެފަހުން ބައިބަޔަށް އެމްޑިޕީ ކުދިކުދިވެ ސަރުކާރުން އަމިއްލައަށް އިސްތިއުފާ ދޭނެ ﷲ ގެ އިރާދަފުޅުން

   103
 2. އަބުދުލް ﷲ

  މީ މޮޔައެއްތަ

  79
 3. އިސްގީތާރަބޭ

  ކުދީންނޭ ވޯޓްދޭން އަވަހައް ނިކުމޭ ގައުމުގައި ބާކީ ދެން އޮއް ތަންކޮޅުވެސް މޮޅުގޮތަކައް ބޭރުގެ ބަޔަކާ ހަވާލް ކޮއްލެވޭތޯ ބަލަން ވޯޓްދީދީފައި އައްޖަހާ މާމަދަރިން ނަށް މިގައުމު ފެނުނަ ދީގެންނުވާނެ

  107
 4. ވިސްނާ

  ކޮވިޑް 19 އެޖެންޑާ 19 މީފަހުގެ ތާރީޙުގާ މުޅި ދުނެޔެ ދެކެފާނުވާފަދަ ބިރުވެރި ފަނާކުރަނިވި 2ވަބާ ދިވެހިންނޭ ހޭއަރާ އެމްޑީޕިއަށް ދޭ ކޮންމެ ވޯޓަކީ މިބިރުވެރި ވައިރަސް ފެތުރުމަށްދެވެ ބާރެއް އިސްލާމދީނާ މިގައުމު އިންޑިޔާގެ އަޅުވެތިކަމަށް މިއޮއްދަނީ ވައްކަމާ މަކަރާހީލަތުން މުޅިގއުމު ބަގުރޫޓް ވަނީ މުޅިގައުމު ދިރުވާލާ ވިއްކާ ހުސްކުރަނީ މިވަބާއިން ސަލާމތްވެތޯ އެންމެން ނިކުމެ މިގައުމުން ތިވައިރަސް ނައްތާލންޖެހޭ ކެންސަރަށްވުރެ ނުބާ ލާދީނީ ވައްކަްކުރުމާ ފޭރުމާ ފާސިސް އަމަލް ތަށް ހައްދުފަހަނަޅާ މިދަނީ މީ ފަހު ފުރުސަތު

  108
 5. ޔާމިން

  ހުޔޮނުވާނެ އެ ކަ ކުވެސް ވޯޓު ނުދޭތި މޑޕ އައް. ކޮންމެވެސް އެހެން ޕާޓީޔަ ކަށްދީ ހެޔޮނުވާނެ. ބަލަބަލަ ހުއްޓާ ގައުމު ހަލާއް ކުވަނީ ވިސްނާ މީ ފަހުފުރުސަތު. ޒަޔަނިސްޓު ޔަހޫދިންނައްވުރެ މޑޕ ގެ ބޮނޑަތި މީހުއްނުބައި ވާނެ.

  83
  • ރަސީދު

   މަގޭ ވޯޓެއް މަގޭ ކިރި ޔާވެސް ބަސް ވިކޭ މީހެއްގެ ވޯޓެއް އެމްޑީޕީ އަ ކައް ނުލި ބޭނެ

   83
 6. ޏ

  ވީވައުދު ނުފުއްދާތިބެ ގޭގޭގެފާރުތަކާއި މަގުތަށް މުޑުދާރުކުރަން ކީއްކުރަންހިއްޕާހާ ނާގާބިލް ބައިގަޑެއްގެ ފޮޓޯތަކެއްތަތިއީކަމެއްވާނަމަ ކަމެއްކޮއްދެވޭވަރުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމެއް ހުރިބައެއްނަމަ ރަގަޅު ވޯޓްދީގެން ތިޔަބަޔަކަށް ބޮނޑުމުސާރަލިބޭތީ އަތްޖަހަން . ނިކަމެތިވާރައްޔިތުމީހާގެ ހައްގުތަކާއި މެދު ވިސްނާނުލާބަޔަކު ތިމާމެން ގެ އައްބޮނޑިއަށް ބައިވަރުގަޑެއްއަޅާއައުވާނުންނަށް ބައިއަޅާތީ ރައްޔިތުން ތިކަމުގަ ބައިވެރިވާނެވެސް ކަމެއްނެތް . ހާދަ އަމިއްލައެދުން ބޮނޑު އަމިއްލަ އެޖެންޑާއެއް ކުރިއަށް ނެރެގެން ރައްޔިތުންނަށް ކޮންފަދަބޮނޑު ލަދެއް ތިދެނީ ތިޔަބަޔަކު ބަޑުފުރާކައިގެން ތިބޭއިރު ދިރިއުޅުމުގެ އަސާސީހައްގުތަކުން މަހްރޫމުވާމީހުން ގިނަވުން އެއީ ތިޔަބަޔަކު ރައްޔިތުންނަށް ކޮއްދޭ ހެއުވެރިކަމެއްގެ ސަބަބުން ވާކަމަކީތަ ؟ތިޔަބަޔަކަށް ހުރިހާބާރުތަކެއް ދީގެން ރައްޔިތުން ނިކަމެތިވުން އެއީތިޔަބަޔަކަށް ލާޒިމް ކުރާކަމަކީތަ ؟. ތިޔަބަޔަކު ދުނިޔެ އުޅޭއިރު ދުނިޔެއަށް ފޮނުންވީތީ އަސާސީހައްގުތަކުން މަހްރޫމުވެ ނިކަމެތިރައްޔިތުމީހާގަނަތެޅެން ޖެހޭނެތަ؟އަޅުވެތިކުރުން . ނޫން އެހެންކަމެއްނުކުރޭސައިޒަށް ކަޑާލުން އެއީތިޔަބައެއްގެ މަގްޞަދު .

  67
  1
 7. ހުސޭނުބޭ

  އެމްޑީޕީ ކެނޑިޑޭޓުންނަށް ވޯޓު ނުލިބުނުނަމަ ބަދަލުގެ ގޮތުގައި މި އަހަރަށް ކަނޑައެޅި 38 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ބަހައި ހުސްކޮށްލާނަން............ އެހެންނު ކިނބުލާ!

  66
  1
 8. ޝާން

  ސީޕްލޭން ޓާމިނަލް ނުއަގުގަ ޓިއެމްއޭ އަށް ދީފިނަމަ އަހަރެން ނާއި އަހަރެންގެ އާއިލާގެ ވޯޓް އެމްޑީޕީ ކެންޑިދޭޓުންނަށް ނުދޭނަން. އެއީ ކިތަންމެ ގާބިލް އަދި ކިތަންމެ ރަނގަޅު މީހަކަށް ވިއަސް ނުދޭނަން.

  68
 9. ޙހ

  އަންނި ތި މީހުން ގެ ވެރި އަކށް ހުރިހާ ދުވަހކު ނުދޭނަން

  67
 10. އަފީ

  މޑޕ ކެންޑިޑޭޓުން ބަރާބަރަށް ތައްޔާރުވެގެންތިބީ ގައުމު ފުޑާލާން. އިސްލާމްދީން މިގައުމުން ފުހެލާން، ރައްޔިތުންގެ މާލިއްޔާ އެކުވެރިންނަށް ބަހާލަން، ވެރިކަން ކުރަން ނޭގޭ މީހަކުގެ ވެރިކަން ދިފާއުކުރަން، އިސްލާމްދީން ދެކެ ލޯބިވާ މީހަކު، މިގައުމު ދެކެ ލޯބިވާ މީހަކު މޑޕ އަށް ވޯޓް ނުދޭނެ.

  58
 11. ާސުރެން ސުރެން

  ތެދެއް. އެހުރީ ކައިހުސްކުރުމުގެ އެގްރިމެންޓްތައް ހަދައި ރޫޅާ މުގުރާ ބިންދައިގެންވެސް ދައުލަތް ހުސްކުރަން ތައްޔާރުވެގެން. ސިސްޓަމު ތެރެއިން މިކަންކުރާނީ. ވޯޓުލާކުދިންނަަށް އޮތީ ބީރުބޮލުގެ ފައިސާގެ ޝަރީޢަތުން އަގުދިން ގޮތަށް ލާރިގަނޑު އަޅާފައި ދަޅުހަލުވާލިމާ އިވޭ އަޑު. ލާރިގަނޑު އޮންނާނީ ސިސްޓަމު ހިންގާލި މީހުންނަށް.

  53
 12. ނަސިދު

  ޢިގުނީތާ ފާރުތައް ހަޑިކުރާމީހުން ދެންބުނާނެ އަމިއްލަހަރުދުގައި ކުލަލާށޭ

  53
 13. ޙުބަސާނަ

  މިނާޤާބިލު ސަރުކާރުގެ ސިފަތައް
  ޢުޒުރުދެއްކުން ، ސަަކުވާކުރުން ‘ ބަޖެޓް ހުސްކުރުން، ބަދަލުދިނުނުގެނަމުގައި މެގަޕުރޮޖެކްޓް ހިންގުން، ދޮގުހެދުމާއި، މަކަރުހެދުން، ރައްޔެތުންގެ އަސާސީހައްޤުތަކައް އިހުމާލުވުން،.ރައްޔެތުން ބިކަވުން ،ޤައުމުބޭރުމީހުންގެ އަތްދަށުވުން

  52
 14. ޙަސަނު

  ތި ބައިގަނޑާއިގެން އުޅޭނީ ލާދީނީ ވަގުން

  51
 15. އާދޭސް

  ޢެންމެހާ ލޮބުވެތިރައްޔިތުންނޭ ވަރައް އާދޭހާއެކު މިދަންނަވަނީ ތިރައްޔިތުން މިޤައުމު ހަލާކުކުރައްވަން ބޭނުން ނޫންނަމަ އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓަކައް ވޯޓުނުދެއްވާ

  39
 16. ބުރާންތި

  ޤައުމުގެ ރައީސް މިދަރަޖައަށް ވެއްޓުނީމަ ދެން ދައްކާފަ ނުދައްކާނީ ކޮން ވާހަަކައެއް.... ޤައުމު ސުންނާފަތި ކޮށްފި..

  39
 17. ހޮޑުލަވާ

  ތިޔަ ޕޯސްޓަރެއް ފެނިފައި އައީ އަމަށަކު ހިންޏެއް ނޫން. ރަށްވެހި ފަތިހަކަށް އަލިވުލުވައި ރަށްވެރި ތަރައްގީ ބާރަށް ގެނެސް ބްރިޖް އަޅައި، މާސިންގާ ދިގުމަގުތައް މާލެއާއި ހައްދުންމަތީގައި ހަދައި، މާސިންގާ މާނަލަ ޕާކެއް ހުޅުމާލޭގައި ހަދައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި މާސިންގާ ބޮޑެތި އިމާރާތްތައް ބުރިބުރިއަށް އަޅައި، އެއަރޕޯޓުގެ ބޮޑު ތަޞައްވުރެއް ދައްކައި މިކަންކަމަށް ފައިސާ ހޯދައި މަސައްކަތް އޮތީ ފަށާފަ. އަދި މުޅި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ފުޓްސެލް ދަނޑުތައް އަޅައި ހުޅުވައި ރައްޔިތުންނަށް ހާއުފާވެރިކަން ގެނެސްދީ، ދައުލަތުގެ ރިޒާވް ދުވަހު ނުދާހައި މައްޗަށް ގެންގޮސް އައިޖީއެމްޗާ އިންވެގެން ލޮލުކޮޅަށް ނުފެންނަވަރުގެ އިމާރާތެއް އަޅައި އެމްއާރއައި ގެނެސް، ހިތުގެ ޚާއްޞަ ފަރުވާގެ ނިޒާމުތަކާއި ޑަޔަލިސިސް މެޝިންތައް ބަރިބަރިއަށް އަތުރައި ތަރައްޤީއަކީ ކޮބައިކަން އޮތީ ރައްޔިތުންނަށް އަންގައިދީ، ރަށްވެރި ތަރައްޤީގެ ނަމުގައި އޮތީ މާސިންގާ ފޮތެއް ނެރެފައި. މިހެން އޮއްވައި ރަށްވެރި ފަތިސް ޖަހާލައިގެން ނުކުތީމާ ހިނި ނާންނަންވީ ކީއްވެ؟ ކޮޕީކުރުން ނޫންކަމެއްވެސް މިވެރިންނަށް ކުރަން ނޭގެނީ. ފަތިހު ނެހޭލެވޭ ބަޔަކަށް ފަތިހުގެ މާނަވެސް ނޭނގޭނީތާ ދޯ. ފަތިހުގެ މާނައަކީ، ފަޖުރުގެ ތަރި އެރީއްސުރެ އޮއްސުމާ ދެމެދު ކަމާއި، އެއީ ކަމެއްވާން އުޅޭކަމުގެ ކޮޅުމަތިކަންވެސް ނޭގޭނީތާ. ފަޖުރު ތަރިއަކީވެސް އެހާ ގިނައިރު ހުންނަ އެއްޗެއް ނޫންކަންވެސް ނޭގެނީތާ. ވީމާ، ތިޔަ ރަށްވެހި ފަތިހަކީވެސް ކުއްލިއަކަށް އަރާފައި އިސާހިތަކު އޮއްސިގެންދާނެ ކަމެއްތާ. މީހަކު ކިޔާފައި އޮތް ނަމެއް ކޮޕީކޮށްފައި މޮޅު ނަމެއް ކިޔަން ހަދައިގެން ތިވެސް ތި އޮތީ އަތަށް ގޮވާފައި.

  38
 18. ކާޕެޓް ވަގު

  ކޮވިޑް 19 އަދި އެޖެންޑާ 19 މިއީ މުޅި ިއންސާނިއްޔަތަށް ހުރި ވަބާއެއް...

  39
 19. ކޮވެލި

  ވޯޓު ގަނޭ ! ޢެކަންވެދާނެ! ޢެހައްގުވިއްކާލާ ބަޔަކު އެބަތިބި! ޙުރިހާ ބާރެއް ހޯދައިގެން ތިބެމެމިވެރިންނަކަށް ކަމެއްނިކުރެވޭ! މިހިލާންނަގެ ހޮބީ އައްކޫ އިންތިހާބެ ގަތުން! ޢެކަމަށް ތާއީދު ކޮށް ދެން އަތްޖަހަގަ!

  26
  1
 20. Anonymous

  ޔާ ﷲ އެމްޑީޕީގެ ނުބައި ރޭވުންތަކުން މިޤައުމު ސަލާމަތްކޮށްދެއްވާށި. އެބައި މީހުން ބަލިކަށި ކުރައްވާ އެމީހުންގެ ކިބައިން ދިވެހީން ސަލާމާތްކޮށްދެއްވާށި

  44
 21. މަހޭ.

  ޔާ ﷲ އެމްޑީޕީގެ ނުބައި ރޭވުންތަކުން މިޤައުމު ސަލާމަތްކޮށްދެއްވާށި. އެބައި މީހުން ބަލިކަށި ކުރައްވާ އެމީހުންގެ ކިބައިން ދިވެހީން ސަލާމާތްކޮށްދެއްވާށި.

  44
 22. ގަބޯ

  ނުދޭނަން

  36
 23. ލޯބިވާ ވަޠަން

  ރަގަޅަށް ތިބުނީ. ވައްކަން ކުރަން، ގައުުމު ވިއްކާލަން ތައްޔާރަށް ތިތިބީ. ޢެކަމަކު ބުނަންތަ؟ ދިވެހިން މިތިބީ ތިއަށްވުރެ ތައްޔާރަށް ކަމަރު ބަނދެ މިގައުމު ވަގުންނާއި ޚާއިނުންގެ ކިބައިން ސަލާމަތްކުރަން. އެކަން ދިވެހިން ކުރާނެ.

  36
 24. Anonymous

  ނުދޭނަން. ތިއީ ދޮގުހަދާބައެއް. ދައްޖާލު ގެންނަން ބޭނުންވާ މީހުން ދޮގުހަދާނީ.

  34
 25. ހހހހ

  ވޯޓް ވަގު ކީކޭ ތިކިޔަނީ. މިގައުމުގައި ތިބީ އަދި ދިވެހިން. ކަލޭމެން މިގައުމު ތި ބަދަލު ޖުރަނީ އިންޑިޔާ ސްޓޭޓަކަށް. އެކަމަށް ތާއީދު ކުރާ ދޮޅުރޯނާއިން ކައިރީ ތިހެންކިޔާ.

  30
 26. ޙަލީލް

  ރައްޔިތުން ބަނޑައްޖެހެމުން މިދަނީ އިބޫ ވެރިކަމައްގެންނަންވޯޓް ދެވުނީތީ ވަރައްހިތާމަކުރަން އިރާދަކުރެއްވިއްޔާ މިފަހަރު ވޯޓެއްނުދޭނަން ބޮޑުތަނުން ބަލިވެސްކުރާނަން އާމީން

  21
 27. ބީޖީ

  ގައުމު ހަފުސް އަރުވާ ލަން ކެނެރީ ގްރޫޕް އޮތީ ތައްޔާރަށް.

  22
 28. ސަންސެޓް

  ޖަރީމާތައް ފޮރުވަން ސާބެމެން ޝައުނާ ޝިއުނާމެން ކުންފުނި ހަދައިގެން އެގްރީމަންޓްތައް ހަދާފަ ހުރީ. ގައުމުހަފުސް އަރުވާލަން ތައްޔާރު.

  23
  1
 29. ޙަސަންބެ

  ގައުމު ލޫޓުވާލަން ތައްޔާރު ވެގެން. ޢެންއަހަރާ ތިންމަސް ތެރޭ ކުރެވުނުވަރު ކުޑަވެގެން.

  23
  1
 30. ޢަލީއެކްސް

  ރައީސް ނަޝީދު ކައިރިނު ކުރާތި ނުހޮވޭނެ. ސޯބެ އާ ޝިފާއަށް ލިބުނުލަނޑު ލިބޭނީ

  19
 31. ވާނުވާ

  އެންމެ ވަރުގަދަ މުސްތަގިއްލު ކޮމިޝަން (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ) މެމްބަރ (ނަޝީދު) ސިޔާސީ އެންމެ ވަރުގަދަ ހަރަކާތްތަކުގަ އުޅުއްވަމުން މިދަނީ. ކޮންމެ ރެއަކާ ކޮންމެ ދުވަހަކު ތަކުރާރުކޮށް. ސުވާލަކީ މިގޮތަށްކަންތައް ކުރަން ޖެހޭ ގޮތަށް ގާނޫނު ތަކާއި ގާނޫނު އަސާސީ ދަމަހައްޓާ މަޖްލީހަކާއި އެމަޖްލިސްގެ މެމްބަރުން އިންސާފް ގާއިމް ކޮށްދިނުމުގެ ފިކުރުހުރީ ކިހާ ވަރަކަށްތޯ؟ ނުވިތާކަށް މިކަން ހުއްޓުވަން ވައުދުވެގެން އައި ވެރިކަމެއްގެ ވައުދު ފުއްދިފައި ވަނީ ކިހާ ވަރަކަށްތޯ؟

  20
 32. ހިޔާލު

  ކަމުދާ ވެރިކަމެއް ދެން ދިވެހިންނަށް ފެނިދާނެބާ؟ ޔާމިންވެސް ކަމަ ކު ނުދޭ އިބޫވެސް ހަމަ އެހެން އަދި މިފެންނަނީ

  10
  2
 33. އާދޭސް ކޮށްފަ ބުނަން

  މިޤައުމު އަނދާ އަޅިޔައްލީ ވެސް ތިބައިގަނޑު. ނުވިތާ ކަށް މި ޤައުމު ބޭރުގެ އަޅުވެތި ކަމަށް ވެސް ތި ދުއްވާލަނީ ތިބައިގަނޑު. މިހާރު ތައްޔާރު ތިވަނީ މި ޤައުމުގެ އިސްލާމް ދީނާ މި ޤައުމުގެ މިނިވަން ކަން ހިސޯރު ކުރަން . އަންނި އަ ކީ ބޮޑު ކާފަރެއް. އެ ކާފަރުގެ ފަހަތުން ދުވާނީވެސް ކާފަރުން. މި ޤައުމުދެ ކެ ލޯބިވާ ދަރިންނޭ ހެޔޮނުވާނެ. މި ލާދީނީ އެމްޑީޕީ ގެ ކިބައިން މިޤައު ސަލާމަތް ކުރުމަށް މިފަހަރު މި ރީނދޫ ކުލަ ދުރައްލާ. ޢެހެން ނޫނީ ނި ކަމެތިވެ އަޅުވެތިވެ މި ޤައުމު ގެއްލި ހަލާކުވެދާނެ.

  12
 34. މޫސަ

  ރައީސް އެމްޑީޕީ މަޖިލިސް ވެސް އެމްޑީޕީ އަދި ޖުޑީސަރީ ވެސް އެމްޑީޕީ ވީ އެއްވެސް ކަމެއްނެތް. ދެން ތިޔަބުނަނީ ކައުންސިލްތައް ވެސް ދޭށޭ. ހުރިހާފަހަރަ ކު ގުނބޯ ނުހެއްދޭނެ. ކައުންސިލްތަކުގެ މެޖޯރެޓީ ދިނީމަ ދެން ބުނެފާނެ. ހުރިހާއެންމެންގެ އަނބިިން ވެސް ދޭށޭ.

  14
 35. ހަމަތަ

  ކަލޯ އެމްޑީޕީ މީހުންނަށް ފަތިސްވާއިރު އިރު ތިހުންނަނީ އަސުރަށް ފައިބާފަ

  15
 36. އެސޮރު

  ވޯޓު ދީގެން ކޮންމެނަތީޖާއެއްނުކުތަސް މޑޕ އަކީ ރިސްވަތާ އޮޅުވާލުމުން އެމީހުން ބޭނުން ނަތީޖާއެއް ނެރުމުގެ ގާބިލިއްޔަތު އޮއް ލާދީނީ ބައިގަނޑެއް.

 37. Juhaa

  ލާދީނީ މީހެއްގެ ފަހަތުގައި އުޅޭ ބަޔަކަށް ވޯޓު ދޭނީ ލާދީނީ މީހުން.